އިޓަލީން ޣައްޒާގައި ފަރުވާ ބޭނުންވެފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަރުވާ ދިނުމަށް ހާއްސަ އުޅަނދެއް ފޮނުވަން ނިންމައިފިއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ފުލުފުލުން ހަމަލާތައް ދެމުން އަންނައިރު، އެހަމަލާތައް އަންނަނީ ހޮސްޕިޓަލްތަކަށް ވެސް އަމާޒު ކުރަމުންނެވެ. އަދި ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ތެޔޮ ފޯރުކޮށްދިނުން ހުއްޓުވުމުން ހޮސްޕިޓަލްތަކުން ވަނީ ކަރަންޓް ވެސް ކެނޑިފައެވެ. އެއާއި އެކީ ޑޮކްޓަރުންނަށް ވަނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ނުކުޅެދިފައެވެ.

ޣައްޒާގައި ގިނަ ހޮސްޕިޓަލްތަކެއް ހުރި ނަމަވެސް، އެ ހުރިހާ ތަނެއް ވެސް މިހާރު ވަނީ ނިރުބަވެރިންގެ ޝިކާރައަކަށްވެފައެވެ.

އިޓަލީގެ ޑިފެންސް މިނިސްޓަރ، ގުއިޑޯ ކްރޮސެޓޯ ބުނެފައިވަނީ ޣައްޒާއަށް އެހީވުމަށް އިޓަލީން އެގައުމަށް ފަރުވާ ދެވޭނެ ކަނޑުގެ އުޅަނދެއް ނުވަތަ ހޮސްޕިޓަލް ޝިޕެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެ އުޅަނދާއި އެކީ 170 މުވައްޒަފުންނާއި ކުއްލި ހާލަތުގައި ފަރުވާދެވޭން ތަމްރީން ހަދާފައިވާ 30 މުވައްޒަފަކު ވެސް ޣައްޒާއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ޣައްޒާއަށް ފޮނުވާފައިވަނީ އަސްކަރީ ދެ އުޅަނދު ވެސް އެސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން ބަލާނަން އެއުޅަނދުތައް އެސަރަހައްދުގައި މަޑުކުރަން ޖެހޭކަން. އެކަމަކު އަޅުގަނޑު އިސްކަމެއް ދެން އެ ދެ އުޅަނދު ބާއްވަން" އޭނާ ބުންޏެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ގިނަ ބަޔަކު ފަރުވާ ނުލިބި މަރުވެ، ނުވަތަ ޝަހީދުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުސްލިމުންނަކީ އެއްބައެއް

    އިސްލާމީ ޤައުމުތަކުގެ ވެރިން ކޮބައިބާ....؟
    ޔަހޫދީންނާ ދެކޮޅަށް ހަރުދަނާ އެންމެ ފިޔަވަޅެއްވެސް އަޅާތީ ނުފެންނަކަމީ ހިތާމަކުރާކަމެކެވެ.