ޗައިނާގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދަރިން ހޯދާނަމަ ކުންފުންޏަށް އަންގަން ޖެހޭ ގޮތަށް ހާއްސަ ގަވާއިދެއް ހަދައިފިއެވެ.

މި ގަވާއިދުގެ ސަބަބުން އެތައް ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުންފުންޏަށް ނޭނގި މުވައްޒަފު ބަނޑުބޮޑުވެއްޖެނަމަ، ދަރި ވައްޓާލަން ނުވަތަ އެހެން އަދަބެއް ދޭގޮތަށް ވަނީ ގަވާއިދު ކަނޑައަޅާފައެވެ. އެ ކުންފުނިން ބުނިގޮތުގައި، ދަރިން ހޯދަން ބޭނުންވާނަމަ އެކަން އެ ކުންފުނީގެ ބޮޑު މީހާއަށް އަންގަން ޖެހެއެވެ.

ދަ ފާރމް ނަމަކަށް ކިޔަ އެ ބޭންކްގެ މަސައްކަތް ކުރާ މުވައްޒަފުންނަށް މި ގަވާއިދަށް އަމަލު ކުރުމަށް އަންގާފައިވާއިރު، އެކަމަށްޓަކައި ހާއްސަ އެޕްލިކޭޝަން ފޯމެއް ކޮންމެ އަހަރަކު ޖެނުއަރީ މަހު ހުށަހަޅަން ޖެހެއެވެ.

މި ގަވާއިދާއި ހެދި އެ ބޭންކްގެ މުވައްޒަފުން ވަނީ އެފަދަ ގޮތަކަށް އެ ކުންފުނިން ކަންތައް ކުރާކަމަށް ބުނެ އެކަން ފަޅާ އަރުވާލާފައެވެ.

އެކަން ފަޅާ އަރުވާލާފައި ވަނީ އެ ކުންފުނީގެ އަންހެން މުވައްޒަފަކު ބަނޑުބޮޑުވުމުން އެކަން ކުންފުންޏަށް އަންގާފައިނުވާތި އެ މުވައްޒަފު ކައިރީ ދަރި ވައްޓަލަން އެންގުމުން، އެ މައްސަލަ މުވައްޒަފުންނާއި ބެހޭ ސެންްޓަރަށް ހުށަހެޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު