އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ވައްކަމުގެ ތުހުމަތު އަޅުވައި، ތަޅާ އަނިޔާކޮށް ޒުވާނަކު މަރާލައިފިއެވެ.

އުމުރުން 32 އަހަރުގެ ޝިވަމް ޖޮހޮރީއަކީ އިންޑިއާގެ ޓްރާންސްޕޯޓް ވިޔަފާރި ހިންގާ މީހެއްގެ ކައިރީ މެނޭޖަރެއްގެ ވަޒީފާ އަދާކުރާ ޒުވާނެކެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި ޝިވަމް ހުރީ ބަނދެފައެވެ. އޭނަ ކައިރީގައި ފިރިހެނުން ތިއްބެވެ. އެމީހުން ބުނަމުން ދިޔައީ ޝިވަމް ވައްކަން ކުރުމާ ގުޅިގެން ވެރިމީހާގެ އެދުމަށް އަދަބު ދެނީ ކަމަށެވެ. ނަމަވެސް ހުއްޓާނުލާ ޝިވަމް ބުނަމުން ދިޔައީ އޭނަ ވައްކަން ނުކުރާ ކަމަށެވެ. ޝިވަމް ބަނދެފައި ބަހައްޓާ އޭނަ ގައިގައި ތަޅާ އަނިޔާ ކުރާ ތަން ވީޑިއޯ އިން ފެނިގެންދެއެވެ.

ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އަންގާރަ ދުވަހުގެ ރޭ ޝިވަމްގެ ހަށިގަނޑު ގެންގޮސް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ލުމަށްފަހު އެމީހުން ދިޔައީއެވެ. އާއިލާ މީހުންނަށް އެންގީ ކަރަންޓު ޖެހިގެން ޝިވަމް މަރުވީ ކަމަށެވެ.

މިކަންތައް ހިނގާދިޔައީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ޝިވަމްގެ ހަށިގަނޑުގައި ޒަޚަމްގެ ނިޝާންތައް ހުރިކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އެހެންކަމުން އެއީ އާދައިގެ މަރެއް ނޫން ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ޝައްކު ކުރެވުނެވެ. އަދި ޝިވަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ވަނީ ފޮނުވައިފައެވެ.

ޝިވަމްގެ މަރާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް އޭނައަށް އަނިޔާކުރި ވީޑިއޯ ވަނީ މީޑިއާގައި ދައުރުވެފައެވެ.

މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެނގުނު ގޮތުގައި ޓްރާންސްޕޯޓް ވިޔަފާރީގައި މެނޭޖަރެއްގެ ގޮތުގައި ޝިވަމް އުޅޭތާ މިހާރު ހަތް އަހަރުވީއެވެ.

ވައްކަމުގެ ތުހުމަތުގައި ޝިވަމްއަށް އަނިޔާކޮށް އިހާނެތިކޮށް މަރާލާފައިވާއިރު ވަރަށް ފަހުންވެސް މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ގިނަ މުވައްޒަފުންތަކެއްގެ ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވައި އަނިޔާކުރި ކަމަށް ވަނީ ކޮށްފައެވެ.

ޓްރާންސްޕޯޓް ވިޔަފާރި ހިންގާ ނީރަޖް ގުޕްތާގެ އޯޑަރަށް ޝިވަމް މަރާލި ކަމުގެ ތުހުމަތުގައި ފުލުހުންދަނީ އޭނާ ހޯދާމުންނެވެ. އަދި މިކަމަށް ބޭނުންކުރި ކާރު ފުލުހުންވަނީ އަތުލައިގެންފައެވެ.

މިމައްސަލަ އިތުރަށް ކުރިޔަށް ގެންދެވޭނީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކިހިނެއް ހަދާނީ. މި ފަހު ޒަމާނުގައި މަރާލެވޭ މީހާއަކަށް ނޭނގެ އޭނާ މަރާލީ ކީއްވެގެން ކަމެއް. ޤާތިލަކަށް ނޭނގެ އޭނާ މަރަންޖެހު ނަސަބަބެއް.

    27