އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިސްރާއީލުން ޣައްޒާ އަށް ކަރަންޓު ފޯރުކޮށްދިނުން ހުއްޓާލައިފިއެވެ.

މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރު ކުރަމުންދާތީ އާއި އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ހަމާސް އިން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށައިފައެވެ.

ހަމާސްގެ މުޖާހިދުން ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ހިފާފައިވާ ގިނަ އަވަށްތަކެއް މިހާރު އޮތީ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައެވެ.

އެއާއެކު، އިސްރާއީލުން ވަނީ ފަލަސްތީންގެ ޣައްޒާ އަށް ބޮން އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިކިލީކްސް

    އިރިތު ލިލިއަން ތުރުކީއަަށް ހަމަޖައްސާފަވާ އެމްބެސެޑަރު ދެންމެ ބުނީ 232 ފަލަސްތީނިއަނުން މަރުވެއްޖެ ކަމަށް.
    އަދި އިޒުރޭލުން އެޓްލީސްޓް 250 މީހުން މަރުވެ 1000 އަށްވުރެ ގިނަމީހުން ޒަހަމް ވެއްޖެ ކަމަށް.