ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާގައި ޔޫކްރޭންގެ ދެ އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

ރަޝިއާއާއިން ޔޫކްރޭން ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި ރަޝިއާއިން ޔޫކްރޭންގެ ސިޓީއެއް ކަމަށްވާ ނިޕްރޯއަށް ދިން މިސައިލް ހަމަލާގައިވާ ގިނަ ގެތަކެއް ވަނީ ބިމާހަމަވެފައެވެ.

މިހަމަލާއަށްފަހު، ރަޝިއާއިން ވަނީ އެސަރަހައްދުގައި ދިރިއުޅެމުން އަންނަ އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ހަމަލާއަށްފަހު، މީހުން ހޯދުމުގައި ހަރަކާތްތެރިވި ޔޫކްރޭންގެ މީހުންނަށް ވަނީ އިމާރާތެއްގެ ދަށުން ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކު ފެނިފައެވެ.

ނިޕްރޯގެ ބޭރުން އޮންނަ ޕިދޮރޮނެންސްކާ ކޮމިނުއިޓީއަށް ނިސްބަތްވާ އެކުއްޖާގެ ހަށިގަނޑު ފެނުމާއި ގުޅިގެން ގަވާނަރު ވަނީ އެހަމަލާ ކުށްވެރި ކޮށްފައެވެ.

ޔޫކްރޭންގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނާ ގޮތުގައި މަރުވެފައިވާ އެކުއްޖާއަށް 2021 ވަނަ އަހަރު އުފަންވެފައިވާ ކުއްޖެކެވެ. އެކުއްޖާގެ އިތުރުން އިތުރު 22 މީހަކު މި ހަމަލާގައި ވަނީ މަރުވެފައެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި ފަސް ކުދިންނަށް ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރަޝިއާއާއި ޔޫކްރޭން ހަނގުރާމައަށް 15 މަސް ދުވަސް ވެފައިވާއިރު، މިހަފްތާގެ ތެރޭގައި ދެ ގައުމުން ވަނީ ހަމަލާ ބަދަލު ކޮށްފައެވެ. ޔޫކްރޭނުން ދާދިފަހުން ހާމަ ކުރި ގޮތުގައި އެގައުމުން އަންނަނީ ރަޝިއާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާތަނަށް މިހަނގުރާމައިގައި އެގައުމުން 6000 އަށްވުރެ ގިނަ ސިފައިން ވަނީ މަރުވެފައެވެ. އަދި އެގައުމުން ވަނީ ޔޫކްރޭންގެ 60،000 އަށްވުރެ ގިނަ ސިފައިން މަރާލެވިފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު