އިންޑިއާގައި ސިކު ދީނުގެ ދަރުސް ދޭ ލީޑަރު އަމްރިތުޕާލް ސިންގް ހައްޔަރުކޮށްފިއެވެ.

އުމުރުން 30 އަހަރުގެ އަމްރިތުޕާލް ސިންގް ހޯދުމަށް އިންޑިއާއިން އަތް ފުނާ އަޅަމުންދިޔަ އިރު އޭނާ ނިސްބަތްވާ ޕަންޖާބު ސްޓޭޓުން އިންޓަނެޓް ވެސް ކަނޑާލާފައިވެއެވެ. ނަމަވެސް، އަމްރިތް ޕާލް އިންޑިޔާ ފުލުހުންނަށް ހޯދިފައިވަނީ އެތައް ހަފްތާއެއް ފާއިތުވީ ފަހުންނެވެ.

ޕަންޖާބްގެ ފުލުހުން މި ޚަބަރު އިއުލާނުކޮށްފައި ވަނީ ޓްވިޓާ މެދުވެރިކޮށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ފުލުހުން ބުނީ މިދިޔަ ހަފްތާގައި ސިންގް ހައްޔަރުކޮށްފައިވަނީ ޕަންޖާބުގެ މޯގޭ އަވަށުގެ ރޯޑޭ ވިލެޖުން ކަމަށެވެ.

އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި އަމްރިތުޕާލް މަސައްކަތް ކުރަނީ އިންޑިއާގައި ވަކިވެ ގަތުމަށް މަސައްކަތް ކުރާ "ކަލިސްތާން" މޫވްމަންޓް އަނެއްކާވެސް މެކުހަށް ޖެހުމަށެވެ.

ކާލިސްތާނުގެ ނަމުގައި ވަކި ދައުލަތެެއް އުފައްދަން އިންޑިއާގެ ސިކުން މީގެ ކުރިން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އެ ހަރަކާތް ފަހަކަށް އައިސް އޮތީ މަޑު ޖެހިފައެވެ.

އެކަމަކު އަމްރިތުޕާލް ސިންގް ވަނީ ފަހަކަށް އައިސް އެ ހަރަކާތް ދިރުވަން އަލުން މަސައްކަތް ފަށައިފައެވެ.

އޭނާ ހައްޔަރުކުރުމަށް މަސައްކަތް ކުރި އިރު އިންޑިއާއިން ބޭރުގައި އުޅޭ ސިކުންގެ މީހުން ދަނީ އިންޑިއާ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.

އަމްރިތުޕާލް ބޮޑަށް މީހުންނަށް ފާހަގަވެގެން ދިޔައީ ޕަންޖާބުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރީހެބް ސެންޓަރުތައް ކުރިއަށް ގެންދަން ފަށައި ސިކުންނަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ފެށުމުންނެވެ.

އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި އަމްރިތުޕާލް އަކީ ޕާކިސްތާނުގެ އޭޖެންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާން ސިންގް

    އިންޑިއާ ބައބައިކޮށް ކުދި ގައުމުތަކަކަށް ހަދަނޖެހޭ. މާބޮޑުވީމަ މެނޭޖުނުކުރެވި ރައްޔިތުން ފާހާނާވެސް ނުކުރެވި ތިބެނީ.

    24
  2. އަތަރު

    އިންޑިއާގެ ވަރަށްގިނަ އަވަށްތަކަށް ސަރުކާރުން އަޅައެއްނުލާ އެހެންވުމުގެ ސަބަބުން ވިލެޖުތަށް ވަނީ ވަރަށްބޮޑަށް މުޑުދާރުވެ އާންމުހާލަތު ދަށްވެފަ ކުދި ގައުމުތަކަށް އިންޑިއާ ހެދުމަކީ ތަރަށްގީވާނެކަމެއް.

  3. ފަލަސްތިން

    އިންޑިޔާ ބައިބައި ކުރަން ވީ.