އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ރާޖްގަރް ޑިސްޓްރިކްޓްގެ ދަނޑެއްގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު ކޮނެފައި އޮތް ވަޅަކަށް ވެއްޓި، އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ދަރުމްރާޖް މީނާ ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ބޯޑާ ޕޮލިސް ސްޓޭޝަންގެ ސަރަހައްދުގައި އޮންނަ ޕިޕްލިޔާ ރަސޯދާ ވިލެޖުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ސްޓޭޓް ޑިޒާސްޓާ އިމަޖެންސީ ރެސްޕޮންސް ފޯސް (އެސްޑީއީއާރްއެފް) އިން އެ ސަރަހައްދަށް ގޮސް، ވަޅުގެ ތެރެއަށް އޮކްސިޖަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްްކަތް ދަނީ ކުރަމުންނެވެ.

ޗީފް މިނިސްޓަރު ޝިވްރާޖް ސިންގް ޗޯހާން އޭނާގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ތަނުގެ އެޑްމިނިސްޓްރޭޝަނާ ގުޅުއްވާ އެންމެ ފަހުގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

"އެސްޑީއާރްއެފް އާއި އެންޑީއާރްއެފް އަދި ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަންގެ ޓީމުތަކުން މަސައްކަތް ކުރަމުން ދަނީ އަންހެން ކުއްޖާ ސަލާމަތުން ބޭރަށް ނެރުމަށް. އަދި ލޯކަލް އެޑްމިނިސްޓްރޭޝަނާވެސް އަޅުގަނޑު އަބަދުވެސް ގުޅަމުން މިގެންދަނީ. އެ އަންހެން ކުއްޖާ ސަލާމަތުން ބޭރަށް ގެނައުމަށް އެއްވެސް ފުރުސަތެއް ދޫކޮށްނުލާނެ،". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު