ޔޫކްރޭންގެ ކްރެމެންޗިކްގައި ހުރި ޝޮޕިންމޯލަކަށް ރަޝިއާއިން ހަމަލާދީފި ކަމަށާއި އެހަމަލާ ދިންއިރު ޝޮޕިންމޯލްގެ ތެރޭގައި އެއްހާސް މީހުން ތިބި ކަމަށް ޔޫކްރޭންގެ ރައީސް ވޮލްޑިމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ޓެލެގްރާމްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ ރަޝިއާއިން ދިން ހަމަލާގެ ސަބަބުން ޝޮޕިންމޯލްގައި އަލިފާން ރޯވެފައިވާކަމަށާއި އަލިފާން ނިއްވުވުމުގެ މަސައްކަތް ފަޔާފައިޓަރުން ކުރަމުން އަންނަ ކަމަށެވެ. "ޝޮޕިންމޯލަށް ދިން ހަމަލާގެ ސަބަބުން މަރުވި މީހުންގެ އަދަދު އަންދާޒާ ކުރަން ވެސް އަދި ނޭންގޭ. ގިނަ ބަޔަކު މިހަމަލާގައި މަރުވާނެ ކަމަށް ބެލެވޭ." ޒެލެންސްކީ ވިދާޅުވިއެވެ.

ޝޮޕިންމޯލްގައި އަލިފާން ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. އެވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ޝޮޕިންމޯލްގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.

ޝޮޕިންމޯލް ހުރި ސިޓީގެ މޭޔަރު ވިޓާލީ މެލެސްޓްސްކީ ވިދާޅުވީ ޝޮޕިންމޯލަށް ހަމަލާ ދިން ވަގުތަކީ އެތަނުގެ އެތެރޭގައި ވަރަށް ގިނަ ބަޔަކު ތިބި ވަގުތެއް ކަމަށެވެ. އޭނާ ވެސް ވިދާޅުވީ އެއީ ޔޫކްރޭންގެ ސިފައިންނާއި އެއްވެސް ގުޅުމެއް ހުރި ތަނެއް ނޫން ކަމަށާއި އެއީ އާއްމު ދިރިއުޅުމަށް ބޭނުންކުރާ މުދާ ވިއްކަމުން ގެންދިޔަ ޝޮޕިންމޯލެއް ކަމަށެވެ.

ޔޫކްރޭންގެ ރައީސް އޮފީހުގެ ޑެޕިއުޓީ ހެޑް ކްރީލޯ ޓައިމޮޝެންކޯ ވިދާޅުވީ ޝޮޕިންމޯލަށް ދިން ހަމަލާގައި ދެމީހަކު މަރުވެ 20 މީހަކު ޒަހަމްވިކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ޒަހަމްވި މީހުންގެ ތެރެއިން ނުވަ މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ ޝޮޕިންމޯލަށް ރަޝިއާ އިން ހަމަލާ ދިނުމުން ރަޝިއާގެ މަޤުޞަދަކީ ޔޫކްރޭންގެ ރައްޔިތުން އާއްމު ދިރިއުޅުމެއްގައި އުޅެން ފުރުސަތު ނުދިނުންކަން ކަށަވަރު ކުރެވޭ ކަމަށެވެ.

ޝޮޕިންމޯލަށް ދިން ހަމަލާ އާއި ގުޅޭ ގޮތުން ރަޝިއާއިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ފަހަކަށް އައިސް ރަޝިއާ އިން ޔޫކްރޭނަށްދޭ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. ހަމަލާތައް ވަރުގަދަ ކުރުމާއިއެކު ރަޝިއާ އިން މިހާރު އަންނަނީ ޔޫކްރޭންގެ އިތުރު ސަރަހައްދުތައް ވެސް ހިފަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަޖަން

    ތިޝޮޕިންމޯލް އެތެރޭގައި ތިބީ ހާހެއްހާ އާންމުންތަ
    ނޫނީ އާދައިގެ ފޭރާމުގައިތިބި ޖާސޫސުންނާއި
    ނޭޓޯގެ އިންޓަލްތަކެއްތަ؟ޔަހޫދީކަލޭގެ ނަހަދާނެ
    ތެދެއް؟ލަންޑަން ސިޓީ ސައިޒު ވާންޖެހޭ ބޮރިސް ޖޮހޮންސަންކުރާކަމަކުން މުޅި އިނގިރޭސިން ތަރަތަރަޖަހާ ރޯންޖެހިދާނެ

    10
    1
  2. ރަޝިއާ

    ރަޝިއާގެ ހަމަލާ އަކީސީދާޝޮޕިންމޯލްގަތިބި އާންމުންތޯ؟އަހަރުމެންނާ ކަށްނޭގެ؟ޔަހޫދީ ޒެލެންސްކީގެ ބަހެއް ގަބޫލުނުކުރާނަން ނޭޓޯ އެމަރިކާ އިސްރާއީލުގެ ބަހެއްގަބޫލު ނުކުރާނަން

    24
    1
  3. ސާބަސް

    އެކަމު މަރުވީ2 މީހުންނޯ

    6
    1
  4. ނުރަބޯ

    އެމެރިކާ އާއި ހުޅަނގުގެ ބަސް އަހައިގެން ކިބުރުވެރިވެ ބޮޑާވެ ތިމާގެ އަވަށްޓެރިޔާ އާއި ޖައްސާލައިގެން އުޅުމުގެ ނަތީޖާ ތިޔަ ފެންނަނީ. ހުރިހާ ގެއްލުމަކާ ނިކަމެތިކަމެއް ލިބެމުން އެދަނީ ރައްޔިތުންނަށް.

    9
    1
  5. އަޙްމަދް

    ސިޔާސީ ޖާހިލުންނާއި ޖެހުނީމާ އެޤައުމެއް ފުނޑޭކަށް މާގިނަދުވަހެއް ނުނާގާނއެވެ.
    ޒެލެންސްކީ އަކީ ސިޔާސީ ޖާހީލެކެވެ.

    6
    1
  6. މެސީ1

    ޔުކުރެއިންގެ ސިފައިން ކުރަނީ ހަނގުރާމައެއް ނޫން. އެމީހުން ބޭނުން ކުރަނީ އާންމުންގެ ގޯތި ގެދޮރު ފިހާރަ ފަދަ ތަންތަން. އެތަންތާ ތިބެ ދަމަކުން ބަޑިއެއް އެ ޖަހަނީ. ޜަޝިޔާ ސިފައިން ޔޮކުރެއިންގެ އާނުންނައް ނުބަލާނަަމަ މިހާރު ޒެލެންސްކީ ހުންނާނީ ރަޝިޔާ ސިގައިންގެ މަރުކަޒުގަ

    6
    1