އިންޑިއާގެ ކަންނަޑާ ޑިސްޓްރިކްޓަށް ނިސްބަތްވާ ނޭޝަނަލް ލެވެލްގެ ވޮލީ ބޯޅަ ކުޅުންތެރިއެެއް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. އުމުރުން 24 އަހަރުގެ އެ ޒުވާން އަންހެނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ.

މަރުވެފައިވަނީ ސަލިޔަތު ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އުޖިރޭގެ އެސްޑީއެމް ކޮލެޖުގައި ކިޔަވަމުން ދިޔަ ކުރީގެ ދަރިވަރެކެވެ.

ޕަޑަންގަޑީ ޕޮޔެގުއްޑޭއަށް ނިސްބަތްވާ ސަލިޔަތު މީގެ އަހަރެއްހާ ދުވަސް ކުރިން ކައިވެނިކުރި އިރު އޭނާ ދިރިއުޅެމުން ދިޔައީ ފިރިމީހާއާ އެކު ޗިކަމަގަލޫރުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޭނާގެ މޭގައި ރިއްސާތީ މެންގަލޫރުގެ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދިޔައެވެ. އަދި އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ މިއަދުގެ ވަގުތެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަލާހާބާދުގައި ބޭއްވި ގައުމީ ފެންވަރުގެ ވޮލީ ބޯޅަ މުބާރާތުގައި ސްޓޭޓް ތަމްސީލުކުރި އެކަކީ އޭނާއެވެ. އަދި ސްޓޭޓް ޓީމަށް ދެ ވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އޭނާ އަދާކޮށްފައިވާ ކަމަށް ވެއެވެ.

އަދި ކޮލެޖު ދުވަސްވަރު ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް އޭނާއަށް ލިބިގެންދިޔައިރު މެޑަލްތަކެއް ވެސް ހޯދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ތީގެން މީހަކަށް ހެޔޮ ދުޢާ ކުރި މީހަކަށްވެސް ފާފަވެރިވާނެ..