ނިރުބަވެރި އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލައި، އިންޑޮނޭޝިއާގެ ދީނީ ކަންތަކާއި ބެހޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް ނެރެފިއެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް އުލެމާ ކައުންސިލުން ނެރުނު ފަތުވާގައި ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކައި ދެކޮޅަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް އެގައުމުގެ މުސްލިމުން ތާއިދު ކުރަން ޖެހޭ ކަމަށާއި އިސްރާއީލް ނުވަތަ އެ އެމީހުންނަށް ތާއީދު ކުރާ މީހުންނަށް ތާއީދު ކުރުމަކީ ހަރާމް ކަމެއް ކަމަށެވެ.

އެހެން ކަމުން އިސްރާއީލުގެ އުފެއްދުންތައް ބޭނުން ކުރުމަކީ ވެސް އިސްލާމީ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށާއި އެތަކެތި ބޭނުން ނުކޮށް ދުރުވުމަށް ވަނީ ގޮވާލާފައެވެ. އަދި އިސްރާއީލާއި ގުޅިފައިވާ ފަރާތްތަކުގެ އިތުރުން އިސްތިއުމާރީ އަދި ޒިއޮނިޒަމް އަށް ތާއީދު ކުރާ މީހުންނާއި މުއާމަލާތް ނުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އިންޑޮނޭޝިއާއިން ގޮވާލާފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ އިސްރާއީލުގެ އުފެއްދުންތައް ބޭނުން ނުކުރުމަށް ގޮވާލައި ކެމްޕޭންތައް ހިންގަމުންނެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާރު އެމީހުން ހަމަލާތައް ދެމުން އަންނަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށެވެ. ނިރުބަވެރިންގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 11،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ނުވަތަ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްހަމްދުލިއްލާހި ކެރުނީތީ އަޑުއުފުލަން

    ދިވެހިންނަށް ނުކެރޭނެ އެމެރިކާ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ ފުޓްބޯޅަބެލުން ހުއްޓާލާކަށް. ޢިންޑިއާ، އޮސްޓްރޭލިއާގެ ވެސް ވިޔަފާރި ވވވ މަދުކޮއްލަންވީ. މުސްލިމް ގައުމުތަކުން ވިޔަފާރި ކުރަންވީ .އެމީހުންނާއެކު ވިޔަފާރިކުރާ ދިވެހި މަހުޖަނުން އެކަމެއްވެސް ނުހުއްޓާނެ.ހިތަށް އަސަރުކުރާ އާންމުން އެކަމާވެސް އުޅޭނީ. ފުލައިޓްތަކާ ހުރިހާ ކަމެއް މަދުކޮއް ބޯއިކޮޓް ކުރަންވީ.ބްރޭވޯ އިންޑޮނޭޝިއާ މުސްލިމުންނަ

  2. ހުސޭނުބޭ

    ބޮޑުޖުއްބާ ލީ މީހުން ވަރަށް ރުޅިއާދޭ ތި ޤަރާރުދެކެ!