ވިއްސާރާވެ ނުޖެއްސިގެން، އިންޑިއާގެ ވެރިކަން ކުރާ ސިޓީ ކަމަށްވާ ދިއްލީގައި ހުންނަ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ 22 ފްލައިޓެއް ޑައިވާޓްކޮށްފިއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.

އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ މި ފްލައިޓްތައް ލަކްނައު، ޖައިޕޫރު، އަހްމަދުއާބާދު، ޗަންދީގަރް އަދި ޑެހެރަދޫން އަށް ޑައިވާޓްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ލަކްނޯއަށް 11 ފްލައިޓެއް ޖައްސާފައިވާއިރު، ޖައިޕޫރަށް އަށް ފްލައިޓް ޖައްސާފައިވާ ކަމަށެވެ. އަހްމަދުއާބާދު ޗަންދީގަރް އަދި ޑެހެރަދޫނަށް ތިން ފްލައިޓެއް ޑައިވާޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ލަކްނޯއަށް 11 ފްލައިޓް، ޖައިޕޫރަށް 8 ފްލައިޓް އަދި އަހްމަދުއާބާދު، ޗަންދީގަރް އަދި ޑެހެރަދޫނަށް ފްލައިޓެއް ޑައިވާޓްކޮށްފައިވާ ކަމަށެވެ.

ދިއްލީއަށް އިއްޔެ އާއި މިއަދު އަނެއްކާވެސް ގުގުރުމާއެކު ވަނީ ބޯކޮށް ވާރޭވެހިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ މޫސުން ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ކަމަށެވެ.

އަދި ކުރިއަށް އޮތް ދެ ދުވަހު ހުޅަނގު ހިމާލިޔާ ސަރަހައްދު ހިމެނޭ ގޮތަށް އިންޑިއާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ހޮނިހިރު ދުވަހު ދިއްލީއަށް 24 ގަޑިއިރުގެ ތެރޭގައި 12.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި މާޗް މަހު އެއް ދުވަހެއްގައި އެންމެ ގިނައިން ވާރޭ ވެހުނު ދުވަހެވެ.

އިންޑިއާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ފާއިތުވި ހަފުތާގެ ތެރޭގައި އިންޑިއާގެ ވެރިރަށް ހިމެނޭ ގޮތަށް އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު