ސްރީ ލަންކާއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއަދު ރިކްޓަރ މިންގަނޑުން 3.0 މެގްނިޓިއުޑްގެ ބިންހެލުމެއް ވެލަވާޔާ، ބުޓާލާ އަދި ހަންޑަޕަނަގަލާ ސަރަހައްދަށް ވަނީ އައިސްފައެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ޑީއެމްސީން އިތުރަށް ވަނީ މި ބިންހެލުމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބެލެވިފައި ވާތީ އެ ސަރަހައްދުތަކުގައި ދިރިއުޅެމުންރާ އާންމުން ބިރުނުގަތުމަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބިރު ގަންނަން ޖެހޭ. ތިފެށުނީ ދުނިޔެ ޤިޔާމަތްވުމުގެ ސިލްސިލާ ބިންހެލުންތައް. ދެން ދާނީ ބިންހެލުންތައް އިތުރުވަމުން.

    18
  2. ށުުޒޫ

    ޢަދިވެސް އިސްލާޙު ވާން ބޭނުން ނުވޭ. ޤިޔާމަތް ވަނީ ކަންވެސް އެބަ އެނގޭ!