ތުުރުކީގެ އިސްތަންބޫލުން ގެއްލުނު ތިން ކުޑަކުދިން ކޮންސްޓްރަކްޝަން ސައިޓެއްގެ ފައުންޑޭޝަނެއްގެ ތެރޭ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެ ތިން ކުދިން އެ ފައުންޑޭޝަނުން ފެނުނީ އެ ކުދިން ގެއްލިގެން ހޯދަމުންދާތާ އެއް ދުވަސް ފަހުން ނެވެ. އެއީ އެ ކޮންސްޓަރަކްޝަން ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ މީހަކަށް ކުޑަ ކުއްޖަކު ފެންމަތީގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

އެއާއެކު ފުލުހުންނާއި މެޑިކަލް ޓީމުތައް އެ ސަރަހައްދަށް އައެވެ. އަދި ވާރޭއިން ފޯވެފައި އޮތް ސައިޓުން ފެންގަނޑު ހިއްކުމުން ހޯދަމުން ދިޔަ އަނެއް ދެ ކުދިންގެ ހަށިގަނޑު ވެސް ފެނުނެވެ.

އެ ކޮންސްޓްރަކްޝަން ސައިޓަކީ އެ ކުދިން ދިރިއުޅެމުން ދިޔަ ގެއާވެސް ކައިރި ސަރަހައްދެކެވެ.

މަރުވެފައި އޮއްވާ ފެނުނީ އުމުރުން ހަތް އަހަރުގެ ބެރާތުއާއި ނުވަ އަހަރުގެ ބަރާންއާއި އަދި 11 އަހަރުގެ ބަތުހާންއެވެ. އެ ތިން ކުޑަކުދިންނަކީ ވެސް އެއްބަނޑު އެއްބަފާާ ތިން ކުދިންނެވެ.

އެ ތިން ކުދިން މަރުވި ގޮތް ތަހުގީގު ކުރަން އެ ކުދިންގެ ހަށިގަނޑުތައް އޮޓޮޕްސީ ހަދަން މިހާރު ވަނީ ފޮނުވައިފިއެވެ.

ކޮންސްޓްރަކްޝަން ސައިޓްަގައި މަރުވެފައި އޮއްވާ ފެނުނު ތިން ކުދިން--

ތިން ކުދިންގެ މަރާއެކު އެ ކުދިންގެ އާއިލާއަށް ވަނީ ޝޯކެއް ލިބިފައެވެ.

އެ ތިން ގެއްލުމުގެ ކުރިން އުޅުނީ ގޭ ކުރިމަތީގައި ކުޅެން ކަމަށް ވެއެވެ. ނަމަވެސް ކުޅެއް އުޅެފައި ދެން ފަހުން ހަބަރެއް ނުވެގެން އާއިލާއިން އެ ކުދިން ހޯދަން މަސައްކަތް ފެށިއެވެ. ހުދު ސެކިއުރިޓީ ކެމެރާތަކުން ވެސް ވަކި ހިސާބަކުން އެ ކުދިންނަށް ވާގޮތެއް ނޭނގެ އެވެ.

ތިން ކުދިންގެ ބައްޕަ ބުނީ އޭނާގެ ތިބެނީ ވެސް ހަމަ އެކަނި އެ ތިން ކުދިން ކަމަށެވެ.

ކުދިން ގެއްލުން ސަރަހައްދުގައި މީގެ ކުރިން އެފަދަ ހާދިސާއެއް ހިނގާފައެއް ނުވެއެވެ.