އިންޑިއާގެ ހަރިޔާނާގައި އުމުރުން 19 އަހަރުގެ އަންހެނަކަށް ޑްރަގް ދީގެން ދުއްވަމުންދިޔަ ކާރެއްގެ ތެރޭގައި ރޭޕްކޮށްފައިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ ދުވާލު ގަޑީގައެވެ. އޭނާ ރޭޕްކޮށްފައި ވަނީ ކޯޗިންގ ކުލާހަކަށް ހިނގާފައިދަނިކޮށް، ކަނިން ބަސް ސްޓޭޝަން ކައިރިން ކާރެއްގައި އައި ބަޔަކު އޭނާއަށް ލިފްޓެއް ދޭނެކަމަށް ބުނުމުން ކާރަށް އަރައިގެން ދިޔުމުންނެވެ.
އެ އަންހެން މީހާ ބުނީ، އޭނާ ރޭޕްކުރީ ކިތައް ފަހަރު އަދި ކިތައް މީޙުންކަންވެސް ނޭގޭ ކަމަށާއި، އެތައް އިރެއްވަންދެން އޭނާ ރޭޕް ކުރުމަށްފަހު އެއްލާލީ އެ މީހުން އޭނާ ގެންދިޔަ ހިސާބުންނެވެ.
އޭނާ ރޭޕްކޮށްފައި ވަނީ ޑްރަގެއް ދީގެންނެވެ. އޭނާ ރޭޕް ކުރުމަށްފަހު އެތަނަށް އެއްލާލުމުން މައިންބަފައިންނަށް ގުޅާ އެކަން އެންގީވެސް އޭނާ ރޭޕްކުރި އަންހެނެކެވެ. އަދި އެ އަންހެން މީހާގެ މައިންބަފައިން އޭނާ ކައިރިއަށް ގޮސް ކައިރި ހޮސްޕިޓަލަކަށް ގެންގޮސް ޓެސްޓުތައް ހެދިއެވެ. އަދި އެ ޓެސްޓުތައް ހެދުމުން އޭނާ ރޭޕްކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ.
އަދި އެ މައްސަލަަ ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅި ނަަމަވެސް އެކަމާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އޭނާ ރޭޕްކުރި މީހުންގެ ތެރޭގައި އެކުގައި ކިޔެވި މީހުންވެސް ހިމެނެއެވެ. އަދި އެ މީހުންގެ ނަންތައް ފުލުހުންނަަށް ދީފައިވާނެކަމަށް އެ އަންހެން މީހާ ބުންޏެވެ.
އެ އަންހެން މީހާއަކީ ކިޔެވުމަށް ވަރަށް މޮޅު މީހެކެވެ. ސީބީއެސްއީ ބޯޑް އެގްޒާމްގައި ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިގެން އިންްޑިއާގެ ރައީސް ވެސް ވަނީ އޭނާއާ މީގެ އަހަރުތަކެއް ކުރިން ބައްދަލުކޮށްފައެވެ.
މިވަގުތުމީހުންގެ ބޭނުމަކީ މި ކުޑަކުޑަ މުސްލިމް މުޖުތަމައުގަ މިފަދަ ފާހިޝްކަންތައް ފެތުރުންތަ އަބަދު މިކަހަލަ ޚަބަރުހޯދައިގެން ލިޔަނީ ހީވާތީ ބުނެލީ
އަހުމަދު ބޭނުންވަނީ ރޭޕްކުރުން ކަހަލަ ކަންކަމަށް އެންކަރޭޖްކުރުވަންތަ؟ ހަމަ ބުނެލީ
އެއީ ތެދެއް އަބަދު މިކަހަލަ ލިޔުން ފެންނަންޏާ ކޮންމެވެސް ބަޔަކު ބޭނުންވެދާނެ ޓެސްޓް ކޮއްލަން.
ތީ އެމްޑީޕީ މުއްލާއެއްތަ. އިޏްޑިއާގެ އަގުވައްޓާލަންޏާ މިބައިގަނޑު ނިކަން ދެރަާނެ.
ގައުމު ތަކުގެ ހާލަތު ހާމަކޮށް ދޭތި ރުޅި އައީތަ އަޙްމަދު
ބަޔަކު ކިތަންމެ މިކަހަލަ ހަބަރު ގެނައުން އެއީ މައްސަލައެއްނޫންކަމަށް ދެކުނަސް އަބަދު އަބަދު މިހިނގާ ރޭޕްތަކުގެ ވާހަކަ ނޫސްތަކުގައި ޖެހުން އެއީ ގޯހެއް. އަދި އަމުދުން ދިވެހިންނަކީ މީހުން އުޅޭގޮތް ކޮޕީކުރަން ބޭނުންވާ ބަޔެއް. ބަޔެއްފަހަރު ހީވޭ ވަގުތު އިން ރާއްޖެވެސް ރޭޕްއިންޑިއާ އެއޮތް ދަރަޖައަށް ދުއްވާނުލެވިގެންއުޅޭހެންވެސް. މިއީ ހިތާމަކުރަންޖެހޭކަމެއް! މުޖުތަމައު އިސްލާހުކުރެވޭތޯ އުޅުމުގެ ބަދަލުގައި އިތުރަށް ފަސާދަކޮށްލެވޭނެ ގޮތެއް ވޭތޯ ތިއުޅެނީ!