އިސްލާމީ އިލްމުވެރިޔާ އަދި އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލާސް (އައިޔޫއެމްއެސް)ގެ ފައުންޑިންގ ޕްރެޒިޑެންޓް ޝައިހް ޔޫސުފް އަލް ގަރްޟާވީ އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ޑރ. ޔޫސުފް އަވަހާރަވިކަން އެންމެ ފުރަތަމަ ހިއްސާކޮށްފައިވަނީ އޭނާގެ ރަސްމީ މީސް މީޑިއާ ހޭންޑްލްގައެވެ. އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ޖަނާޒާގެ މައުލޫމާތާއި ތައުޒިޔާ ބާއްވާނެ ތަނެއްގެ މައުލޫމާތު ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ޔޫސުފް އަލް ގަރްޟާވީ އަކީ ގަތަރުގެ ދޯހާގައި ދިރިއުޅުއްވި މިސްރުގެ މުސްލިމް އިލްމުވެރިއެކެވެ.

އޭނާ ވަނީ 120 އަށް ވުރެ ގިނަ ފޮތް ޝާއިއުކޮށްފައެވެ. އޭގެ ތެރޭގައި "ދަ ލޯރިއަޓް އެންޑް ދަ ޕްރޮހިބިޓެޑް އިން އިސްލާމް އެންޑް އިސްލާމް އާއި ދަ ފިއުޗާ ސިވިލައިޒޭޝަން ހިމެނެ އެވެ.

އޭގެ އިތުރުން، އިސްލާމިކް ސްކޮލާޝިޕަށް އޭނާ ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ބައިނަލްއަގުވާމީ 8 އިނާމެއް ވެސް ލިބިވަޑައިގެންފަައި ވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އޭނާ އަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިސްލާމީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްވެސް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    މިކަހަލަ މުސްލިމެއްގެ ޖަނާޒާއަކަށް ސޯލިހަށް ދާކަށް ނުކެރޭނެ.

    11
  2. ބޭބެ

    މާތް ﷲ އެ ބޭފުޅާގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން

  3. އަޙްމަދު

    ދެރަކަމެއްނުން. އޭނާއަށް ކިޔަނީ ގަރަދަވީއެކޭ ނޫން، އޭނާއަށް ކިޔަނީ ޤަރްޟާވީ އޭ، ޔޫސުފް އަލް ޤަރްޟާވީއޭ.