ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާއްމު ވަގުތީ ގޮތުން ހުއްޓާލުމާއިއެކު އެހީގެ ފުރަތަމަ ތިން ޓްރަކް ޣައްޒާއަށް ވަދެއްޖެއެވެ.

މި ގަތުލު އާއްމު ހުއްޓާލާފައި ވަނީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ.

މި ގަތުލު އާންމު ހުއްޓާލުމާއެކު އެހީ ހިފައިގެން ޓްރެކްތައް ޣައްޒާއަށް ވަދެފައިވާއިރު، އޭގެ ތެރެއިން ދެ ޓްރަކްގައި ތެޔޮ އުފުލާ އިރު އަނެއް ޓްރަކް ހުރީ ކައްކާ ގޭސް ކަމަށް އަލްޖަޒީރާގެ ޔުމްނާ އެލްސޭދު ވަނީ ރަފާހް ބޯޑަރު ހުރަސްކުރާ ސަރަހައްދުން ރިޕޯޓްކޮށްފައެވެ.

އެ ޓްރަކްތައް ތިބީ ޣައްޒާގެ އެތެރޭގައި ޓްރަކްތައް ޕާކުކުރާ ސަރަހައްދުގައެވެ. އަދި ވަރަށް އަވަހަށް ސްޓޭޝަންތަކަށް ބަދަލުކުރާނެ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ޣައްޒާއަށް އެހީއާއި ތެޔޮ ޓްރަކްތައް ދައުރުވަމުންދާކަން ކަށަވަރުކޮށްދޭ ރަފަހް ކްރޮސިން އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ވެސް މިހާރު ވަނީ ބަޔާނެއް ނެރެފައެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މިއަދު 230 ޓްރަކް ވަންނާނެ ކަމަށް،" ތަރުޖަމާނު ވިދާޅުވިއެވެ.