އިސްރާއީލްގެ ސަރުކާރުން ހިންގަމުން ގެންދާ އަނިޔާވެރި، ލާއިންސާނީ އަމަލުތައް އެގޮތުގައި ކުރިއަށް ގެންދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން އެގައުމަށް ވަޑައިގެންނެވި އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޖޭމްސް ކްލެވަލީ ރޮކެޓެއް އަމާޒުވެދާނެ ކަމުގެ ބިރު ހީވުމުން ބިންގަރާހަކަށް ވަދެ ފިލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން އެގައުމުގެ އަވަށެއް ކަމުގައި ބުނާ އޮކަފާމް އަވަށަށް ފޮރިން މިނިސްޓަރ ޖޭމްސް ވަޑައިގެން ހުންނަވަނިކޮށް އެސަރަހައްދަށް ރޮކެޓެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ސައިރަން އަޅަން ފެށިއެވެ. ސައިރަންގެ އަޑުއިވުމާއިއެކު ފޮރިން މިނިސްޓަރ ޖޭމްސް ވަނީ އޭނާގެ ޓީމާއިއެކު ބިންގަރާހަކަށް ވަދެ ފިލާފައެވެ.

ހަމަލާ އިން ސަލާމަތްވާން ބިންގަރާހަށް ވަނުމަށްފަހު ފޮރިން މިނިސްޓަރ ޖޭމްސް ފަހުން އެކްސް (ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި އިސްރާއީލް މީހުން ކޮންމެ ދުވަހަކު ކުރަމުންދާ ތަޖުރިބާއެއް މިއަދު އޭނާ ވެސް ކުރަން ޖެހުނު ކަމަށެވެ. "އެހެންވެ އަހަރެމެން މިތިބީ އިސްރާއީލާއިއެކު ކޮނޑާއި ކޮނޑު ޖައްސައިގެން." ޕޯސްޓްގައި ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރ ޖޭމްސް އިސްރާއީލަށް ކުރި ދަތުރުގައި އިސްރާއީލްގެ ސަރުކާރުގެ ވެރިންނާއި ބައްދަލުކޮށް އިސްރާއީލުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސް އިން ކުއްލިއަކަށް އިސްރާއީލަށް ދިން ހަމަލާއާއިއެކު އިސްރާއީލްގެ ބައިވެރިން އަންނަނީ އިސްރާއީލަށް ހަމްދަރުދީ ފާޅުކޮށް އިސްރާއީލަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަމުންނެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވެސް މިއަދު އިސްރާއީލަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތަކީ އިސްރާއީލްގެ އަނިޔާވެރި ހުރިހާ އަމަލަކަށް އެންމެ ބޮޑަށް ހިތްވަރުދީ އިސްރާއީލަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ހުންނަ ނުލަފާކަން!

    16
    1
  2. Anonymous

    ލަދު ޙަޔާތްކޮބާތޯ

    17
    1
  3. ބޮސް

    ރަނގަޅަށް ފިލޭތޯބަލާތި. ހަމަގައިމު ﷲ އަށް ނުފިލޭނެ. މިނުބައި އާލާތުންގެ ނިމުން ނުބައިގޮތަކަށް ގެންދަވާފާނދޭވެ.

  4. ފަލަސްތީނާއެކު

    ޙާމާނުގެ ނިމުން އައިފަދައިން ބިންގަރާހުގަ މީނާގެ ނިމުން އަންނާނެ ނަމަ