ރާއްޖޭގައި ފެޝަން އިންޑަސްޓްރީގައި މިއީ އާ ނަމެއް ނޫނެވެ. މަޝްހޫރު ބްރޭންޑްތަކާއި މޮޑެލްތަކާއެކު މަސައްކަތް ކޮށްފިއެވެ. އަމިއްލަ ޕްރޮޑަކްޓްތައް ބާޒާރަށް ނެރެ، ވައިގައި ހިފުވާލިއެވެ. އާޓް އެންޑް ޑިޒައިނިންގްގެ ދާއިރާގައި އޭނާ ހުރިހާ މަގަކުން ކުރިއަށް އެބަ ދެއެވެ. ކްރާފްޓީ މަސައްކަތްތަކާއި ސްޓައިލިންގ މަސައްކަތުން ފެށިގެން، ފޮޓޯ ނަގައެވެ. ބައެއް ބްރޭންޑްތަކަށް މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވެއެވެ. މިއީ ޒުވާން އާޓިސްޓު އަސައްދުﷲ ތައުފީގު (އައްސަދު) ވާހަކައެކެވެ. މާލެއަށް ބޭސް ވެގެން މަސައްކަތް ކުރަމުންދާ ޒުވާނެކެވެ.

އެންމެ ކުޑައިރުން ފެށިގެން އައްސަދަކީ ވަރަށް ބޮޑަށް އާޓްއަށް ލޯބި ކުރި ކުއްޖެކެވެ. އޭނާ ވަނީ މާކެޓިންގގެ ދާއިރާއިންނާއި ގްރެފިކް ޑިޒައިނިންގ އެންޑް މަލްޓިމީޑިއާ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައެވެ.

އައްސަދު ކިޔާދިންގޮތުގައި އޭނާއަށް މި ދާއިރާއަށް ވަރަށް ކުޑައިރު ވަދެވިއްޖެއެވެ. ސީދާ ގޭތެރެއިން މަސައްކަތް ފެނުމުން ކަމަށް ވެދާނެއެވެ. އައްސަދުގެ ބައްޕައަކީ ފަހާ މީހެކެވެ. ދައްތަވެސް އެހާމެ ފަރިތަވެފައި މޮޅެވެ.

އައްސަދު މަސައްކަތްތައް ޒަމާނަށް ފައްތަމުން ދަނީ ތަފާތު ކޮށެވެ. އޭނާ އަމިއްލަ ބޮޑު ނަމެއް ދާއިރާގައި ކުރަހާލިއެވެ. އެއީވެސް ތަފާތު ކޮށެވެ. މީހަކު އެއްޗެއް ފަހާނަމަ އޭނާ ކިޔާދޭނީ އޭތި ހުންނާނެ ގޮތެވެ. އޭތި ބައްޓަން ކުރަންވީ ގޮތެވެ. އޭތީގެ ސްޓައިލެވެ. އެ ހުންނާނެ ގޮތުގެ ފަސްޓްލުކެވެ.

އައްސަދު ފޮޓޯއަކަށް ހުއްޓިލައިގެން - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

"އެންމެ ކުޑައިރުން ފެށިގެންވެސް، އައި ހޭވް ބީން އެންކަރޭޖް. ބައްޕަގެ ސައިޑުންވެސް، އަހަރެންނަށް ވަރަށް ކިޔާދީފައި އެބަހުރި، އަނެއްކާ ދައްތަ/ރަޒީނާ/ގެ ފަރާތުންވެސް ކުޑައިރުވެސް އައިސްފައި އިންނަނީ،". އޭނާ ކިޔާދިނެވެ.

އައްސަދު ބުނާގޮތުގައި، އޭނާއަށް ކުޑައިރު އުޅެވުނީ އެކަހަލަ ގެއެއްގައި ކަމުން އެއިރުވެސް ހިތައް އަރަނީ "އާޓިސްޓަކަށް" ވާން ބޭނުންވާ ކަމަށެވެ. އެ މަގުން އޭނާ މަސައްކަތް ފަށައިގަތީވެސް އެ ލިބުނު ހިތްވަރުކަން ޔަގީނެވެ.

 

View this post on Instagram

 

A post shared by އޭސ (@y0urass)

އައްސަދު އުމުރުން 15 އަހަރުގައި ދާއިރާއަށް ވަދެވިއްޖެއެވެ. އެއިރު މިކްސް މީޑިއާއިން ޕްރިންޓް ހަދަން ފެށިއެވެ. އެއީ ޓީޝާޓް ޕްރިންޓިންގ ފަދަ މަސައްކަތްތަކެވެ.

"އެންމެ ފުރަތަމަ ހެދީ މިކްސް މީޑިއާ އާޓް، މިކްސް މީޑިއާ އާޓް ހަދާފައި، ޓީޝާޓާއި ފޯނު ކަވަރާއި އެއްޗެހި ހަދާފައި، ފަހުން ސްޓައިލިންގ ބަޔަށް ދިޔައީ. އެއީ ދައްތަ /ރަޒީނާ/ގެ އެހީތެރިކަމާއި އެކުގައި. އެކަހަލަ ގޮތަކަށް ދިޔައީ،".

އައްސަދު ބުނާގޮތުގައި އޭނާ އަށް ބޭރުގެ އާޓިސްޓުންގެ މަސައްކަތްތައް ފެނި އިންސްޕަޔާ ވެގެން ޓީޝާޓް ޕްރިންޓިންގ ފަދަ މަސައްކަތުގައި ވަރަށް ޝައުގުވެރިކަމައެކު އުޅެވުނެވެ.

"އެކި މީހުން ބޭނުންވޭ ސްޓިކާއަށްވެސް، ޓިޝާޓަށްވެސް ފޯނަށްވެސް، އެގޮތަށް ފެށުނީ،". އޭނާ ބުންޏެވެ.

 

View this post on Instagram

 

A post shared by އޭސ (@y0urass)

އޭގެ ދެ އަހަރެއްހާ ދުވަސް ފަހެވެ. އާޓްގެ ތެރެއިން ފޮޓޯގްރަފީ ތެރޭގައި މަސައްކަތް ކުރިއަށް ދިޔައެވެ. އޭގެން ރަނގަޅު އާމްދަނީއެއްވެސް ހޯދަމުން ދިޔައެވެ. އޭނާ ދާއިރާއިން ކިޔެވީވެސް އެކަމަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.

އޭނާ ބުނާގޮތުން ފޮޓޯ ނަގާ އުޅެނީ ކޮންސެޕްޓް ތަކަށެވެ. އޭނާގެ ހިޔާލުގެ މައްޗަށް ބިނާކޮށް އެކަން ކުރެއެވެ. އޭނާގެ ބޮޑެތި މަސައްކަތުގައި ސްޓައިލިންގ އިން ފެށިގެން ގޮސް ފޮޓޯ ނެގުމާއި ހުރިހާ ކަމެއްގައި އުޅެނީ އަމިއްލައަށެވެ. އޭނާގެ ކޮލެބް މަސައްކަތަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.

"އަސްލު މިކޮޅުގައި ވަރަށް އުނދަގޫދޯ އެސްޓަބްލިޝް ވާންވެސް، އަސްލު ހިއެއް ނުކުރަން ފޮޓޯގްރަފީއާ ހިސާބަށް ދާނެއޭވެސް، މިހާރު ވިޔަފާރީގެ ގޮތުގައި އޭގައި އުޅެ، އެކަމުން ފައިސާ ހޯދައިގެން އުޅެން ބޭނުންވާތީ އިތުރު ކަންތައް މި ކުރަނީ، މިސާލަކަށް ސްޓައިލިންގ އާއި ފޮޓޯ އާއި ކޮލޭބްސް އާއި ޕްރޮޑަކްޓްސް،". އައްސަދު ބުނެފައި ވެއެވެ.

އައްސަދުގެ އާޓް އެންޑް ޑިޒައިނިންގގައި އެންމެ ބޮޑަށް ޝައުގުވެރިކަން މި އޮންނަނީ ކްރާފްޓީ މަސައްކަތެވެ.

އައްސަދުގެ ވާހަކައިން އެންމެ ޝައުގުވެރިކަން ދަމާގަތް އެއް ވާހަކައަކީ "އަޕް ސައިކަލް"ކޮށްގެން ހަދަމުންދާ އޭނާގެ އަމިއްލަ ޕްރޮޑަކްޓްތަކުގެ ވާހަކައެވެ.

"ކުރީގެ ބައިވަރު ޖީންސްތަކާއި އެއްޗެހި ހުރީމަ، އެއިން އެއްޗެހިތައް ހަދަން ފެށީ، ދެން ރާއްޖޭގައި މީގެ ކުރިން އޭތި މި އިންނަނީ ގޮނޑު ހާވަނީއޭ، އެކަހަލަ ގޮތަކަށް. އަމިއްލަ ޖީންސް ކަފައިގެން އުޅޭތީ، އެކަމަކު މިހާރު އެ އައިޑިއާ ވަރަށް ކޫލް،". އޭނާ ބުންޏެވެ.

 

View this post on Instagram

 

A post shared by އޭސ (@y0urass)

އޭނާ ޖީންސް ބޭނުން ކޮށްގެން އަމިއްލަ ޕްރޮޑަކްޓްތަކެއް ނެރުނެވެ. އޭގެ ތެރޭގައި ގަމީހާއި، ދަބަހާއި، ތޮފި، ބޫޓު ފަދަ ޕްރޮޑަކްތްތައް ފާހަގަކޮށްލެވެއެވެ. އެފަދަ އެއްޗެހި ހަދާފައި އޭނާ ބަހައްޓަނީއެވެ. ބޭނުންވަނީ އެ އައިޑީއާ ޕްރޮމޯޓް ކުރުމެވެ.

"މިއީ އަޕްސައިކަލް ކޮށްގެން ކަންކަން ކުރެވޭނެކަން ދައްކަން ކުރި ކަމެއް، ފުރަތަމަ ހެދީ ޖެކެޓެއް ތިން ވަރަކަށް ޖީންސް ބޭނުންކޮށްގެން. މިފަދަ އެއްޗެހި ރެންޓްކޮށް ހަދަން، އެއްކޮށް ވިއްކަން އަދި ބޭނުމެއް ނުވޭ، އާކައިވްކޮށްފައި ބަހައްޓަނީ، މެއިން ޕާޕޯސް އިޒް ޓު ޝޯ ޝޫޓެއް އެއްޗެއް ޖައްސާނަމަ ގަނެވޭނެކަން މިފަދަ އެއްޗެހި، އެ އައިޑިއާ އެއީ،". އޭނާ ބުންޏެވެ.

އައްސަދުގެ މަސައްކަތް

އައްސަދު ބުނިގޮތުގައި އޭނާ ކޮށްފައި ހުރި މަސައްކަތްތައް ވަރަށް ބޮޑަށް އެހެން އާޓިސްޓުންވެސް ބަލައިގަންނަކަން ފާހަގަވެގެން ދިޔައީ ޖީންސް ފަދަ މިކަހަލަ އެއްޗެހި ބޭނުންކޮށްގެން ޕްރޮޑަކްޓްތައް ހަދާ އޭނާއަށް ފޮޓޯ އެއްޗެހި ފޮނުވަން ފެށި ހިސާބުންނެވެ.

"އޭގެން އަސްލު މި އެނގުނީ މި ކުރި މަސައްކަތް ވަރަށް ބޮޑަށް ބަލައިގެންފިކަން،".

އައްސަދުގެ މަސައްކަތް

އައްސަދުގެ އިންސްޕިރޭޝަނަކީ "އޭނާ"އެވެ. ކޮންމެ ދުވަހަކީވެސް ޗެލެންޖެއްގެ ގޮތުގައި އޭނާ ދެކިގެން ކުރިއަށް ދަނީއެވެ. ބޭނުންވަނީ "ކޮމްޕްލެކްސް އާޓިސްޓް"އެއްގެ ގޮތުގައި ކުރިއަށް ދާށެވެ.

އައްސަދުގެ ސްޓައިލިންގ މަސައްކަތުގެ ތެރެއިން އޭނާ ފާހަގަކުރި ބައެއް މަސައްކަތުގެ ތެރޭގައި ދިރާގާއި ނަޖްމެން ޓީމާއެކު ކުރި މަސައްކަތްތަކާއި، ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އިންޑިއާގައި ނެގި އުފަން ދުވަހުގެ ފޮޓޯ ޝޫޓެވެ. އޭގެ ސްޓައިލިންގ ވަރަށް ކަމުދިޔަ ކަމަށް އައްސަދު ބުންޏެވެ.

 

View this post on Instagram

 

A post shared by އޭސ (@y0urass)

"ދެ ގޮތަކަށް، ފުރަތަމަ ތަންކޮޅެއް އިންޑިއަން، ދެން ފަހުން މޮޑާން ކޮށްފައި، އޭގެ ސްޓައިލަކީ އަޅުގަނޑު، ފޮޓޯގްފަރީވެސް އަޅުގަނޑު. އޭގެ ހެދުން ފަހާފައި ވަނި ދައްތަ ރަޒީ،".

އައްސަދުގެ އަމިއްލަ ޕްރޮޑަކްޓެއް މިހާރު ދުނިޔޭގެ ބާޒާރަށްވެސް ނުކުމެއްޖެއެވެ. އެއި "ކޯރި"އެވެ. އެއީ އޮސްޓްރޭލިއާ މީހެއްގެ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ "ފުނޯސް"އަށް އޭނާ ތައްޔާރު ކުރި ތޮފި ތަކެކެވެ.

ކޯރިއަކީ ކުރީގައި މަސްވެރިން އަޅާ ތޮތްޕެވެ.

އެ މަސައްކަތް ވަރަށް ޗެލެންޖިންގ ކަމަށް އައްސަދު ބުންޏެވެ.

"އެމެރިކާ ހިސާބުން ނޫސް ޕްރިންޓްކޮށްގެން، ފެބްރިކްއަށް، ދެން މިކޮޅުން ކުރީގެ އެ ހަދަން ބޭނުންވާ ސާމާނު ބޭނުންކޮށްގެން، ވަކި ގޮތަކަށް ފަތި ޖަހާ. ބައްޕަ ތްރޫކޮށް އެކަންވީވެސް. އެއީ ބައްޕައަށް އޭތީ ހަދަން އެނގޭތީ. ބޮލުން މިން ނަގާފައި،". ފުނޯސް އާއި އޭނާގެ މަސައްކަތް ކިޔާދެމުން ބުންޏެވެ.

 

View this post on Instagram

 

A post shared by funoas (@funoas)

އެއީ ކުރީގެ އެއްޗަކަށް ވުމުން ހިނގާނެ ކަމަށް އެއިރު ހިއެއް ނުކުރެވުނެވެ. އެކަމަކު އޭގެ ޕްރިންޓް އިން ގޮތުން ޒަމާނަށް ވަރަށް ބޮޑަށް ފެތިފައި ވުމުން ވަރަށް ބޮޑަށް ހިނގައި ގަތެވެ.

ބޭނުންވީ ދިވެހި ޕްރޮޑަކްޓެއް ނެރުމަށެވެ. އޭގެ ލިމިޓެޑް ކަލެކްޝަނެއް ހެދިއެވެ. އެއީ ނޫސް ޕްރިންޓް އާއި ފާނަ ޕްރިންޓްގެ ކޯރިއެވެ. އެ ޕްރޮޑަކްޓްތައް ރާއްޖެ އާއި އޮސްޓްރޭލިއާގައި ވަނީ ވިކިފައެވެ.

"ތުލުސްދޫ ތަންތަނުގައި ވިއްކާފައި، ދެން ފަހުން އަޅައިގެން އުޅުނު ހިސާބުން ޓޫރިސްޓުންނަށްވެސް ވަރަށް ކަމުގޮސްގެން،".

އެހެންވެ އޭނާ ވަނީ އޭގެ އިތުރު ބެޗެއް ނެރެވެ. މިފަހަރު އޭނާ ކޯރި ތައްޔާރު ކުރީ މުންޑު ބޭނުންކޮށްގެންނެވެ.

އައްސަދު ފަހުން ތައްޔާރު ކުރި ކޯރި - ފޯޓޯ: އައްސަދު

މިއީ އޭނާގެ ފެށުމެވެ. ވިސްނުން ހުރީ ބްރޭންޑެއް ހަދައިގެން ބައިވަރު ޕްރޮޑަކްޓްތައް އިތުރަށް ނެރުމަށެވެ.

ދާއިރާއަށް ވަންނަ އާޓިސްޓުން ގިނަވެއްޖެއެވެ. ދާއިރާވެސް ކުރިއަރައިފިއެވެ. ޒުވާނުން މި ދާއިރާގައި ވަކިހިއްޕާ މަންޒަރު ފެންނަމުންދާ ކަން އައްސަދުވެސް ގަބޫލު ކުރެއެވެ. މިއީ ހެޔޮ ފާލެކެވެ. މިއީ ދާއިރާ ފުޅާ ވަމުންދާ ކަމުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަސްދޫނި

    އޭނދަ އިންސްޓާ ނަމެއް ދޯ!

  2. ބަބޫ

    މިމީހުން މީ ސިކުނޑީގެ އުނިކަމެއް ހުންނަ ބައެއް. ކުލަ ފިއްސެއް އަނބުރާލަަފަ ހާކައިލާފަ އެއީ ޕެއިންޓެކޭ ބުނާ މީހުން. މިކަހަލަ މީހުން ޕްރޮމޯޓް ކުރުމުގެ ބަދަލުގައި މިމީހުން ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދައި ދިނުމަކީ އެމީހުންށްވެސް އަދި މުޖުތަމަު އަށްވެސް

    19
    2