އިރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އިނގިރޭސިވިލާތާއި ގުޅުންހުރި ހަތް މީހުން ހައްޔަރުކޮށްފައިވާ، އިރާނުގެ އިންގިލާބީ ސިފައިންނަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި، އިނގިރޭސިވިލާތުން ރަސްމީ ކޮށް ކަނޑައަޅައި، އިއުލާނު ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މަސްދަރުތަކާއި ހަވާލާދީ އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުން ކުރިއަށް އޮތް ހަފްތާ ތެރޭގައި މި ކަން ރަސްމީކޮށް އިއުލާނު ކުރާނެއެވެ. އަދި މި ނިންމުމަށް އެގައުމުގެ ސެކިއުރިޓީ މިނިސްޓަރު ޓޮމް ޓުގެންޑަޓް، އަދި ހޯމް ސެކެޓްރީ ސުއެލާ ބްރޭވްމެން ވެސް ތާއީދުކުރައްވާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

އިރާނުގެ އިންގިލާބީ ސިފައިންނަކީ ނިރުބަވެރި ޖަމާއަތެއް ކަމުގައި ކަނޑައެޅުމުން އެ ޖަމާއަތަށް ނިސްބަތް ވުމާއި، ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެމީހުންގެ ލޯގޯ އާންމު ތަންތާނގައި ގެންގުޅުމަކީ ޖިނާއީ ކުށަކަށް ވެގެން ދާނެއެވެ.

ޓެލެގްރާފްގެ ރިޕޯޓާ ގުޅިގެން އިނގިރޭސި ވިލާތުގެ ރަސްމީ އިދާރާތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިރާނުގައި މިދިޔަ ސެޕްޓެމްބަރު މަހުއްސުރެ ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން، މިދިޔަ ހަފްތާ އިރާނުގެ އިންގިލާބީ ސިފައިން ވަނީ އިނގިރޭސިވިލާތުގެ ރަށްވެހިކަމާއި އެކު ދެ ގައުމުގެ ރަށްވެހިކަން އޮންނަ ހަތް މީހަކު ހައްޔަރުކޮށްފައެވެ. އެ ގައުމުގެ މުޒާހަރާތަކުގައި އިނގިރޭސިވިލާތުން އަދާކުރަނީ ގެއްލުން ބޮޑު ދައުރެއް ކަން މިކަމުން އެނގިގެންދާ ކަމަށް އިރާނުން ވަނީ ބުނެފައެވެ.

ދެގައުމުގެ ރަށްވެރިން ހައްޔަރުކުރުން ހުއްޓާލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ މިދިޔަ ބުދަ ދުވަހު އިރާނަށް ގޮވާލައްވާފައެވެ. އަދި ޑިޕްލޮމެޓިކް ފައިދާތައް ހޯދުމަށް މިފަދަ އުކުޅުތައް ބޭނުންނުކުރުމަށްވެސް ސުނަކް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހެއްހެއް

    ރުޅިއައިސް ފުފިގެން ތިއުޅެނީ ކީއްވެކަން ސިކުނޑި ހުރިމީހަކަށް އެނގޭނެ އިނގިރޭސިން އަޑިން އީރާންގެ އެތެރެ ގަޑުބަޑުކުރަން ފޮނުވި ޖާސޫސުން ތި ހައްޔަރުވީ..

    7
    1
  2. އެކަނި

    އެހެންވީމާ އިނގިރޭސިވިލާތަކީ ޓެރަރިސްޓު ޖަމާއަތެއްކަމުގަ އީރާނުން ނިންމައިފިނަމަ އިނގިރޭސިވިލާތުގެ އުފެއްދުންތަށް އެގައުމަށް އެތެރެކުރުން މަނާވާނެތާ.

    6
    1
  3. ދޮގުވެރިއެމެރިކާނުން

    ދެންކީއްވެބާ އިޒްރޭލު ސިފައިން ފަލަސްތީނު މީހުން މަރާއިރު ނިރުބަވެރިންނައް ނުވަނީ

  4. ޖުހާ.

    ބުރިޓިސް ސަރުކާރުން އިސްލާމުންގެ ގޮތުގައި ބަލަނީ ވައްހާބީ ސަލަފީން. ވަރަށް ސާފު.