ރަޝިއާ އިން ޔޫކްރެއިނަށް އަރާ ކުރަމުން އަންނަ ހަނގުރާމައާ ދެކޮޅަށް ނުކުތް ރަޝިއާގެ އެތައް ސަތޭކަ ރައްޔިތުންނެއް ހައްޔަރުކޮށްފިއެވެ.

ސެއިންޓް ޕީޓަސްބާގްގައި ކުރި މުޒާހަރާގައި ހައްޔަރު ކުރި ރަޝިޔާގެ އާންމު ރައްޔިތުންގެ ތެރޭގައި އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނާއިރު، ކަމާބެހޭ ފަރާތްތަކުން ރަބަރު ވަޒަނާއި ދަނޑިބުރި ބޭނުންކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ބުނާ ގޮތުގައި މޮސްކޯގައި އަންހެނަކު ގައިދީން އުފުލާ ވޭނެއްގައި ހައްޔަރުކޮށްގެން ގެންދިޔަކަމުގެ ރިޕޯޓުވެސް ލިބިފައިވާ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޯވީޑީ-އިންފޯ އިން ބުނާ ގޮތުގައި ހޮނިހިރު ދުވަހުގެ މުޒާހަރާތަކުގައި މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހަފްތާގެ ކުރީކޮޅު ވެސް އިތުރު އެތައް ސަތޭކަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ރަޝިޔާގެ ދެކުނު ބޯޑަރުގައި ޓްރެފިކް ކިއުތައް ހަ މޭލަށް ދިގުވެ، ބައެއް ޑްރައިވަރުން އެމީހުންގެ ވެހިކަލްތައް ދޫކޮށް ގޮސްފައިވާއިރު، އަސްކަރިއްޔާގައި ބައިވެރިވެވޭ އުމުރުގެ ފިރިހެނުން ރަޝިޔާއިން ފިލަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހަނގުރާމައަށް ނުދާން ވެގެން ރަޝިޔާ ބައެއް ރައްޔިތުން ވައިގެ ބަނދަރުތައް ފުރާލަމުންދާ މަންޒަރުތައްވެސް ފެނިފައިވާއިރު، އެތައް ފްލައިޓެއް މިހާރު ވަނީ ޝެޑިއުލް ކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ބޮޑު އަގުތަކުގައި ޓިކެޓު ގަނެ ދަތުރުކުރުމުގައި ރަޝިއާގެ ރައްޔިތުންނަށް ވިސާ ބޭނުން ނުވާ ގައުމުތައް ކަމަށްވާ، ތުރުކީ، އަރުމީނިއާ، އަޒަރުބައިޖާން އަދިސާބިއާ ފަދަ ބައިނަލްއަގުވާމީ މަންޒިލްތަކަށް ދަތުރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު