ފަލަސްތީނުން މި ފެށީ ބޮޑު ހަނގުރާމައެއް ކަމަށާއި، މި ހަނގުރާމައިގައި ކާމިޔާބު ލިބޭނެ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޏާހޫ ބުނެފިއެވެ.

މިއަދު ހެނދުނު ފެށުނު މި ހަމަލާތަކާއި ގުޅިގެން މިއަދު ވަނީ ކުއްލި ގޮތަކަށް އިސްރާއީލް ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވާފައެވެ.

މާސްގެ ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް އެތައް ހާސް ރޮކެޓްތަކެއް ފޮނުވާލުމާއެކު "ހަނގުރާމައިގެ ކުއްލި ނުރައްކަލުގެ ހާލަތު" އިސްރާއިލުން ވަނީ އިއުލާންކޮށްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ "އިސްރާއީލުގެ ސަރަހައްދަށް ގިނަ އަދަދެއްގެ ނިރުބަވެރިން ވަދެފައިވާ" ކަމަށާއި ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގޭތެރޭގައި ތިބުމަށް އަންގާފައިވާ ކަމަށެވެ. މިއަދު ހެނދުނު ޣައްޒާއާއި އިސްރާއީލުން ހަމަލާ ބަދަލު ކުރުންތައް ފަށާފައިވާއިރު، ޣައްޒާއިން ހަމަލާ ދީފައިވަނީ އިސްރާއީލުގެ މެދު ސަރަހައްދަށާއި އުތުރުގެ ސަރަހައްދުތަކަށެވެ. މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ބޮޑު ބައެއް އެލާޓަށް ވަނީ ގެނެސްފައެވެ.

ނަތަންޏާހޫ ދިން އިންޓވިއުއެއްގައި ބުނެފައިވަނީ މިއީ ބޮޑު ހަނގުރާމައެއް ކަމަށާއި އޭގެ ބަދަލު ހިފާނެ ކަމަށެވެ. އަދި ހީވެސް ނުކުރާފަދަ ހަމަލާތަކާއި ނަތީޖާއެއް މީގެން ނުކުންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިސްރާއީލާއި ފަލަސްތީނާއި ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއަށް ހަމާސް ޖަމާއަތުން ވަދެ ބޮޑު ހަނގުރާމައެއް ފަށާފައިވާއިރު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ، އިސްރާއީލުން ފަލަސްތީނަށް އެތައް ހަމަލާތަކެއް ދީ ފަލަސްތީނުގެ ރައްޔިތުން މަރާލާފައިވާ ކަމަށާއި އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރުމުގެ ހައްޤު ފަލަސްތީނުގެ ރައްޔިތުންނަށްވެސް ލިބިގެންވާ ކަމަށެވެ. ހަމާސް އިން މިއަދު ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙައްގު

    ހޭޢަރާނެ މިހާރު

  2. ހުސެން

    ކަލޭގެ މަރާ ހަނގުރާމާ ކުރެވޭނެތަ.ﷲ އިރާދަފުޅުން މިކަލޭގެ މަރު މި ކަމުގެ ތެރެއިން ލައްވާށި،ހުރިހާ މުސްލިމުން މިދުއާ ކޮންމެ ނަމާދެއްގައި ކުރައްވާތި .އިން ޟާ ﷲ ނަތަންޔާހޫ ގެ މަރު ވޭނީގޮތަކަށް ނިންމަވާށި ޔާ ﷲ ނަތަންޔާހޫ ގެ ނިމުން ހިތިކުރައްވާށި،އޭނާ ހަލާކު ކުރައްވައި ޔަހޫދީން މިޓެރަރިސްޓް ސިފައިން ބަލިކުރައްވާށި

    34
    0
  3. ރަބަރޭ

    އިންޝާ ﷲ ކަލޭ ވަންނާނީ ނަރަކައަށް