ހައްދުފަހަނަ އަޅާފައިވާ އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މިހާތަނަށް އައިއިރު ޣައްޒާ އިން 413 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިމަހުގެ 7 ވަނަ ދުވަހު ފެށި މި ހަނގުރާމައިގެ ތެރެއިން މިހާތަނަށް މަރުވެފައިވާ 413 ޣައްޒާ މީހުންގެ ތެރޭގައި 78 ކުޑަކުދިންނާއި 41 އަންހެނުން ހިމެނެއެވެ.

އަދި މިހާތަނަށް 2300 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ވެސް 213 ކުޑަކުދިންނާއި 140 އަންހެނުން ހިމެނެއެވެ.

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް ރަސްމީކޮށް، އިސްރާއީލުން ހަނގުރާން އިއުލާނު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެއާއި އެކީ އިސްރާއީލުން ވަނީ އެމީހުން ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައެވެ.

އިސްރާއީލުން ވަރުގަދަ ހަމަލާތައް ދިން ނަމަވެސް، ހަމާސް ޖަމާއަތުން ވެސް އަމާން ދިނުމެއް ނެތި އަންނަނީ އިސްރާއީލް ސިފައިން ތިބޭ އެކި ސަރަހައްދުތަކަށް ވަދެ ހަމަލާތައް ދެމުންނެވެ. އޭގެ ނަތީޖާއެއް ގޮތުން މިހާތަނަށް މި ހަނގުރާމައިގެ ތެރޭގައި ހަމާސްއިން ވަނީ އިސްރާއީލްގެ 700 އަށްވުރެ ގިނަ މީހުން މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝޭޚު ޝަހީމު

    ކޮން ބައެއްތޯ ޔަހޫދީން ފަލަސްތީނުގެ ބިމުގައި ވަޒަންވެރި ކުރުވީ ؟ ރަޝިޔާއިން ކުރިކަމެއްތޯ ؟ ކޮބައިތޯ ޔަހޫދީންގެ ޢަމަލުތައް ސްޕޮންސޮރ ކުރާ ބަޔަކީ ؟ ރަޝިޔާ ތޯ؟ ނޫން ! ޔަހޫދީން ފަލަސްތީނު ބިމުގައި ވަޒަންވެރި ކުރުވީވެސް އިނގިރޭސީންނާ އެމެރިކާ މީހުން އިޒްރޭލްގެ ޢަމަލުތައް ދިފާޢުކޮށް އެމީހުންގެ އަނިޔާވެރިކަމަށް ޚަރަދުކޮށް ސްޕޮންސަރ ކުރާ ބަޔަކީވެސް އެއީ . އެހެންވެ ކީރިތި ޤުރްއާނުގައި މާތް ﷲ ޔައުޖޫޖު މައުޖޫޖު ބާގައި މީހުންނަކީ ކޮބައިކަން ހާމަ ކޮށްދެށްވަމުން ވަޙީ ކުރަށްވަނީ ( وحرام علي قرية اهلكناها انهم لا يرجعون ، ހަލާކު ކުރެއްވި ރަށެއްގެ ބަޔަކު އެރަށަށް އަނެއްކާ އެނބުރި ވަނުން ޙަރާމް ވެގެންވެއެވެ.
    اذا فتحت يأجوج ومأجوج وهم من كل حدب ينسلون ،،)..އެ ޙަރާމްކަން ދިގުދެމިގެންވަނީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނުކުމެއްޖައުމަށް ދާންދެނެވެ.. އެހިނދުން މުޅި ދުނިޔެ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެތެވެ. ..
    ( ބޭކަލުންނޭ! ޔަހޫދީންގެ މައްޗަށް އެރަށް ޙަރާމްވެގެންވާ ކަމަށް ޤަބޫލް ކުރާ އޮތޮޑޮކްސް ޔަހޫދީން ޔަހޫދީންގެ ތެރޭގައިވެސް އުޅޭކަން ގޫގްލް ސާޗް ކޮށްލެވިޔަސް އެނގިވަޑައިގަންނަވާނެ . ޙަރާމްވީ ހިސާބަކީ އެރަށުގައި އުޅުނު ޖައްބާރުންގެ ބަޔަކާ ހަނގުރާމަ ކުރުމަށް ﷲ އަމުރުކުރެެއްވީމާ އެވެރިން ބުނީ ކަލޭގެފާނާ ކަލޭގެފާނުގެ ކަލާންގެއާ ގޮސް ހަނގުރާމަކުރާށޭ . ތިމަންމެން މިތާ އިށީންދެ ތިބޭނަމޭ ބުނި ހިސާބުން. ކޮންމެއަކަސް ޔަހޫދީން އޭގެ ފަހުން ދުނިޔޭގެ އެތަން މިތަނަށް ވިއްސި ވިހާލިވެފައި ތިއްބާ ޔައުޖޫޖު މައުޖޫޖު ފާޅުވެއްޖެ . މުޅިދުނިޔެ އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ހިނގައްޖެ. ޔައުޖޫޖު މައުޖޫޖު ފާޅުވިކަމުގެ ހެއްކަކީ ޔަހޫދީން ފަލަސްތީނުގެ ބިމަށް ވަން ހިސާބު. އެ މީހުން އެ ބިމަށް ވެއްދީ މުޅިދުނިޔޭގެ ކޮންޓްރޯލް ނެގުމަށްފަހު ޤުރްއާނުގައި ﷲ އެ ވަޙީކުރެއްވި ޔައުޖޫޖު މައުޖޫޖު މީހުން. އެއީ އިނގިރޭސީންނާއި އެމެރިކާނުން. އަދިވެސް ﷲ ކަހުފް ސޫރަތުގައި ވަޙީ ކުރައްވާފައިވޭ) ان يأجوج مأجوج مفسدون في الارض ( ދަންނާށޭ! ޔައުޖޫޖު މައުޖޫޖު އެނގޭނެ ގޮތަކީ އެމީހުންނަކީ ބިމުގައި ފަސާދަ ކުރާ ބައެކެވެ. ދެން ބައްލަވާ އެޓަމް ބޮމް އިންސާނުންނާ ދެކޮޅަށް ބޭނުން ކުރީ ކޮންބައެއް؟ ޤައުމުތައް ބައިބައި ކޮށް ފިތުނަ އުފައްދާ ހަނގުރާމަ ކުރުވާ ހަތިޔާރު ވިއްކާ ބަޔަކީ ކޮންބައެއް ؟ އަންހެނުން ފިރިހެނުންނަށް ފިރިހެނުން އަންހެނުންނަށް ހަދަން އެލްޖީބީޓީ އާ ކަލަ ރިވޮލިއުޝަން ފަތުރަނީ ކޮންބައެއް؟
    މިހެން ގޮސް އެމެރިކާނުންނާ އިނގިރޭސީން ފަސާދަ ނުކުރަނީ ކޮން ކަމެއް ؟ޖިންސު ފަސާދަކޮށްފި . ބޭނުންކުރަމުން އައި ގޯލްޑް ސްޓޭންޑަރޑް ގެ ފައިސާ ކަރުދާހަށް ބަދަލުކޮށް އެވެސް ފަސާދަކޮށްފި. ވައިރަހެއް އުފައްދައިގެން އިންސާނުންގެ ޖީން ފަސާދަކޮށްފި ކޯރުތަކާ ޖަންގަލިތައް ވިހަކޮށް ފަސާދަކޮށްފި. ގާތްތިމާގެ ކަމާއި ލޯބި ފަސާދަކޮށްފި ؟ ގެނެޓިކަލީ މޮޑިފައިޑް ކާބޯތަކެތި އުފައްދައިގެން ކާނާ ޔާ މޭވާޔާ އެއްގަމު މަހާ ފަސާދަކޮށްފި ކަނޑުތައް ވިހަކޮށްފި . ވިއެޓްނާމު ހަނގުރާމައިގާ ބޭނުންކުރި އެޖެންޓް އޮރެންޖް ކިޔާ ވިހަ މާއްދާއެއްގެ ސަބަބުން އަދިވެސް އެތަނުގެ ޖަންގަލިތައް ވަނީ ފަސާދަވެފައި . ދެލޯ ހުރި މީހަކަަށް މިއަދު ޔައުޖޫޖު މައުޖޫޖު ފެންނާނެ

    11
    • ވިސްނުން

      ދެލޯ ހުރި މީހަކު ހޯދަން މާ އުދަގޫވާނެ ޔައުޖޫޖު މައުޖޫޖު ހޯދުމައްވުރެ. އެހެންވެ އެބުނަނީ
      ކޮންމެ 1000 އަކުން 1 ސަލާމަތް ވާނީ. މިހާރު އޮންނާނީ މެޖޯރިޓީ އޮތް ދިމާލެއް، އެ ހެޔޮ ހަލާކް ވާން ދިޔަޔަސް