ލުބުނާންގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުން ހައްދުފަހަނައަޅާފައިވާ އިސްރާއީލަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރުޅިގަދަވެ، ހިޒްބުﷲ ގެ މުޖާހިދުންނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އެކަމާ ހިތްހަމަނުޖެހި ހިޒްބުﷲ އިން ދަނީ އިސްރާއީލަށް އެކިއެކި ހަތިޔާރުން ހަމަލާތައް ދެމުންނެވެ. އަދި ރައްދުގައި އިސްރާއީލުން ވެސް ދަނީ ލުބުނާނަށް ބޮން އަޅަމުންނެވެ. އިސްރާއީލާއި ލުބުނާން އާ ދެމެދުގައި ހަމަނުޖެހުންތައް ހިނގަމުން ދަނީ އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރީގައެވެ. އެހެންވެ، ބޯޑަރު ކައިރީގައި ދިރިއުޅޭ ދެ ގައުމުގެ ރައްޔިތުންނަށް ވެސް އެކަމުގެ އަސަރު ކުރެއެވެ.

ލުބުނާންގެ ހިޒްބުﷲ އިން މި ފަހުން އިސްރާއީލަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިސްރާއީލްގެ ގިނަ ބަޔަކަށް ދަނީ އަނިޔާވަމުންނެވެ. އިއްޔެ އިސްރާއީލަށް ދިން ހަމަލާއެއްގައި ވެސް އެ ގައުމުގެ ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

މި ހަމަލާތަކާ ގުޅިގެން ނަތަންޔާހޫ ބުނީ ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އެމީހުން ކުޅެމުން އެ ދަނީ އަލިފާނާ ކަމަށެވެ.

"އެމީހުން ހީކުރަނީ އަހަރުމެންގެ ސިފައިންނާއި އާންމުންނާ ދެކޮޅަށް ދޭ ހަމަލާތައް އިތުރު ކުރެވިދާނެ ކަމަށް. އެކަމަކު، އެއީ އަލިފާނާ ކުޅުން،" ނަތަންޔާހޫ ބުންޏެވެ.

ހިޒްބުﷲ ގެ ނަން ނުގެނެސް، އެކަމަކު، އެ ޖަމާއަތަށް އިޝާރާތްކޮށް ނަތަންޔާހޫ ބުނީ ހިޒްބުﷲ އިން އަލިފާނާ ކުޅޭ ނަމަ، އެއަށް ވުރެ ބޮޑު އަލިފާނާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އިސްރާއީިލުން މިހާތަނަށް ދައްކާލާފައި ވަނީ ވަރަށް ކުޑަ ބާރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރުމެން މިހާތަނަށް އައިއިރު ދައްކާލާފައި ވަނީ ވަރަށް ކުޑަކުޑަ ބާރެއް. އަހަރުމެންނަށް ގެއްލުން ދޭ މީހުންނަށް އަހަރުމެން ގެއްލުން ދޭނަން،" އޭނާ ބުންޏެވެ.

ނަތަންޔާހޫ ބުނީ މި ހަނގުރާމަ އަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އިސްރާއީލުން ހަނގުރާމަ ކާމިޔާބު ކުރާނެ ކަމަށެވެ.

"އަހަރުމެން މޮޅުވާނަން. މިކަމަށް ހުއްޓުމެއް ނާންނާނެ. މިއީ އޮޕަރޭޝަނެއް ނޫން. މިއީ ކުރާ ހަނގުރާމައެއް. އަހަރުމެން މިކަމާ ކުރިމަތިލީ މޮޅުވާން. އަހަރުމެން އުތުރާއި ދެކުނުގައި ސަލާމަތްތެރިކަން ހޯދާނަން. ހަމާސް ނެތިކޮށްލާނަން،" ނަތަންޔާހޫ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީބުނީ

    އަލީފާން ކަލެޔާ ކުޅޭނެ ދުވަސް ގާތްވެއްޖެ. ޔަގީން މިކަލޭގެ އަތު ޖެހޭ ހިސާބައް ކައިރި ވެވިއްޖެއްޔާ ހަމަލަ ދޭނަން އަތު ޖެހުނު އެއްޗަކުން. ފަހުން ދެން ވާއެއްޗެއް ވަ.

    35
  2. ކޮއްޔާ

    ހިތި ނިމުމެއް މީނާ ދެކޭނެ // އިންޝާﷲ ،،،

    46
  3. އަހުމަދު

    މާތްﷲ އިރާދަކުރެއްވިޔާ ވަރަށް އަވަހަށް ތި ޝައިތާނާއަށް އަލިފާނުގެ ހޫނު އިހުސާސް ކުރެވޭނެ

    44
  4. ލަޠީފް

    ނަތަންޔާހޫ.. ކަލޭ ނަރަކައަށް ވަދެ ބުޑަށް ދޮންދަނގަޑު ހެރިހެރި އޮތުން ކައިރިވެއްޖެޔޭ ކިއިއްޔާ މާ ތާހިރތުވާނެ.. މި ބަލާވެރި މުޞިބާތަށް ދުނިޔެމަތީގައިވެސް ކުރީގެ އިޒްރޭލުގެ ބޮޑުވަޒީރުކަމުގައި ހުރި ޝެރޯނަށް ޖެހުނުފަދަ ބަލާވެރިކަމެއް ޖައްސަވާންދޭ.. އަދި މޮޔަވެގެން އުޅޭ ބަކަށްޓެއް ކަމުގައި ލައްވާންދޭ.. އާމީން

    15
  5. ކެކެކޭ

    ޏުލަފާ ޖާހިލު ކަލޭގެއާ ތި މުސްކުޅިނުލަފާ ސައިތޯނު ނަރަކައިން އިށިއިން ނާނެ ތަނެއް ގައި ގައި އިށިއިދެވެންދެންވެސް މައިތިރި ނުވުމަކީވެސް ވ ބޮނޑު އަޖައިބުކަމެއް..ކަލޭ އައް ފިރު އައުނުގެ ދޮލަގުން މީރު ކެއުންވަނީ ތޢްޔާރުކުރެވިފަްއި...ނުލަފާ ޔަހޫދީ ކަލޭގެއާ.އިރާދަފުޅު ކުރެއްވިއްޔާއި ދުއާއަކީ ކަލެއައް ޖަހައްނަމައިން ގަދަފަދަ އަޒާބުދެއްވުން...

  6. އަލީ

    މަރުރެ ސަކަރާތުގާ ގިނަ ދުވަހު ލެއްވެވުމައްފަހު މަރައް ތެޅިތެޅި ވާ ހާލު ބިރުވެރި ހިއްޕެވުމަކުން މި ހައިވާނުގެ މަރު ހިއްޕަވާށި

    20
  7. ވަހޫ

    ކަލޭމެން ތިބޭ ޤިޔާމަތް ދުވަހުގެ އަލިފާނާ ކުޅެން.

  8. ކަށިކެޔޮ އާދަނު

    މިކަލޭގެމިކުޅެނީ މުސްލިމުންގެލެއާނޫންތޯ؟

  9. ޙައްޤު

    އިރާދަކުރެއްވިއްޔާ މިޖަނަވާރު ވޭންދެނިވި ހާސްމަރަކުންމަރައި އިސްލާމުންނޭކިޔައިގެންއުޅޭ މުނާފިގުވެރިންނަށް ޢިބްރަތްދައްކަވައިފާންދޭވެ.އާމީން