ޗައިނާގައި އައިފޯން ވިއްކުން މަނާކުރުމަށް ކުއަލްކޮމްއިން އެޕަލްއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި، އެގަމުގައި އެޕަލް އައިފޯންގެ ހުރިހާ މޮޑެލެއްހެން ވިއްކުން ކޯޓުން މަނާކޮށްފިއެވެ.
"ޕްރިމިލިނަރީ އިންޖަންކްޝަން"އެއްގެ ގޮތުގައި ޗައިނާގައި އައިފޯންގެ ގިނަ މޮޑެލްތަކެއް ވިއްކުން މަނާކޮށްފައި ވަނީ އެގައުމުގެ ފޫޒޯގެ ޕީޕަލްސް ކޯޓުންނެވެ. "ސީއެންބީސީން" ބުނެފައި ވަނީ ކުއަލްކޮމްއިން ހުށަހެޅި މައްސަލައާ ގުޅިގެން ޗައިނާގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ އައިފޯނެއްވެސް އިންޕޯޓުކޮށް، ވިއްކުން މަނާކުރެވިފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެޕަލްއިން ބުނެފައިވާ ގޮތުގައި އެ އަމުރުގެ ސަބަބުން ވިއްކުން މަނާވެފައި ވަނީ ކުރީގެ އޮޕަރޭޓިން ސިސްޓަމެއްގައި ރަން ކުރާ އައިފޯންތަކެއް ކަމަށެވެ. ކޯޓު އަމުރާ ގުޅިގެން އެޕަލްގެ ޝެއާގެ ދެ ޕަސެންޓް އަގު ވެއްޓިފައިވާ އިރު، ކުއަލްކޮމްގެ ޝެއާގެ އަގަށް ތިން ޕަސެންޓްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
ޗައިނާއަކީ އެޕަލްގެ އެންމެ ބޮޑު އެއް މާކެޓަށްވާ އިރު، މިހާރުވެސް މި ކުއާޓާގެ ސޭލްސްއިން ވަނީ 26 ޕަސެންޓް ވެއްޓިފައެވެ.
ކުއަލްކޮމްއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް ފޯނުގައި ހުންނަ ފޮޓޯ ބަލަމުންދާ އިރު، ރީޒައިޒް ކުރުމާ، ފޮޓޯގެ އެޕިއަރެންސް ބަދަލު ކުރުމުގެ ފީޗާގެ އިތުރުން ފޯނުގައި ހުންނަ އެޕްލިކޭޝަން ނެވިގޭޓް ކުރެވޭ ގޮތަކީ އެ ކުންފުނީގެ ފީޗާތަކެއް ކަމަށް ކޯޓުން ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލަ ކޯޓުގައި ހިނގަމުންދާ އިރު، ކުއަލްކޮމްއިން ހުށަހެޅީ މިހާރުން މިހާރަށްވެސް އެ ފީޗާތައް ހިމެނޭ ފޯނުތައް ޗައިނާގައި މަނާ ކުރުމަށެވެ.
އެޕަލްއިން ބުނެފައި ވަނީ އެންމެފަހުގެ އައިފޯނަކީ އައިއޯއެސް 12ގައި ރަން ކުރާ ފޯނެއް ކަމަށާއި، ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ފީޗާއެއް އެ ފާމްވެއާގައި ރަން ކުރާ ފޯނުތަކުގައި ނުހުންނާނެ ކަމަށެވެ. އެޕަލްއިން އެފަދަ މޭރުމަކުން ވާހަކަ ދެއްކި ނަމަވެސް، މައްސަލަ ހުށަހެޅި ކުއަލްކޮމްއިން ބުނެފައި ވަނީ އެޕަލްއިން އެ ކުންފުނީގެ މުދަލެއް ވަގަށް ނަގައިގެން ނާޖާއިޒު ފައިދާތަކެއް ނަގަމުންދާ ކަމަށެވެ.
ބަރާބަރު، އެމެރިކާބޭނުންގޮތަކަށް ގޭމް ޖެއްސުނުދުވަސް މާޒީވެއްޖެ!
އައިފޯނާއި އެންޑުރޮއިޑް ވެސް މަނާކޮއްލާނީ..
ކުައަލްކޮމް އަކީ ކުދިކުދިން ތަކެއް ހިނގާ ތަނެއްވިއްޔާ !
ޗައިނާ އައް ހަމަ އައްސަރިބަހާ ސާބަސް ތިޔަ އެމެރިކާ ރަނގަަޅައް ކުޱަކަކު ޖައްސާލާތި