23:01

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީސް: އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި ސަރުކާރުގެ 121 އިމާރާތެއް ހަލާކުވެ، ޣައްޒާގެ 69 ސްކޫލެއް ހިދުމަތް މުޅިން ހުއްޓިއްޖެ.

22:55

ލުބުނާނުގެ ބެއިރޫތުގައި ވާހަކަ ދައްކަވަމުން ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް އަރައިގަތުމަކީ ހަމައެކަނި ލޭއޮހޮރުވުން ކަމަށް.

އޭނާ ލަފާކުރެއްވި ގޮތުގައި ޣައްޒާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ވަރަށް އަވަހަށް ވެއްޓޭނެ. ގިނަ ދުވަސްތަކެއް ވަންދެން ވެރިކަމުގައި ހުރި ނަތަންޔާހޫގެ މައްޗަށް އެންމެ ފަހުން ޝަރީއަތް ކުރާނީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ކަމަށްވެސް ބުނި.

"ނަތަންޔާހޫ އާއި އޭނާގެ ހަނގުރާމައިގެ މުވައްޒަފުން ޣައްޒާގެ ވަޅުގަނޑުގެ ތެރެއަށް އަޑިއަށް ދަނީ،" ހަމްދާން ވިދާޅުވި.

22:54

އިސްރާއީލުގެ ހަމަލާތައް ދެމިގެންދާހާ ހިނދަކު މަޝްވަރާއެއް ނުކުރާނެ - ހަމާސް

އެ ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން: "ހަނގުރާމަ ކިތަންމެ ދުވަހަކަށް ދެމިގެން ދިޔަ ނަމަވެސް އަހަރެމެން މިތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި".

ބެއިރޫތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ އިސްރާއީލުން ހަމަލާ ނިމުމަކަށް އައުމުގެ ކުރިން "އެއްވެސް މަޝްވަރާއެއް ނުވަތަ [ގައިދީއެއް] ބަދަލު ކުރުމެއް ނޯންނާނެ،". ކަމަށް.

އޭނާ ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ޣައްޒާގައި ތިބި އިސްރާއީލު ގައިދީންގެ ފުރާނައަށް ޒިންމާވާންޖެހޭ ފަރާތް ކަމަށާއި އެންކްލޭވްގައި އޭނާ ގެންގުޅޭ ލަނޑުދަނޑިތަކަކީ ހާސިލް ނުކުރެވޭ ވަރުގެ ލަނޑުދަނޑިތަކެއް ކަމަށް.

ހަމްދާން ވިދާޅުވީ މިއީ ކާމިޔާބީގެ ނިޝާނެއް ނޫން ކަމަށާއި އެއީ ނާކާމިޔާބީއާއި ސަރުކާރު ވެއްޓުމުގެ ނިޝާނެއް ކަމަށް.

ނަތަންޔާހޫ އާއި އޭނާގެ އަސްކަރިއްޔާގެ ހަގީގީ މަގްސަދަކީ "ފަލަސްތީނުގެ ރައްޔިތުން ނައްތާލުުން،"އޭނާ ވިދާޅުވި.

22:41

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ އިތުރު ދެ ސިފައިންގެ މީހަކު މަރާލައިފި

21:53

އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ހަރްޒީ ހަލެވީ: ޚާން ޔުނިސް ސިޓީ ވަށައިގެން ސިފައިން ދަނީ ހަރަކާތްތެރިވަމުން

"ހަނގުރާމަ ފެށިތާ 60 ދުވަސް ފަހުން އަޅުގަނޑުމެންގެ ސިފައިން މިހާރު ދަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް ސަރަހައްދު ވަށާލަމުން،" އޭނާ ވިދާޅުވި.

21:52

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ "ހަމަލާތައް" ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އިރާގުގެ ރައީސް އަބްދުލް ލަތީފް ރަޝީދު ވިދާޅުވެއްޖެ.

އިރާގުގައި ހުންނަވާ ފަލަސްތީނުގެ ސަފީރާ އެކު ވެރިރަށް ބަޣުދާދުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މިމޭރުމުން ވާހަކަފުޅު ދެއްކެވި ކަމަށް އެ ގައުމުގެ ބަޔާނުގައި ވޭ.

އިރާގުގެ ރައީސް ވިދާޅުވީ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދިގު މުއްދަތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށާއި ވަށާލާފައިވާ އެންކްލޭވްގައި ފަލަސްތީނު މީހުންނަށް އެހީތެރިކަމާއި އިންސާނީ އެހީތެރިކަން އިރާގުން ފޯރުކޮށްދޭނެ ކަމަށް.

21:50

ރަފާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންގެ އަދަދު އެއް މިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފި

ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އެޖެންސީގެ މަންދޫބެއް ކަމަށްވާ އަދުނާން އަބޫ ހަސްނާ ވަނީ ރަފާހުގައި ހިނގަމުންދާ އިންސާނީ ކާރިސާއާ ގުޅޭ އިތުރު ތަފްސީލް ދީފައި.

21:47

ޖެނިން ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ފަސް މީހަކު ޒަހަމްވެއްޖެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގާތްގަނޑަކަށް 30 ވަރަކަށް އާމާޑް ވެހިކަލާއި ދެ ބުލްޑޯޒަރުން ވަނީ ކޭމްޕް ބަލައި ފާސްކޮށްފައި.

އިސްރާއީލު ސިފައިން ގޭގެއަށް ވަދެ ބަލައި ފާސްކުރަމުން އަންނައިރު، ހަތިޔާރު އެޅި ކުރިމަތިލުންތަކުގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދާ ކަމަށް އަލްޖަޒީރާ އިންގްލިޝްއަށް އެސަރަހައްދުގެ ރައްޔިތުން ވަނީ ބުނެފައި.

21:45

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިންކޮރަޕްޝަންގެ ބައެއް އަޑުއެހުންތައް ހުއްޓިފައިވަނީ ހަނގުރާމައިގެ ސަބަބުން: ރިޕޯޓް

ނަތަންޔާހޫގެ ކޮރަޕްޝަންގެ ޝަރީއަތުގެ އަޑުއެހުންތައް މިހާރު ކުރިއަށްދާ ތިން އަޑުއެހުމުގެ ބަދަލުގައި ހަފުތާއަކު ދެ އަޑުއެހުމަށް ތިރިވާނެ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެފި

21:44

އިސްރާއީލުގެ ހަމަލާތަކުގެ ޝިކާރައަކަށްވި މީހުންނާއެކު ތިބި ޚާން ޔޫނުސް ހޮސްޕިޓަލް ފުރިއްޖެ

20:10

ޖަބަލިޔާ ރެފިއުޖީ ކޭމްޕާއި ޝުޖާލިއްޔާ ޑިސްޓްރިކްޓްގެ މެދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިރޭން ފެށިގެން ޚާން ޔުނިސްގެ މެދުގައި ވެސް ހަރަކާތްތެރިވަމުންދާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލު ސިފައިން ދަނީ ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމަތަކެއް ކުރަމުން ކަމަށް އަސްކަރިއްޔާއިން ބުނޭ.

20:07

ޣައްޒާއަށް ބޮން އެޅުމަކީ "މިހާރު އަޅުގަނޑުމެންގެ ޒަމާނުގައި އެއްވެސް މަދަނީ އާބާދީއަކަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރޭގައި ހިމެނޭ ކަމެއް" ކަމަށް ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ވެރިޔާ ޖަން އެގެލޭންޑް ވިދާޅުވެއްޖެ.

20:07

ލުބުނާނުގެ ދެކުނު ބޯޑަރު ކައިރީގައި އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކުގައި ސިފައިންގެ މީހަކު ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ އަސްކަރިއްޔާއިން ބުނެފި.

އިޒްސާއީލުގެ ދުޝްމަނުން އަދައިސޭހް ސަރަހައްދަށް ބޮން އެޅުމުގެ ސަބަބުން ސިފައިންގެ އެކަކު ޝަހީދުވެ، ތިން މީހަކު ޒަހަމްވި،" އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވޭ.

20:05

ޓެލްއަވީވް ގައި ސިލްސިލާކޮށް ވަރަށް ބޮޑެތި ގޮވުންތަކެއް ގޮވަމުންދޭ. މަދުވެގެން އަށެއް ކަމަށް ބައެއް މީހުން ބުނާއިރު، 10 ގޮވުން ގޮވި ތިބި އެގައުމުގެ މީޑިއާތަކުން ބުނޭ.

ޣައްޒާއިން އަންނަ އެ ރޮކެޓްތައް ދަނީ ސެންޓްރަލް ތެލްއަވީވްގެ ދެކުނުފަރާތާއި އިރުމައްޗަށް.

އޭގެ ތެރެއިން ގިނަ ރޮކެޓްތައް ހުއްޓުވާފައި ވަނީ އަޔަން ޑޯމް ޑިފެންސް ސިސްޓަމުން. ދެކުނުގެ މުޖުތަމައުތަކަށް ރޮކެޓްތައް ވަދެފައި ވަނީ އަޝްކެލޯންގެ ޣައްޒާގެ ބޭރުން ކަމަށް މިޑިއާ ރިޕޯޓްތައް ބުނޭ.

20:02

އިރުމަތީ ޚާން ޔޫނުސް ދޫކޮށް ދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ރައްޔިތުންނަށް އަންގަމުންދާ ކަމަށާއި އެއީ ނުރައްކާތެރި ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ޔޫއެންއާރްޑަބްލިއުއޭގެ ޣައްޒާގެ ވެރިޔާ ތޯމަސް ވައިޓް ވިދާޅުވެއްޖެ.

"އެމީހުން ބުނަނީ އެހީ ހޯދަން ރަފާހްއަށް ބަދަލުވާށޭ - އެކަމަކު އަޅުގަނޑުމެންނަށް 100،000 އާ އައިޑީޕީ [އެތެރޭގެ ގެދޮރު ގެއްލިފައިވާ މީހުން] ފޯރުކޮށްދެވެން ނެތް،" އޭނާ ވިދާޅުވި.

 

20:01

އިސްރާއީލާއި ޣައްޒާ ދެމެދު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ޖީސީސީގެ ހުރިހާ ގައުމެއްގެ މެދުގައި އޮތް އެއްބައިވަންތަކަން ވަރަށް ސާފުކޮށް ހާމަވާ ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ އަލްޖަޒީރާއަށް ވިދާޅުވެއްޖެ.

އިސްރާއީލާއި ހަމާސްއާ އެކު މަޝްވަރާގެ މޭޒަށް އެނބުރި އައުމުގެ ފުރުސަތު އޮތުމާ ބެހޭ ގޮތުން އަލް އަންސާރީ ވިދާޅުވީ ގަތަރުން ދެ ފަރާތުގެ މެދުގައި މެދުވެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް.

19:59

އެހީގެ މަސައްކަތްތަކަށް އެހީވުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އުޅަނދެއް ފޮނުވުމަށް އިނގިރޭސިވިލާތުން ވިސްނަނީ

އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓަރު ގްރާންޓް ޝެޕްސް ވިދާޅުވީ މެދުއިރުމަތީގައި ބޭސްފަރުވާ އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އުޅަނދެއް ކަމަށްވާ އރްއެފްއޭ ލައިމް ބޭ ފޮނުވުމަށް ވިސްނަމުންދާ ކަމަށް.

19:58

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓާއި ގައިދީންގެ އާއިލާތައް ބައްދަލު ކޮށްފި

ބަންދުގައި ތިބޭ މީހުންގެ އާއިލާތަކުން އެދެނީ އެމީހުންގެ އާއިލާ މީހުން އެނބުރި ގެއަށް އައުމަށް.

19:55

ޣައްޒާއިން ނިރުބަވެރި އިސްރާއީލުގެ ދެކުނުގައި އޮންނަ އަޝްކެލޯންގެ އިމާރާތަކަށް ރޮކެޓް ހަމަލާތަކެއް ދީފި.

19:52

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 15،900 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި.

ޝަހީދުވި މީހުންގެ ތެރެއިން 250 އަށް ވުރެ ގިނަ މީހުންނަކީ ސިއްހީ ހިދުމަތްތެރިން ކަމަށް ހުޅަނގު އައްސޭރީގައި އޮންނަ ރަމަﷲގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު މައި އަލް ކައިލާ ވިދާޅުވި.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އިސްވެރިޔާ މިއަދު ވަނީ ވަށާލާފައިވާ ކަމަލް އަދްވާން ހޮސްޕިޓަލުގެ އެތެރެއިން ވާހަކަ ދައްކަވަމުން ވިދާޅުވީ، ނުރައްކަލަށް ހުށަހެޅިނަމަވެސް ޑޮކްޓަރުން ބަލި މީހުން ދޫކޮށްނުލާނެ ކަމަށް.

19:38

ގަތަރުގެ ބޮޑުވަޒީރު: ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްއެބަދޭ.

18:00

ގަތަރުގެ ބޮޑުވަޒީރު: 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ދެ ދައުލަތުގެ ހައްލެއްގެ މައްޗަށް ބިނާކޮށް ފަލަސްތީނަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރެވޭނެ ޑިޕްލޮމެޓިކް މަރުހަލާއެއް ފަށަން ޖެހޭ.

17:45

ގަތަރު ބޮޑުވަޒީރު: އިސްރާއީލާއި ހަމާސްއާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމާއި ގުޅޭ އެއްބަސްވުން އަލުން އިއާދަކޮށް، ރަހީނުކޮށްފައިވާ މީހުންނާއި ގައިދީން މިނިވަން ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެ. އަދި އެކަން ޕާޓްނަރުންނާ އެކު ކޯޑިނޭޝަން ކުރިއަށް އެބަދޭ.

17:34

ގަތަރުގެ ބޮޑުވަޒީރު: އެންމެ ބޮޑު އަމާޒަކީ ޣައްޒާ ހަނގުރާމަ ހުއްޓުވުން ކަމަށް ބުނެފި.

17:05

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ވަނީ ޣައްޒާގެ ދެ އެމްބިއުލާންސް އަކަށް އިސްރާއީލުގެ ޓޭންކެއް ހަމަލާ އަމާޒުކުރި ވަގުތުގެ ފޫޓޭޖެއް ހިއްސާކޮށްފަ.

ޕީއާރުސީއެސް އިން ބުނީ އެ ދެ އެމްބިއުލާންސް ވެސް އެވަގުތު އުޅުނީ ޣައްޒާގެ ދެކުނުގެ ދެއިރް އެލް ބާލާހުގައި ގެއްލުން ލިބުނު މީހުންނަށް އެޓެންޑް ވުމަށް އައިސް.

16:47

ޚާން ޔޫނިސްގެ އަލް ކަތީބާ މިސްކިތް ވަށައިގެންވާ ސަރަހައްދަށް ނިރުބަވެރިން ގިނަ އަދަދަކަށް ކަރުނަ ގޭސް ޖަހައިފި.

16:46

ނިރުބަވެރިންގެ މަތިންދާބޯޓުތަކުން ޖަބަލިއާ ކޭމްޕްގެ މެދުގައި ހުރި ގެއަކަށް ބޮން އަޅައިފި.

16:43

ޣައްޒާގެ ދެކުނުން ރަފަޙްގައި ފެން ނެގުމަށް ފަލަސްތީނުގެ ކުޑަކުދިން ކިޔޫގައި

16:41

ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުހައިލާ އަވަށުގައި ޖެހިލުން ކުޑަ މުޖާހިދުންނާ ނިކަން އަވަހަށް ފިލަން ދުވާ ނިރުބަވެރިންނާ ހެނދުނުން ފެށިގެން ދަނީ ހަމަލާ ބަދަލު ކުރަމުން.

16:40

މިނިސްޓްރީ އޮފް ހެލްތު:

ޣައްޒާގެ އުތުރުގައި އޮޕަރޭޓް ކުރަނީ އެންމެ 4 ހޮސްޕިޓަލެއް އަދި55 އެމްބިއުލާންސްގެ ހިދުމަތް ވަނީ ހުއްޓިފައި.

16:37

ޚާން ޔޫނިސްގައި އޮންނަ މާއާން އަވަށަށް ނިރުބަވެރިން ދަނީ ބަރު އާޓިލަރީ ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް މިވަގުތު ދެމުން.

16:16

ފަަލަސްތީނު މީހުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމު ކުރިއަށް ދިޔަ ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ދެކޮޅަށް ކޮރަޕްޝަންގެ ޝަރީއަތެއް ހޯމަ ދުވަހު އަލުން ފަށައިފި.

ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ހުށަހެޅި ތިން މައްސަލައެއްގައި މަކަރާއި ހީލަތާއި ރިޝްވަތާއި އިތުބާރު ގެއްލުމުގެ ދައުވާ އުފުލާފައިވާއިރު، ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރެވޭނެ.

15:46

ޣައްޒާގެ ހާލަތު ދަނީ ގަޑިން ގަޑިއަށް ގޯސްވަމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފަލަސްތީނަށް ކަނޑައަޅުއްވާފައިވާ ރިޗާޑް ޕީޕާކޯން ވިދާޅުވެއްޖެ.

އޭނާ ބުނީ، މިހާރު ފެނިގެން ދަނީ ޚާން ޔޫނިސްގެ އިތުރުން ރަފާހް ސަރަހައްދުަށް ހުއްޓުމެއް ނެތި ނިރުބަވެރިން ބޮޮމުގެ ހަމަލާދެމުން އަންނަ މަންޒަރު ކަމަށް.

15:31

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގެ ވީޑިއޯ

 

14:53

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި.

14:06

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ކަމާލް އަޑްވާން ހޮސްޕިޓަލް ވަށާލުމާއިއެކީ ބޮޑު ގަތުލުއާންމެއް ހިންގަފާނެ ކަމުގެ އިންޒާރު ޣައްޒާގެ ހެލްތް މިނިސްޓްރީން ދީފި.

14:06

މުޖާހިދުން ހައްޔަރު ކޮށްފައިވާ އިސްރާއީލް މީހުންގެ އާއިލާތަކުން އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި މިއަދު ބައްދަލު ކުރުމަށް ނިންމައިފި.

12:41

ސަރާޔާ އަލްޤުދުސް ބްރިގޭޑްސް:

ޚާން ޔޫނިސްގެ އިރުމަތީގައި ހުންނަ އަލްއައުދާ ބޭކަރީ ކައިރީގައި ހަރަކާތްތެރިވި ނިރުބަވެރިންގެ އުޅަނދަކަށް އާރުޕީޖީ އަކުން ހަމަލާދީ ގޮއްވާލައިފި.

12:38

އައިޑީއެފް އިން ބުނާ ގޮތުގައި ޣައްޒާގެ އުތުރުން ޖަބާލިޔާ އާއި ހަމައަށް ވަނީ ކުރިއަށް ޖެހިފައި.

551 ވަނަ ބްރިގޭޑިއާ އާއި ނޭވީގެ ޝަޔެޓެޓް 13 ކޮމާންޑޯ ޔުނިޓުން ވަނީ އެ ސަރަހައްދުގައި ހުރި ހަމާސްގެ އާންމު ސަލާމަތީ މައި މަރުކަޒަށް ވަދެފަ.

12:34

އަލްޤައްސާމް މުޖާހިދުން ޚާން ޔޫނިސް އިރުމަތީގައި އޮތް ސަރަަހައްދުން ޒަޔަނިސްޓް 5 އުޅަނދަށް އަމާޒުކޮށް “އަލްޔާސީން 105” ޝެލް އިން ހަމަލާދީ ގޮއްވާލައިފި.

12:27

ނިރުބަވެރިންގެ ކަނޑުގެ އަސްކަރީ މަނަވަަރުތަކުގެ ބޮޑެތި ބަޑި ތަކުން ދަނީ ޚާން ޔޫނިސް އައްސޭރިފަށާ ދިމާލާސް ހަމަލާ ދެމުން.

12:21

ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޔޫއެންއާރުޑަބްލިއުއޭގެ މާން ސްކޫލަށް ނިރުބަވެރިން ބޮން އެޅުމުގެ ސަބަބުން ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ހޮސްޕިޓަލަށް 30 މީހަކު ޝަހީދުވެ ގިނަ ބަޔަކު ޒަހަމްވި ކަމަށް ރިޕޯޓްކޮށްފި.

12:19

ޒަޚަމްވި ފަލަސްތީނު މީހުން ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ގެނައުމުގެ ތެރެއިން (ފޮޓޯ)

11:32

ނިރުބަވެރި އިސްރާއީލުގެ ޓޭންކްތައް ޚާން ޔޫނިސްގެ ހުޅަނގާއި އިރުމަތީ ސަތާރު ސަރަހައްދުގެ ބައެއް ހިސާބުތަކާއި އަލް ގަރާރާ، ބަނީ ސުހައިލާ، އަދި އަބަސަންގެ އަވަށް ތަކަށް ވަދެގަނެއްޖެ.

11:24

އަލްޤައްސާމް ބާރުތަކުން ޚާން ޔޫނިސްގެ އިރުމަތީ ފަރާތަށް ވަދެ އުޅުނު ޒަޔަނިސްޓުންގެ 3 އުޅަނދަކަށް “އަލްޔާސީން 105”ޝެލް އިން ހަމާދީ ގޮއްވާލައިފި ކަމަށް އިއުލާނުކޮށްފި.

11:07

ނިރުބަވެރިންގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މިއަދު މުޖާހިދުން ދިން ހަމަލާތަކުގައި އިތުރު ތިން ސިފައިންގެ މީހަކު މަރުވެފައިވާކަމަށް.

އަދި ޣައްޒާގެ އުތުރުގައި ހިނގި އެކި ހަމަލާ ބަދަލުކުރުން ތަކުގައި އިތުރު ހަތަރު ސިފައިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް.

މުޖާހިދުން މަރާލާފައި ވަނީ އިސްރާއީލު އަސްކަރިއްޔާގެ 188 ވަނަ އާމަރޑް ބްރިގޭޑްސްގެ 53 ވަނަ ބެޓޭލިއަންގައި ތިބި އުމުރުން 23 އަހަރުގެ އޮފިސަރަކާއި 20 އަހަރާއި 21 އަހަރުގެ ދެ ސިފައިން.

 

10:54

ޢައްޒާގެ އުތުރު އަދި ދެކުނު ހިސާބުތަކަށް ނިރުބަވެރިން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން މުވާސަލާތީ ޓަވަރުތަކައް ގެއްލުންވެ މުވާސަލާތީ ހުރިހާ ގުޅުމެއް އިއްޔެ މެދުކެނޑުމަށް ފަހު ފަލަސްތީނުގެ އެންމެ ބޮޑު މުވާސަލާތީ ހިދުމަތް ދޭ ކުންފުނި ކަމުގައިވާ ޕަލްޓެލްގެ ހީވާގި އަދި ޖެހިލުން ކުޑަ މުވައްޒަފުން ހަނގުރާމައިގެ މައިދާނަށް ނިކުމެ މައްސަލަ ހައްލުކޮށްފި.

10:49

ނިރުބަވެރިންގެ އަސްކަރީ މަތިންދާބޯޓުތަކުން ނޫސެއިރާތު ކޭމްޕްގައި ހުންނަ އިސްލާމިކް ސޮސައިޓީ މިސްކިތައް ބޮން އަޅައިފި.

10:18

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުއާއި ގުޅިގެން ރައްދު ދިނުމުގެ ގޮތުން އަބަދަށް ފަލަސްތީނުގެ ހިމާޔަތުގައި ސާބިތުކަމާ އެކު އޮތް އެންމެ ބޮޑު އެށް ބާރު ކަމުގައިވާ އަލްޤައްސާމް ބްރިގޭޑްސް އިން ބީރް އަލް ސަބާ އަށް މިސައިލް ބެރޭޖް އެއް ފޮނުވާލިކަން އިއުލާނުކޮށްފި.

10:12

ޤަލަންދިއާ ކޭމްޕުގައި ނިރުބަވެރިންގެ ހާއްސަ ބާރުތަކުން މިވަގުތު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން ގައި ބަޑި ޖަހައި ފަލަސްތީނު ޒުވާނަކު ޝަހީދުކޮށްލައިފި.

10:09

ނިރުބަވެރި އިސްރާއީލުން ހިސޯރުކޮށް ދިރިއުޅެމުން އަންނަ ބީރް އަލް ސަބާ އަށް ރޮކެޓު ސައިރެން އަޅަމުން އެބަ ދޭ.

10:07

ޚާން ޔޫނިސްގެ އިރުއުތުރުން ނިރުބަވެރިން ވައިގެ މަގުން ހަމަލާ މިވަގުތު ދޭ އިރު އެ ސަރަހައްދުގައި ނިރުބަވެރިންގެ އެއްގަމު އަސްކަރީ ފައުޖުތަކާ މުޖާހިދުންގެ ބާރުތަކުން ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުން.

09:59

ޣައްޒާގެ އުތުރުން އޮންނަ ޖަބަލިއާ އަލްބަލަދުގެ ގިނަ ގެތަކަށް ޒަޔަނިސްޓު އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން 15 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ.

09:53

ގުދުސްގެ އުތުރުގައި އޮންނަ ގަލަންދިއާ ކޭމްޕަށް ނިރުބަވެރި ފިނޑި އިސްރާއީލުގެ ހާއްސަ ބާރުތަކުގެ ޔުނިޓެއް (ސްޕެޝަލް ފޯސެސް) މިއަދުވެސް ރެއިޑް ޖަހައިފި.

09:24

ނިރުބަވެރި އިސްރާއީލުން ގަސްތުގައި ފަލަސްތީނުގެ ރައްޔިތުން ނުމަރާ ކަމަށް އެމެރިކާއިން ބުނެފި

 

09:07

ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ކޭމްޕްގައި އިސްރާއީލުގެ ނިރުބަވެރިންގެ ބުލްޑޯޒަރުތަކުން މަގުތައް ހަލާކުކޮށްލަނީ

09:05

ރޭގަ އިސްރާއީލު ނިރުބަވެރިން ރެއިޑް ޖަހައި މީހުން ހަައްޔަރު ކުރުމުގެ ކެމްޕޭން ހިންގި ބައެއް ސަރަހައްދުތައް:

  • ޖެނިން އާއި ޖެނިން ރެފިއުޖީ ކޭމްޕް.
  • ޖެނިންގެ އަލްޒަހްރާ އަވަށް.
  • ޖެނިންގެ އަލްބަސާތީން އަވަށް.
  • ޖެނިންގެ ތަވަލްބާ މިސްކިތުގެ ކައިރި ސަރަހައްދުތައް.
  • ޖެނިން ހޮސްޕިޓަލުގެ ކައިރި ސަރަހައްދުތައް.
  • ޖެނިންގެ އަލް އަމާލް ހޮސްޕިޓަލުގެ ކައިރި ސަރަހައްދުތައް.
  • ނާބްލުސްގައި ހުންނަ އަސްކަރު ރެފިއުޖީ ކޭމްޕް.
  • ރަމަاللهގެ ހުޅަނގުން އޮންނަ ބެއިތު ލިޤްޔާ އަވަށް.
  • ރަމަاللهގެ ހުޅަނގުން އޮންނަ ބުދުރަސް އަވަށ.ް
  • ރަމަاللهގެ އުތުރުން އޮންނަ ދެއިރު އަބޫ މިޝާލް އަވަށް.

09:01

ނިރުބަވެރިންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް މުޅި ހަނގުރާމަވެރި ކެބިނެޓާއެކު ބައްދަލުވުމެއް ބާއްވަން އަންގާރަ ދުވަހަށް ހަމަޖެހިއްޖެ.

އިސްރާއީލުގެ އާއިލާތަކުން އެމީހުންގެ ލޯބިވާ މީހުން ވަގުތުން އަނބުރާ ގެނެވޭނެ ގޮތުގެ ޖަވާބު ހޯދުމަށް ޑިމާންޑް ކުރަމުންދާއިރު މިއީ މިގޮތައް ބޭއްވޭ ދެވަނަ ބައްދަލުވުން.

08:55

ނިރުބަވެރި އިސްރާއީލުގެ މަތިންދާބޯޓަކުން 2.5 ޓަނުގެ ޖީބީޔޫ-28 މަރުކާގެ ލޭޒަރ ގައިޑެޑް 'ބަންކަރ ބަސްޓާ' ބޮމެއް ވައްޓާލައި އިމާރާތެއް ބިމާ ހަމަކުރަނީ. (ވީޑިއޯ)

ނޯޓު؛ ބަންކަރ ބަސްޓާ ބޮމަކީ އިމާރާތް ފޫއަޅުވާލާފައި ބިމު އަޑިން މީޓަރަަކަށް ގޮސް ގޮވާ ޒާތުގެ ބާރުގަދަ ބޮމެއް.

08:44

ނިރުބަވެރިން ޣައްޒާގެ އަލް-އަޒްހަރް ޔުނިވާސިޓީއަށް ހަމަލާދިނުމުގެ ކުރިންނާއި ހަމަލާގެ ފަހުގެ ފޮޓޯ

08:40

ރޭގެ ބައެއް ޙަބަރު ތަކުގެ ޙުލާސާ:

  • އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް: "އިސްރާއީލުން" ގަސްތުގައި އާންމުން މަރާ ކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަކަށް ނެތް.
  • އަލްޖަޒީރާގެ މުވައްޒަފު ރިޕޯޓްކުރާ ގޮތުގައި ގާތްގަނޑަކަށް 50 އަސްކަރީ އުޅަނދުގެ އެހީތެރިކަމާއެކު އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ވަނީ ރޭގަ ޖެނިން އަށް ރެއިޑް ޖަހާފަ.
  • އިސްރާއީލުގެ ބުލް ޑޯޒަރުތައް ވަނީ ހުޅަނގު އައްސޭރީގައި އޮންނަ ޖެނިންގެ ގެތަކާ މަގުތައް ސުންނާފަތި ކުރަމުން.
  • އިސްރާއީލް ނިރުބަވެރިންގެ ފައުޖުތަކުން ރަމަاللهގެ ހުޅަނގު އުތުރުގައި އޮންނަ ދެއިރް އަބޫ މިޝާލް އަވަށަށް ވަދެ އަންހެން ކުއްޖަކު ހައްޔަރުކޮށްފި.
  • އިސްރާއީލުގެ ވައިގެ އަސްކަރީ ޖެޓްތަކުން ޣައްޒާގެ އުތުރުގައި މުވާސަލާތީ ހިދުމަތް ކެނޑިފައި ވާ ދަނޑި ވަޅުގައި ވަރަށް ވަރުގަދަ އަށް ބޮން އަޅައިފި.

 

***************

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް ހުއްޓުމެއް އައިސްފައި ނުވާއިރު، ބައިނަލްއަގުވާމީ ބޮޑެތި ގައުމުތަކަށް ވެސް ހަނގުރާމަ ހުއްޓާލުމުގައި އެހީތެރިކަމެއް ނުވަތަ އިސްރާއީލާއި ދެކޮޅަށް ފިޔަވަޅެއް އަޅަން ވެސް ނުކުޅެދުންތެރިވެފައެވެ.

ހަނގުރާމައަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ނެތި ކޮށްލުމަށް ދެމުން އަންނަ ހަމަލާތަކެއްކަމަށް ނިރުބަވެރިން ތަކުރާރުކޮށް ބުނި ނަމަވެސް، މިއަދާއި ހަމައަށް އައިއިރު، ހަނގުރާމައިގެ ތެރެއިން ޝަހީދުކޮށްލާފައިވާ ގިނަ މީހުންނަކީ ފަލަސްތީނުގެ ކުށެއް ނެތް އާންމުންނެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު އުޅެނީ 15،000 އަށްވުރެ މަތީގައެވެ. އަދި މިދިޔަ މަހުގެ 24 ވަނަ ދުވަހު އެކުލަވާލި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލާ އެއްބަސްވުން ހަމަވި ހިސާބުން ދެ ދުވަހެއްގެ ތެރޭގައި ނިރުބަވެރިން ވަނީ ޣައްޒާގެ 700 އަށްވުރެ ގިނަ މީހަކު ޝަހީދުކޮށްލާފައެވެ.

ނިރުބަވެރިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުން އަންނައިރު، ޣައްޒާގެ ދެކުނަކީ މީގެ ކުރިން ނިރުބަވެރިންގެ ދުލުން އެއީ ރައްކާތެރި ސަރަހައްދެކޭ ބުނެފައިވާ ތަނެކެވެ. އެހެން ނަމަވެސް މިހާރު ނިރުބަވެރިން ވަނީ އެތަން ހުސްކޮށް އެހެން ތަނަކަށް އެތަނުގައި ދިރިއުޅެމުން ދިޔަ އެތައް ހާސް ރައްޔިތުންނަށް އިންޒާރު ދީފައެވެ. އެފަދަ އިންޒާރެއް ދިން ނަމަވެސް، ޣައްޒާގައި ރައްކާތެރި އެއްވެސް ހިސާބެއް ނެތެވެ. ކޮންމެ ހިސާބަކަށް ދިޔަޔަސް ނިރުބަވެރިން އަޅަމުން އަންނަ ބޮމަކުން ސަލާމަތެއް ނެތެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެން އުމުރުން ދުވަސްވީ މީހާއާއި ހަމައަށް އޮތީ ބޮމުގެ ނުރައްކާއެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ނިރުބަވެރިންނާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު ޢަރީފް

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މި ނުބައި ޔަހޫދީންގެ މައްޗަށް ﷲގެ ކޮންމެވެސް ކޯފާއެއް ފޮނުއްވާދޭނވެ. އަމީން

  2. މުޙައްމަދު ޢަރީފް

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ޔަހޫދީންނަށް ވާގިވެރިވާ ބައިޑެންގެ ހިތުގެ އެންމެ ހިމަ ނާރު ކަނޑުއްވާދޭނވެ އާމީން