އިރާގްގެ ބަޣުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އިރާގުގެ ސިވިލް ޑިފެންސް ޑައިރެކްޓަރޭޓާ ހަވާލާދީ އިރާގުގެ ދައުލަތުގެ މީޑިއާއިން ބުނީ ރޯވެފައި ވަނީ ކެފެޓީރިއާ ބަދިގޭގައި ކަމަށެވެ. އަދި އެއާޕޯޓުގެ އެތެރެއަށް ދުމުގެ އަސަރު ފެތުރިގެން ދިޔައީ ބައެއް ފަސިންޖަރުން ދުރުން ބަލަހައްޓައިގެން ތިއްބާ ކަމަށް ބުނެފައި ވެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ އެއް ޓާމިނަލްގެ ޗެކް-އިން ކައުންޓަރު ކައިރީގައި ހުރި ސީލިންގއާ ހަމައަށް އަލިފާން ގަނޑު ފޯރާފައިވާ ތަނެވެ. އަދި ހޯލުގައި ދުމުގެ އަސަރު ކޮށްފައިވާތަންވެސް ފެނިގެން ދެއެވެ.

އަލިފާން ނިއްވާ މީހުންގެ މަސައްކަތުން އަލިފާންގަނޑު މިނިޓްތަކެއްގެ ތެރޭގައި ނިއްވާލެވުނު ކަމަށް ބުނެފައި ވެއެވެ.

އޭގެ ފަހުން ވަނީ އަލުން ދަތުރުތައް ފެށި ކަމަށްވެސް ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާއާ ގުޅިގެން ނޭވާލުމުގެ މައްސަލަތައް ހުރި އެއާޕޯޓުގެ ތިން މުވައްޒަފަކަށް ދުމުގެ އަސަރު ކޮށްގެން ފަރުވާ ދީފައިވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

މިދިޔަ ޖެނުއަރީ މަހު ބަޣުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓް ފެސިލިޓީއަށް ހަ ރޮކެޓް ހަމަލާދީ ކޮމާޝަލް ދެ މަތިންދާ ބޯޓަކަށް ގެއްލުން ދީފައި ވެއެވެ. ނަމަވެސް މި ހާދިސާއާ ގުޅުގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.