އިންޑިއާގެ ތާރީހީ ވެލޯރު ފޯޓްއަށް ޒިޔާރަތް ކުރަން ދިޔަ އަންހެނެއްގެ ބުރުގާ ނަގަން މަޖުބޫރުކޮށް، އެކަން ވީޑިއޯކުރި ހަ މީހަކު ހައްޔަރު ކޮށްފިއެވެ.

މި ހަފްތާގެ ކުރީކޮޅު ހިނގި އެ ހާދިސާއާ ގުޅިގެން އުތުރު ފުލުހުން ވަނީ ހަ މީހަކު މިއަދު ހައްޔަރު ކޮށްފައެވެ.

އެ އަންހެން މީހާގެ ބުރުގާ ނަގަން މަޖުބޫރުކުރި ގޭންގުގައި 17 އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ. އެ މައްސަލައިގައި ދެން ހައްޔަރު ކުރި މީހުންގެ ތެރޭގައި 20 އަހަރުގެ ދެ ޒުވާނަކާއި، 23 އަހަރުގެ ދެ ޒުވާނެއްގެ އިތުރުން، 24 އަހަރުގެ ޒުވާނަކު ހިމެނެއެވެ.

މި އެންމެންނަކީވެސް ފިރިހެނުންނެވެ.

އޮފިޝަލް ވިދާޅުވީ އެ ޒުވާނުންގެ ތެރޭގައި ގިނައީ ޓުކްޓުކް ދުއްވާ ޑްރައިވަރުން ކަމަށާއި، އެތަނަށް ޒިޔާރަތް ކުރު ބުރުގާ އަޅައިގެން އުޅުނު ތިން އަންހެނަކާ އެ މީހުން ދިމާކޮށްލި ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރަން ދެކޮޅު ހައްދަވަމުން ވެލޯރު ޑިސްޓްރިކްޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެސް ރާޖޭޝް ކަންނަން ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހު މިކަން ހިނގާދިޔައީ ކިހިނެއް ވެގެންކަން ބަލަމުން އަންނަ ކަމަށެވެ.

އަދި މީސް މީޑިއާގައި އެ ވީޑިއޯތައް ހިއްސާ ނުކުރުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން 16 ވަނަ ގަރުނުގެ އެ ފޯޓްގައި ފުލުހުން ތިބުން ވަނީ ވަރުގަަދަ ކޮށްފައެވެ. އަދި ފުލުހުން ވަނީ އެ ބިނާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ބޫތެއް ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަލާހް

    ގެރި މޯދީގެ ހިންދުތްވާ އިންޑިއާގެ ގެރި ގޮރު ގޭންގު

    14
    4
  2. ދިވެއްސެއްގެ ޙުއްޖަތް

    ޤައުމުގެ ވެރިޔާއަށް ދަންނަވާނީ މި ވާގޮތް ހަމަ ދެނެވަޑައި ނުގަންނަވާތީ ތޯއޭ އެމީހުންގެ ފައިބުޑަށް ވެއްޓިވަޑައިގެން އެމީހުންގެ އެހީ ނުލިބިދާނެތީ އެމީހުންނަށް މަރުދެނީ. ދިވެހިންގެ ދީނާއި ތާރީޚާއި ސަޤާފަތާއި ޤައުމިއްޔަތު ހަމަ އެނގިވަޑައި ނުގަންނަވާތީތޯއޭ ތިޔަ ގެރި މޯދީގެ ފަސްބައިގައި އެލިވަޑައިގެން ތިޔަ އޮންނަވަނީ.

    7
    1