އެމެރިކާގައި އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖެއްގެ ހަށިގަނޑު ގެއްލިގެން ހޯދަމުންދާތާ 110 ދުވަސް ފަހުން ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދާތާ ހަތަރު މަސް ފަހުން މި ކުއްޖާ ފެނިފައި ވަނީ ޔަކިމާ ކޯރުންނެވެ.

ލޫސިއަން މުންގުއިއާ ގެއްލިފައިވަނީ އާއިލާއާއި އެކީގައި ސަރްގް ހަބާޑް ޕާކަށް ދަތުރަކު ގޮސްގެން އުޅުމުގެ ތެރޭގައި އޭނަގެ ބައްޕަ އެ އާއިލާގެ އެންމެ ހަގު ދަރީގެ ޑައިޕަރު ބަދަލު ކުރަން ހުއްޓައެވެ. ޖުއާނޯ މުންގުއިއާ އޭނަގެ ތިން ދަރިން ގޮވައިގެން ޕާކަށްދިއުމަށްފަހު ލޫސިއަން ހުރީ އޭނަގެ ހަ އަހަރުގެ ބޭބެ އާއި އެކީ ކުޅޭށެވެ. މި ދަތުރު ގޮސްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރ 10 ގައެވެ.

ޖުއާނޯ އެދެކުދިން ކުޅެން ތިބި ސަރަހައްދަށް ދިޔައިރު ލޫސިއަން ވަނީ ގެއްލިފައެވެ. ލޫސިއަންއަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. ފުލުހުން އެ ކުޑަކުއްޖާގެ ހަށިގަނޑު ފެނުނުކަން ކަށަވަރުކޮށްފައިވަނީ ޑިސެމްބަރު 10 ގައެވެ. ލޫސިއަން މަރުވެފައިވަނީ ގެނބިގެން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ލޫސިއަންގެ އާއިލާއިން އޭނަ ހޯދުމަށް އެތައް މަސައްކަތެއް ކޮށްފައިވެއެވެ. މި މަސައްކަތުގައި ޑައިވިން ޓީމްއަކާއި ކުއްތާގެ އެހީވެސް ބޭނުންކޮށްފައިވެއެވެ. ލޫސިއަންގެ މަންމަ ސާންޑްރާ މުންގުއިއާ ވަނީ ލޫސިއަން ހޯދިމީހަކަށް 10،000 ޑޮލަރު ދޭނެކަމަށް އޮކްޓޯބަރު މަހު ބުނެފައިވެއެވެ.

އެއާއިލާއިން ބުނެފައިވަނީ އަހަރަމެންގެ ހިތްވަނީ އަބަދަށް ހަލާކުވެފައިވާ ހާލެއްގައި ކަމާއި ދުވަހަކުވެސް ކުރީގެ ގޮތަކަށް ނޫޅެވޭނެ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ހަށިގަނޑުގެ ތަހުލީލަށް ފަހު ނޫނީ މިއީ އެއްވެސް މީހަކު ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ޔަގީން ކަމާއިއެކީ ގައި ނުބުނެވޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޮޓޯގެ ތަޢާރުފް

    ފޮޓޯ އިން ދޭހަކޮށްދެނީ ތިއީ ބަޔަކު ލޯބިން ގެންގުޅު ކުއްޖެއް ނޫންކަމެވެ. ކުއްޖާގެ މޫނުމަތިން ފެންނަ ނުތަނަވަސް ކަމާއި، ދެލޯކައިރި ވެސް ކުލަބަދަލު ވެފައި ހުރުމާއި، ކިސުޅިވެފައިވާ އިސްތަށިގަނޑުން ދޭހަކޮށްދެނީ އަޅާލައި ލޯބިދީގެން ގެންގުޅޭ ކުއްޖެއް ނޫންކަމެވެ.