ހަމާސްއާއި އިސްރާއީލާއި ދެމެދު ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލުން މަރުވި މީހުންގެ އަދަދު 250 އަށް އަރައިފިއެވެ.

ހަމާސް އާއި އިސްރާއީލާއި ދެމެދު ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކަކީ މިއަދު ހެނދުނުގެ ވަގުތެއްގައި، ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާގެ ސަބަބުން ބަދަލު ކުރެވޭ ހަމަލާތަކެކެވެ.

ހަމާސްއިން އިސްރާއީލަށް ހަމަލާ ބަދަލު ކުރުންތަކެއް މިއަދު ހެނދުނު ދޭން ފެށިއިރު، ހެނދުނު 20 މިނެޓް ތެރޭގައި ހަމާސްއިން ވަނީ އިސްރާއީލަށް 5000 ރޮކެޓް ހަމަލާ ފޮނުވާފައެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރު ކުރަމުންދާތީއެވެ.

އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާގައި މިހާތަނަށް 250 އަށްވުރެ ގިނަ އިސްރާއީލް މީހުން މަރާލެވިފައިވާ ކަމަށް ފަލަސްތީނުގެ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. ގިނަ އަދަދެއްގެ އިސްރާއީލް މަރާލުމުގެ އިތުރުން، ފަލަސްތީނުގެ ބައެއް ފަރާތްތަކުން ވަނީ އިސްރާއީލްގެ ބައެއް ސިފައިން ވެސް ރަހީނު ކޮށްފައެވެ.