އުމުރުން 11 އަހަރުގެ އަަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި އިންޑިޔާގެ ގުޖަރަޓް ނަމަކަށް ކިޔާ އަވަށުގެ ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ނަންޖި (67އ) އާއި ކުބަވަޓް (60އ) ނަމަކަށް ކިޔާ މި ދެ ފިރިހެނުން ވަނީ، މީގެ އަހަރެންހައި ދުވަސް ކުރީން އެ އަންހެން ކުއްޖާގެ އާއިލާއަށް ފާއިސާގެ އެހީތެރިކަން ފޯރުވައިދީފައި ކަމަށާއި އޭގެ އަސްލު މަޤްސަދު މި އެނގުނީ އަދި ކިރިޔާކަމަށް އެ އަންހެންކުއްޖާގެ މަންމަ ބުނެފައިވެއެވެ.

"އަހަރެން މަސައްކަތް ކުރަނީ ގެއެއްގެ ނޯކަރެއްގެ ގޮތުން. އަަހަރެންގެ ފިރިމީހާގެ ބަލި ހާލަތުގެ ސަބަބުން އާމްދަނި ހޯދުމަށް މަސައްކަތެއް ނުކުރެވޭ. އަހަރެން ޤަބޫލު ކުރަނީ އެމީހުން ފައިސާގެ އެހީވެދީގެން، އަހަރެންގެ ކުޑަ އަންހެން ދަރިފުޅުގެ ނާޖާއިޒް ފައިދާ ނެގީ ކަމުގައި." މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރަމުން އެ އަންހެންކުއްޖާގެ މަންމަ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އެ ދެމީހުން މި ވާހަކަ ސިއްރުކުރުމަށް، އެ ކުއްޖާއަށް އެކި ގޮތްގޮތުން އިންޒާރު ދީފައިވާކަމަށް ވެސް އިންޑިޔާގެ ހަބަރުތައް ބުނެއެވެ.

މިހާރު މި މައްސަލަ ދަނީ އެ އަވަށުގެ ފުލުހުން ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދް

    ހެހޭ:މޭޑިން އިންޑިއާ.
    އެމްޑީޕީ ފްރެންޑް!؟
    ތިމައްސަލައިގެ ކައްފާރާއެއްގޮތު ގެރިޔެއް ހިމާޔައް ކޮއްދޭން ޖެހޭނީ ރޭޕް ކުރެވުނު ކުއްޖާގެ މައިންބަފައިން!!!!!

  2. ށަލްމާނު

    އިންޑިޔާ ސިފައިންނަކަށް ރޭޕުކުރާ މީހުން ނުހުއްޓުވޭ. އެކަމަކުވެސް ރާއްޖެ ތަޅާލަން މަޝްވަރާކުރާނެ.