ޕާކިސްތާނުގެ ފުލުހުންގެ އިދާރާއެއް ގޮވައި، ގިނަ ބަޔަކު މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރު ކާބަލްގައި ހުންނަ ފުލުހުންގެ އިދާރާ ގޮވާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ޕާކިސްތާނުގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނީ، ގޮވާފައިވަނީ ފުލުހުންގެ އިދާރާގެ ކައުންޓަ ޓެރަރިޒަމް ފެސިލިޓީ ކަމަށެވެ. މިހާދިސާ ހިނގަން މެދުވެރި ގޮތެއް މިހާތަނަށް ހޯދިފައި ނުވާއިރު، ހާދިސާގައި 8 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ފުލުހުން ބުނީ، މިހާދިސާ ހިނގަން މެދުވެރި ސަބަބެއް ހޯދިފައި ނުވާއިރު، ހާދިސާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައި ވެސް ނުވާ ކަމަށެވެ.

ފުލުހުން ބުނީ، ހާދިސާގައި މަރުވި ގިނަ މީހުންނަކީ ކައުންޓަ ޓެރަރިޒަމް ޔުނިޓުގައި މަސައްކަތް ކުރާ ފުލުހުން ކަމަށެވެ.

ޕާކިސްތާނުގެ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެފައިވަނީ، ހާދިސާ ހިނގި ސަރަހައްދުގައި އަދިވެސް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެހެން ކަމުން މަރުވި މީހުން ނުވަތަ ޒަހަމްވި އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު