ގަސްގަހާ ގެހި މަރާލާ ނުރައްކާތެރި ފަންގަސްއެއް އިންސާނެއްގެ ހަށިގަނޑުން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޗޮންގްރޮސްޓްރިއަމް ޕާޕުރިއަމް ނަމަކަށް ކިޔާ ފަންގަސް ޖެހިފައިވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ކޮލްކަޓާގެ 61 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެމީހާއަކީ ގަސްތަކަށް ޖެހޭ ފަންގަސްތައް ދިރާސާ ކުރަމުން އަންނަ މީހެކެވެ.

އެމީހާގެ ގައިން ފުރަތަމަ ފަހަރަށް އެފަދަ ފަންގަސް އެއް ފެނުމާއި އެކީ، ސައިންސްވެރިން ބުނެފައިވަނީ އެފަދަ ފަންގަސް ޖެހިފައިވާ ގަސްތަކާއި ކައިރިވުމުން އިންސާނުންގެ ހަށިގަނޑަށް އެ ފަންގަސް އަރާނެ ކަމަށެވެ.

މިކަން ބަލަމުން އަންނަ ޑޮކްޓަރުން ބުނެފައިވަނީ އެފިރިހެން މީހާގެ ގައިން އެ ފަންގަސް ފެނިފައިވަނީ ކެއްސައި، ވަރުބަލިވެ، ތިން މަސް ވަންދެން އެއްޗެހި ދިރުވުމުގެ އުނދަގޫތަކެއް ހުރެގެން ހޮސްޕިޓަލަށް ދައްކައި ހެދި ޓެސްޓްތަކުން ކަމަށެވެ.

އަދި އޭނާ އަކީ މީގެ ކުރިން ހަކުރު ބަލި، އެޗްއައިވީ ފަދަ އެހެން ބަލިތައް މީގެ ކުރިން ހުންނަ މީހެއް ނޫން ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ފަންގަސް ޖެހޭ ގަސްތަކަށް މަރުވި ނަމަވެސް، މި ފަންގަސް ޖެހުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.