ޣައްޒާއިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގެ އަދަދު 7000 އަށް އަރައިފިއެވެ.

ޣައްޒާއާއި އިސްރާއީލް ދެމެދު ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތައް ފެށިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ ހަމަލާތަކެއް ދީފައިވަނީ ޣައްޒާއިންނެވެ. މިއީ ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ދެމުން ގެންދިޔަ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ޣައްޒާއިން ހަމަލާ ބަދަލުކުރުންތައް ފެށިތާ މާ ގިނައިރު ތަކެއް ނުވެ، ގިނަ އަދަދެއްގެ ރޮކެޓްތައް އެގައުމުން ވަނީ އިސްރާއީލް ދެކޮޅަށް ފޮނުވާފައެވެ. އޭގެ ނަތީޖާއެއް ގޮތުން ޣައްޒާއިން ވަނީ 20 މިނެޓް ތެރޭގައި 5000 ރޮކެޓް ވެސް ފޮނުވާލާފައެވެ. އަދި މިހާރު އިސްރާއީލަށް ފޮނުވާލި ރޮކެޓް ހަމަލާތަކުގެ އަދަދު 7000 އަށް އަރާ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ދެގައުމުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް މަރުވި ނުވަތަ ޝަހީދުވި މީހުންގެ އަދަދެއް އަދި އެނގިފައެއް ނުވެއެވެ.