ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލްޝިފާ ހޮސްޕިޓަލްތެރޭގައި ބޮޑޫ ޓަނަލެއް ހުރި ކަމަށްބުނެ އިސްރާއީލުގެ ނިރުބަވެރިން ވީޑިއޯއެއް ދޫކޮށްލައިފިއެވެ.

އިސްރާއީލުން ބުނާގޮތުން އަލްޝިފާ ހޮސްޕިޓަލްތެރެއިން އެމީހުންނަށް ފެނުނު ޓަނަލަކީ 32 ފޫޓު ފުނަށް އަދި އަރިހުރަހަށް 180 ފޫޓު ހުއްޓެވެ. އަދި އެ ޓަނަލް ފެނިފައިވަނީ ހޮސްޕިޓަލުގެ އަޑިން ކަމަށް އެމީހުން ބުނެއެވެ. ނިރުބަވެރިން އާންމު ކުރި ވީޑިއޯގައި އެނބުރޭ ހަނި ސިޑިއަކުން ފައިބައިގެން ހިނގާފައި ގޮސް ދޮރަކުން ނުކުމެވޭގޮތަށް ހަދާފައި ހުރި ކަމަށާއި އެތާނގައި ހަތިޔާރުވެސް ހުރިކަމަށް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް އިސްރާއީލުން ބުނަމުންދަނީ ހަމާސް ފޮރުވިގެން ތިބެ ކޮމާންޑް ކޮންޓްރޯލް ސެންޓަރުތައް ހިންގަނީ ހޮސްޕިޓަލްތަކުގެ އަޑީގައި ޓަނަލްތައް ހަދައިގެން ކަމަށެވެ. އެމީހުންގެ ވާހަކަތައް ތެދުކަން ސާބިތުކުރުމަށް ވިޑިއޯ ހެއްކެއްގެ ގޮތުގައި ވަނީ ދައްކާފައެވެ.

މީގެ އިތުރުން އެމީހުން ވަނީ އޮކްޓޯބަރު 7، 2023 ވީ ދުވަހު ހަމާސް އިން އަސީރު ކޮށްގެން އިސްރާއީލުން ގެންދިޔަ މީހުން ކަމަށް ބުނާ، ނޭޕާލް މީހަކާއި ތައިލޭންޑް މީހަކު ޝިފާ ހޮސްޕިޓަލަށް ވައްދާ މަންޒަރުކަމަށް ބުނާ މަންޒަރުތަކެއް ފެންނަ ސީސީޓީވީ ފްޓޭޖުތަކެއް ވެސް އާންމުކޮށްފައެވެ. އެ ފްޓޭޖުތަކުން ފެންނަ ބައެއް މީހުންގެ އަތުގައި ރައިފަލް އޮތް އިރު ބޮޑެތި ޒަހަމްތަކެއް ލިބިފައި ވާ މީހަކު ސްޓްރެޗާގައި އޮންނަތަން ވެސް ފެނެއެވެ. އަދި ހޮސްޕިޓަލްގެ މައި ގޭޓުން އެތެރެއަށް ވަންނަ އަސްކަރީ ވެހިކަލްތަކަކާއި އާދައިގެ ވޭންތަކެއް ވެސް ފެނެއެވެ.

މި ވީޑިއޯތަކާއި ގުޅިގެން، ގާޒާ ހެލްތް މިނިސްޓްރީގެ ޑައިރެކްޓަރު މޮނީރް އަލް ބޯޝް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އިސްރާއީލުން ދައްކައިދޭން ބޭނުންވަނީ، 'ސިޓީއެއްގެ އަޑީގައި އިތުރު ސިޓީއެއް' އޮތް ކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ޣައްޒާގެ އަޑީގައި ޓަނަލް ހަދާފައި ހުރި ވާހަކައަކި އާ ވާހަކައެއް ނޫން ކަމަށާއި އިސްރާއީލުން އާންމު ކުރި އެ ވީޑިއޯ ކްލިޕަކީ އެފަދަ އެތައް ހާސް ޓަނަލެއްގެ ތެރެއިން ޓަނަލެއް ކަމަށްވެސް ވިދާޅުވިއެވެ.

އިސްރާއީލާއި އެމެރިކާއިން ބުނަމުންދަނީ ލިބިފައިވާ އިންޓެލިޖަންސް މައުލޫމާތަށް ބަލާއިރު ޝިފާ ހޮސްޕިޓަލުގެ އަޑީގައި ބޮޑު ނެޓްވޯކެއް ހިންގަމުން ގެންދާ ކަމަށާއި، ހޮސްޕިޓަލަށް ގެންދާ ތެޔޮފޮދުވެސް އަތުލަނީ އެޓަނަލްތަކުގައި ތިބޭ ހަމާސްގެ މުޖާހިދުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ލލ

  2. Anonymous

    މިހާރު 15 ހޮސްޕިޓަލް ބިމާހަމަކޮއްފި 35ހަކުން، އެބުނާ ޓަނަލަސްއެއް ނުފެނޭ އެއްތަނަކުންވެސް. ދޮގުހެދުމުގެ ރޮނގުން އެވޯޑެއްދެންޏާ ތިމީހުންނައް ހައްގު

    42
    2
    • Anonymous

      ޔަހޫދީން ދައްކާ ވާހަކަ ސަލާމަތް ބުއްދި ހުރި އެކަކުވެސް ޤަބޫލެއް ނުކުރާނެ. އެހާ ދޮގުވެރި އަނިޔާވެރި މަކަރުވެރި ހީލަތްތެރި ކެހިދޭ ލަނޑުދޭ ބައެއް އެއީ. މިއީ ޤުރުއާނާއި ސުންނަތުން މާ ސާފްސާފުކޮށް ފެންނަން އޮތް މައްސަލައެއް.

  3. ސީއެންއެންގައި

    ތިޔަވީދިއޯ އިން ފެނުނީ ވަޅެއްގެ އަޑީގައި ހުރިފެން. ހަތިތާރު ހުރިނަމަ ދައްކާނެ.

    31
    1
  4. އަހުމަދު

    ޝަހީދުވާ ބަޔެއް ހަމާސްގެ މުޖާހިދުންގެ ހަތިޔާރުތައް ގެންގޮސް އެތަނަށް ވައްދާފަ މިބުނަނީ އެހުރީ ހަތިޔާރޭ... މަކަރާއި ހީލަތް ހެދުން ރަމްޒު ކޮއްދެނީ ޔަހޫދީން....

    22
  5. އަބުޅޯ

    ޔަހޫދީ ކުއްތާތައް ދުވަހަކުވެސް ތެދެއް ނުބުނާނެ.