ޓެސްލާގެ ސްޓޮކް މިއިން އަހަރަކު ވެސް ނުދާހާ ދަށަށް އިއްޔެ ގޮސްފިއެވެ.

އެއީ މިދިޔަ ދެ އަހަރަށްވުރެ އެންމެ ބޮޑަށް ދަށްވި ދުވަހެވެ. ކުންފުނީގެ ސްޓޮކްގެ ވެލިއު ވަނީ މިދިޔަ އޮކްޓޯބަރު މަހު ދެބައިކުޅަ އެއްބައި ގޮސްފައެވެ. އިންވެސްޓަރުންގެ ކަންބޮޑުވުމަކީ އީލޮން މަސްކް ގިނަ ވަގުތު ޓުވިޓާގައި އުޅުމުގެ ސަބަބުން ޓެސްލާ އަށް ފަރުވާ ކުޑަކުރުމެވެ.

އިލޮން ޓްވިޓާއާ ހަވާލުވި ފަހުން މިހާތަނަށް އެ ކުންފުންޏަށް އެތައް ބަދަލެއް ގެނެސްފައިވެއެވެ. އިލޮން މަސްކް ފަހުން ވަނީ އެ މަގާމުން ވަކިވުމަށް ޓްވިޓާގައި ވޯޓެއަ ނަގައިފައެވެ. މިކަމުގެ މާހިރުން ބުނާގޮތުގައި މި ކަމުގެ ސަބަބުން މިދިޔަ އަހަރު ނޮވެމްބަރާއި ހިސާބުން ފެށިގެން މިހާތަނަށް 73 ޕަސެންޓް ހިއްސާ ވެއްޓިފައިވެއެވެ. އިއްޔެ 11.4 ޕަސެންޓް ޓެސްލާއިން ވެއްޓިފައިވާއިރު ރޮއެޓާސްއިން ރިޕޯޓް ކުރާގޮތުގައި އެކުންފުނިން ކާރު އުފެއްދުން މިއަންނަ ޖެނުއަރީ މަހު މަޑުޖައްސާލާނެއެވެ.

އެކުންފުނީގެ ޕްލާންޓެއް ޝެންހާއީގައި ހުރިއިރު މި މަޑުޖެހުމަކީ ކޮވިޑްގެ ސަބަބުން ކާރުގެ މާރުކޭޓަށް އައި ލޮޅުމެއް ކަމަށް ބެލެވެއެވެ. ގްރޭޓް ހިލް ކެޕިޓަލްގެ ޗެއަރ ޕާސަން ބުނެފައިވަނީ މިއީ އެކުންފުންޏާއި ވާދަކުރާ ކުންފުނި ޗައިނާގެ ނިޔޯއިން ކުރާ ކަންކަމަށް ބަލައިގެން ރާވާފައިވާ ކަމެއް ކަމަށެވެ. އޭނާ ބުނެފައިވަނީ މިއީ ޓެސްލާގެ ހިއްސާގެ ތެރޭގައި އިތުރު އިންޓަރެސްޓް ރޭޓާއި، ޓެކްސްވެސް ބޮޑު ބާރެއް އަދާކުރާ ކަމަށެވެ.

އިލޮން މަސްކް މިއަހަރު ވެސް ހަތަރު ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާފައިވެއެވެ. މި ހިއްސާވިއްކުމަށްފަހު އިލޮން މަސްކް ވަނީ 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެފައެވެ. އިލޮން މަސްކް ބުނެފައިވަނީ ދެން އޮތް 18 މަހާއި 24 މަހާއި ދޭތެރޭގައި އިތުރަށް އެ ކުންފުނިން ހިއްސާ ނުވިއްކާނެ ކަމަށެވެ.