ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ސިފައިންގެ ގޮތުގައި ރަޝިއާގެ އާއްމުން ނެރެން ރައީސް ވްލަޑިމިއާ ޕޫޓިން ނިންމި ނިންމުމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ އަދަދު ދެހާހަށް ވުރެވެސް ގިނަވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރަޝިއާގެ ރިޒާވް ފޯސް ސިފައިންގެ ހިދުމަތައް ނެރެން ޕޫޓިން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ. ރަޝިއާގެ ރިޒާވް ފޯސްގެ ތެރޭގައި ކުރިން ސިފައިންގެ ތަމްރީން ފުރިހަމަކޮށް ނަމަވެސް މިހާރު ސިފައިންގެ ހިދުމަތުގައި ނޫޅޭ މީހުންނާއި، އެއްވެސް ކަހަލަ އަސްކަރީ ތަމްރީނެއް ހަދާފައިވާ މީހުން ހިމެނެއެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ރަޝިއާގެ ރިޒާވް ފޯސްގައި 2.3 މިލިއަނަށްވުރެ ގިނަ މީހުން ތިބޭނެއެވެ.

ރަޝިއާގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ރިޒާވް ފޯސްގެ ސިފައިންގެ ގޮތުގައި މިހާރު ވެސް ތިންލައްކަ ސިފައިން ވަނީ ޒިންމާ އަދާކުރަން ނިކުމެފައެވެ.

ރަޝިއާގެ ވަރަށް ގިނަ އާއްމުން ގެންދަނީ ހަނގުރާމައަށް ނިކުންނަން ދެކޮޅު ހަދަމުންނެވެ. ހަނގުރާމައަށް ނިކުންނަން މީހުން ދެކޮޅު ކަން ހާމަކުރުމަށް ބޮޑެތި މުޒާހަރާތައް ރަޝިއާގެ އެކި ސަރަހައްދުތަކުގައި އަންނަނީ ކުރަމުންނެވެ. މުޒާހަރާތައް ރޫޅާލަން ފުލުހުން އަންނަނީ ބާރުގެ ބޭނުން ކުރަމުންނެވެ.

މިހާތަނަށް މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ވަކިފަރާތަކަށް ނުޖެހޭ މިނިވަން ޖަމާއަތްތަކުން ބުނާ ގޮތުގައި މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ އަދަދު 2500 އަށް ވުރެ ގިނައެވެ.

ރަޝިއާގެ 33 އަވަށެއްގައި ބޮޑެތި މުޒާހަރާތައް ކުރަމުން އަންނަ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިންބަލް

    ތިއީ އެމެރިކާއިން ހިންގާ ޖަރީމާތައް! އީރާނަށް ވެސް އެގޮތަށް ހުތް އަޅައިގެން ހަމަނުޖެހުން ހިންގައި އެބަޔަކު ލައްވާ އެބަޔަކު ހަލާކު ކޮށްލެވޭނެ ގޮތް އުފައްދައި ކުރިޔަށް ގެންދާނެ!
    އީރާނުވެސް އެދަނީ ހަލާކާއި ދިމާލަށް! އިރާގު ރައްޔިތުންނަށްވެސް އެ ތިބީ ފްރީޑަމް ހޯދާ ދީފަތާ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން. އެއްމެން ހަލާކު ކޮށްފާ އެމެރިކާ އެކަނި އޮންނަ ދުނިޔޭގަ ބަސްކިޔޭ ބަޔަކަށް ބައިތިއްބަން ބޭނުންވަނީ.

    • ގައިދުރު

      ޢަހަރެން ބަނޑު ހަރުވީ ވެސް އެމެރިކާޔާ ހެދި