އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ހަމާސް ޖަމާއަތުގެ މީހުން އިސްރާއީލުގެ ކުޑަކުދިންތަކެއްގެ ބޯ ބުރި ކުރި ވާހަކަ އެ ޖަމާއަތުން ދޮގު ކޮށްފިއެވެ.

މީޑިއާތަކުގެ ފަލަ ސުރުހީތަކުގައި އިއްޔެ އެންމެ ގަދަޔަށް ދެކެވެމުން އައި އެއް ވާހަކައަކީ އިސްރާއީލުގެ ކިބުޓްޒްއަށް ހަމާސް ޖަމާއަތުގެ މީހުން ވަދެ، އެތަނުގައި ތިބި ގިނަ އަދަދެއްގެ އަންހެނުންތަކަކަށް އިހާނެތި އަނިޔާކޮށް، 40 ކުޑަކުދިންގެ ބޯ ބުރިކޮށްލި ވާހަކައެވެ.

އެކަމާއި ގުޅިގެން ހަމާސްގެ މެމްބަރެއް ކަމަށްވާ އިއްޒަތު އަލް ރިޝް ބުނެފައިވަނީ އެފަދަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކަން އަންނަ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އިސްރާއީލުން އެފަދަ ވާހަކަތައް ދައްކަނީ އެމީހުން ކުރަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ވާހަކަ އެހެން މީހުން ނުދައްކާނެހެން ވާހަކަ އޮޅުވާލަން ކަމަށެވެ.

"ބައެއް ހުޅަނގުގެ މީޑިއާތަކުން އަންނަނީ އެވާހަކަ ދައްކަމުން. އެއީ ސީދާ ކަނޑައެޅިގެން ދޮގެއް. އެފަދަ އެއްވެސް ކަމެއް ކޯށްފައެއް ނުވާނެ. އަދި އެވާހަކަ ދައްކަނީ އެއްވެސް ހެއްކެއް ވެސް ނެތި" ހަމާސް އިން ބުންޏެވެ.

ހަމާސްއިން ވަނީ އެޖަމާއަތާއި ގުޅޭ ގޮތުން އެފަދަ ދޮގު ވާހަކަތަކެއް ދައްކާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ވެސް ކޮށްފައެވެ.

ކުޑަކުދިންގެ ބޯ ބުރި ކުރި ވާހަކަ ހަމާސްއިން ދޮގު ކޮށްފައިވާއިރު، ސްކައި ނޫހުން ވެސް އެހަމަލާދިން ސަރަހައްދުން އެފަދަ މަންޒަރެއް ފެނިފައި ނުވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ދެއްކި އެވާހަކަ ދޮގު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަށައްއިނގޭ ކުރިންވެސް އެއީ ދޮގެއްކަން. އެއީ ހަމާސް އަތުގައެބަހުރި އެމީހުންގެ އޮޕަރޭޝަންގެ ވީޑިއޯ ހެކި. އެމީހުންހަމަލާ ދިނީ މިލިޓަރީ ތަންތަނަށް.

    4
    1