އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަގަށް ގޮވިކަމަށް ބުނެ އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާންދީއަށް ދެ އަހަރުގެ ޖަލުގެ ހުކުމެއް އަތުވެއްޖެ އެވެ.

ރާހުލްއަށް ގުޖުރާތުގެ ކޯޓުން އެ ހުކުމް އިއްވީ 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ކެމްޕޭންއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ނެވެ.

އެގޮތުން ގިނަ ވަގުންތަކަކަށް މޯދީ ކިޔަނީ ކިއްވެގެންތޯ ރާހުލް އޭރު ސުވާލު ކުރެއްވި އެވެ. އޭގެ ތެރޭގައި ނިރަވް މޯދީއާއި ލަލިތު މޯދީ އަދި ނަރެންދުރަ މޯދީގެ ނަން ގެންނެވި އެވެ.

ނިރަވްއަކީ އިންޑިއާއިން ފިލައިގެން އުޅޭ ޖަވާހިރުގެ ވިޔަފާރި ކުރާ މަހުޖަނެކެވެ. އަދި ލަލިތަކީ އިންޑިއަން ޕްރިމިއާ ލީގްގެ ކުރީގެ ޗީޕްއެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ވަނީ އުމުރަށް ސަސްޕެންޑްކޮށްފަ އެވެ.

ރާހުލްއަށް އިއްވި ހުކުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ގާނޫނީ ވަކީލުންނާއި އަދި ނޫސްވެރިންވެސް ހިމެނެ އެވެ.

އަދި ވަކި މީހަކަށް ސީދާ އަމާޒު ނުކޮށް ރާހުލް ދެއްކެވި ވާހަކަތައް ދައްކައިގެން ޖަލަށް ނުލެވޭނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެެވެ.

ރާހުލްއަށް ދެ އަހަރުގެ ޖަލުގެ ހުކުމެއް އިއްވި ނަމަވެސް އެ ހުކުމް އިސްތިއުނާފް ކުރެވޭނެ އެވެ. އަދި 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަލާހް

    މޯދީ އަކީ ގެރިއެއް! މޯދީއަކީ މޮޔައެއް! މޯދީއަކީ ގެރިގުޔަށް އަޅުކަންކުރާ ދެބަންދިހާރައެއް! މޯދީއަކީ ވަގެއް! މޯދީއަކީ ރޭޕަސްޓެއް!

    14
  2. Anonymous

    އިންޑިއާގެ މޮހޮދޭ އަކީ މުސްލިމުންގެ އަދުއްވެއް..