ކޮށްގެން އުޅުނު ކައިވެނި ނިމުމަކަށް އައުމުން، އަމިއްލަ ނަފްސަށާއި އުމުރުން އެންމެ ތިން އަހަރުގެ ދަރިފުޅަށް އެހީތެރިކަން ފޯރުކޮށްދީ، ދަރިފުޅުގެ މުސްތަގުބަލު އުފާ ފާގަތިކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އަންހެނަކަށް ހިތްދަތި ކަންތައްތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އުމުރުން 26 އަހަރުގެ އިންޑިޔާ އަންހެނެއް ކަމުގައިވާ ނީހާ (އަސްލު ނަމެއް ނޫން) ވަޒީފާ ހޯދަން ކުރި މަސައްކަތުގެ ތެރެއިން ވަނީ ހިލޭ ފިރިހެނުންގެ ތެރޭގައި އެތައް ދުވަސްތަކެއް ވަންދެން ނަށަންވެސް ޖެހިފައެވެ. އެހާލުގައި އޭނާ އުޅެމުންދިޔައިރު، އޭނާގެ ލޯބިވާ ތުއްތު ދަރިފުޅުގެ ފައިގައި ހިލިހިލާ ޖެހުމަށް ފަހުވަނީ ރަހީނުކޮށްފައި ތަނެއްގައި ބައިންދާފައެވެ.

މިކަން ހިނގައިދިޔަ ގޮތް ނޭހާވަނީ ވަރަށް ތަފްޞީލު ކޮށް ކިޔައިދީފައެވެ.

އޭނާ ކިޔައިދީފައިވާ ގޮތުން އެންމެ ފުރަތަމަ އޭނާއަށް ވަޒީފާއެއް ލިބުނީ ކައިވެނި ޕާޓީތަކުގައި ވޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. ޖިތެންދަރު ނަމަކަށް ކިޔާ މީހަކު އޭނާއަށް މި ވަޒީފާ ހޯދައިދިންއިރު، ނީހާ އާއި ދަރިފުޅު އުޅެން ގެއެއްވެސް ދިނެވެ.

އެހެންނަމަވެސް، ފަހުން މަޖުބޫރު ކޮށްފައިވަނީ ޕްރައިވެޓު ޕާޓީތަކުގައި ވޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އަދި އެތަންތަނުގައި ނަށަންވެސް މަޖުބޫރު ކުރުވިއެވެ. މިކަންކަން ކުރުމަށް ނީހާ އަށް މަޖުބޫރު ކުރުވުމަށް ބަޑި ދައްކާ، ތަޅައިގެންވެސް ބިރު ދައްކާފައިވެއެވެ. އަދި، ނީހާ ބޭރުގައި އުޅޭވަގުތު ދަރިފުޅުވެސް ގެންގުޅެމުން ދިޔައީ ޖިތެންދަރު އެވެ.

އެހެންނަމަވެސް، މަސައްކަތްތަކެއް ކޮށްގެން ނީހާވަނީ ދަރިފުޅާއެކު އެތަނުން ފިލައިގެން ދިއްލީގެ ރަށް ބޭރުގައި ހުންނަ އާއިލާ މީހެއްގެ ގެއަށް ގޮސްފައެވެ. އެހެންނަމަވެސް، ލަސްތަކެއް ނުވެ ކަންކަން ހޯދައިގެން ޖިތެންދަރު ވަނީ އެގެއަށް ގޮސްފައެވެ. ނީހާ އަށް ފުލުހުންނަށް ގުޅޭގޮތް ވިޔަސް، ފުލުހުން އަންނަންވާއިރަށް ޖިތެންދަރު ވަނީ ފިލައިގެން ގޮސްފައެވެ.

ފަހުން ފައިސާތަކެއް ދޭން ބޭނުންވާކަމަށް ބުނެ ވަކި ތަނަކަށް ދިއުމަށް ޖިތެންދަރު ވަނީ ނީހާއަށް ގުޅާ ބުނެފައެވެ. ދަރިފުޅާއެކު އެތަނަށް ދިއުމުން ދެ މައިންވަނީ ރަހީނު ކޮށްގެން ގެންގޮސްފައެވެ. އަދި، ކުރިން ކުރަން ޖެހުނު މަސައްކަތްތައް ކުރަން މަޖުބޫރުކޮށް، ދަރިފުޅު ބޭންދީ ހިލިހިލާ ޖަހާފައެވެ.

އެހެންނަމަވެސް، ފުލުހުން ހިންގި އަންޑަކަވަރ އޮޕަރޭޝަނެއްގައި ވަނީ ޖިތެންދަރު ހައްޔަރުކޮށް ނީހާ ސަލާމަތް ކޮށްފައެވެ.