ސީރިއާގެ އިރުމަތީ ސަރަހައްދުގައި ތިބި އީރާނުގެ ހަނގުރާމަވެރި ޖަމާއަތަކަށް ބޮމުގެ ހަމަލާއެއް ދީފައި ވާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން މި ހަނގުރާމަވެރިންނަށް ވައިގެ ހަމަލާއެއް އަމާޒުކޮށްފައިވަނީ އެ ޤައުމުގެ ކޮންޓްރެކްޓަރއަކަށް ރަޝިއާ އިން ޑްރޯން މެދުވެރިކޮށް ހަމަލާ ދިނުމުންކަމަށް އެމެރިކާގެ ޗީފް އޮފް ޑިފެންސް ލޮއިޑް އޮސްޓިން ބުނެފައިވެއެވެ.

އެމެރިކާގެ އިންޓެލިޖެންސް އިން ބުނީ އީރާނާއި ގުޅުންހުރި ކަމަށް ޝައްކުކުރެވޭ 14 ހަނގުރާމަވެރިން ވަނީ އެމެރިކާ އިން ދިން ހަމަލާގައި މަރުވެފައިވާ ކަމަށެވެ.

"ބުރާސްފަތި ދުވަހުގެ ރޭ ވައިގެ ހަމަލާތައް ދީފައިވަނީ ރައީސް ބައިޑަންގެ އަމުރަށް އެއީ [ޑްރޯން] ހަމަލާގެ އިތުރުން ދާދި ފަހުން ސީރިއާގައި އީރާންގެ އެންމެ ވަރުގަދަ ހަނގުރާމަވެރި ގްރޫޕް އިސްލާމިކް ރިވޮލިއުޝަން ގްރޫޕް ކޯޕްސް، (އައިއާރުޖީސީ)އާ ގުޅުން ހުރި ޖަމާއަތްތަކުން ދިން ސިލްސިލާ ހަމަލާތަކެއްގެ ރައްދުގައި" ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ބުނެފައިވެއެެވެ.

ރަސްމީ ދަތުރުފުޅެއްގައި ކެނެޑާގައި މިވަގުތު ހުންނެވި ބައިޑަން ވިދާޅުވީ އެމެރިކާގެ ކޮންޓްރެކްޓަރު މަރުވިކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޮޓާވާއަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

ހުކުރު ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ބައިޑަން ވަނީ މަރުވި އެމެރިކާ މީހާގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައިއެވެ. އަދި އެކަމާއި ގުޅޭގޮތުން ބައިޑަން ވިދާޅުވީ އެމެރިކާއިން އީރާނާއި ދެކޮޅަށް ހަމަނުޖެހުންތައް ހިންގަން ގަސްދުނުކުރާ ކަމަށެވެ. އެހެން ނަމަވެސް، އީރާނުގެ އަމަލުތަކުން އެމެރިކާގެ އެއްވެސް ރައްޔިތަކަށް ގެއްލުން ލިބޭކަމަށްވާނަމަ، އެމެރިކާއިން އޭގެ ޖަވާބު ރައްދު ނުކޮށް ނުތިބޭނެކަމަށް ބައިޑަން ވަނީ އިންޒާރު ދީފައެވެ.

އީރާންގެ ހަނގުރާމަވެރި ޖަމާއަތްތަކުން ސީރިއާގެ އިރުމަތީ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނަށް 2017 ވަނަ އަހަރުން ފެށިގެން ދޭތެރެ ދޭތެރެއިން ހަމަލާތައް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުހާ.

    ކޮންމެވެސް އެއްޗެކޭ ކިއާފަ ބަޔަކު މަރާނުލާ ކަލޭމެނަށް ނުވެސް ނިދޭނެ.

    16
  2. ރަން ރީނދޫ

    އެމެރިކާ ސިފައިން ސީރިޔާގެ ތެލާއި ގޮވާމުން ވައްކަން ކުރަން އުޅެނިކޮށް މަރުވި މީހަކު މަރުވީ. ދެން އެކަމަށް ބަދަލުހިފަން ލަދެއް ވެސް ނުގަނޭތަ. ކިތަންމެ މުއްސަންޖަސް ވައްކަމެއް ނުކޮއް ނިދި ވެސް ނާދޭ ދޯ. ތާރީޚުގައި ލިޔެވޭ ނެ އެމެރިކާ މީހުންނަކީ ހަމަ ރަތްލާޖެހި ވަގުން ކަމުގައި.