އަފްޣާނިސްތާނަށް 6.6 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ އަފްޣާނިސްތާނުގެ ފައިޒާބާދު ސީޓިއަށެވެ.

އިންޑިއާގައި ހުންނަ ނޭޝަނަލް ސެންޓަރ ފޮ ސެއިސްމޮލޮޖީން ބުނީ، މި ބިންހެލުން އައިސްފައި ވަނީ މިރޭ 10:17 ގައި ކަަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ 156 ކިލޯ މީޓަރު އަޑިއަށެވެ.

އަފްޣާނިސްތާނުގެ ޑިޒާސްޓަރ އޮތޯރިޓީން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކާއި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ބުނީ ބަދަޚްޝާން އާއި އުތުރުގެ އެހެން ސަރަހައްދުތަކަށް ބާރުގަދަ ބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

ރެޑްކްރޮސްގެ ތަރުޖަމާނު ވިދާޅުވީ ބަދަޚްޝަންގެ ވެރިރަށުން ލިބުނު ގެއްލުމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެހެން ސަރަހައްދުތައް ބަލަމުން އަންނަ ކަމަށެވެ.

ޕާކިސްތާން، އިންޑިއާ، އުޒްބެކިސްތާން، ތަޖިކިސްތާން، ކަޒަކިސްތާން، ކިރްގިސްތާން، އަފްޣާނިސްތާން އަދި ތުރުކުމެނިސްތާނުގެ ގާތްގަނޑަކަށް 285 މިލިއަން މީހުންނަށް މި ބިންހެލުމުގެ އިހުސާސް ކުރެވިފައިވާ ކަމަށް އީއެމްއެސްސީން ބުނެއެވެ.

އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް މިދިޔަ އަހަރު އައި 6.1 މެގްނިޓިއުޑްގެ ބިންހެލުމުގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު