ދިވެހި ފިލްމު އިންޑަސްޓްރީގައި 24 އަހަރު ހޭދަކުރުމަށް ފަހު ނިއުމާގެ ވަދާއީ ފިލްމު އަޅުވަން ރޭ ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެފައިވެއެވެ.

"ނިވައިރޯޅި" އަކީ ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދުގެ ފިލްމެކެވެ. ސްކްރިޕްޓާއި ޑައިރެކްޝަންގެ މަސައްކަތްތައް މޫމިން ކޮށްފައިވާއިރު، މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދޫ އާއި މާލޭގައި އެވެ.

ފިލްމު "ނިވައިރޯޅި" އަކީ ނިއުމާގެ ވަދާއީ ފިލްމަށް ވާއިރު، މި ފިލްމާއެކީ ނިއުމާގެ ބައޯގްރަފީ އެއް ނެރޭނެކަންވެސް މީގެ ކުރިންވަނީ އިއުލާންކޮށްފަ އެވެ.

ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު ރޭ އޮލިމްޕަހުގައި އަޅުވާފައިވާއިރު، ޕްރިމިއާ ނައިޓަށް ރާއްޖޭގެ މަޝްހޫރު ތަރިންނަށް ވަނީ ދައުވަތު ދެވިފަ އެވެ.

ނިއުމާއާއިއެކު "ނިވައިރޯޅި"ގެ ކާސްޓުގައި ޔޫއްޕެ، ފާތިމަތު ޒީނަތު، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އަދި އަޖްނާޒް އަލީ ހިމެނެ އެވެ.

ނިވައިރޯޅި އޮލިމްޕަހުގެ ސްކްރީނަށް މީގެ ކުރިން ގެންނަން މަސައްކަތް ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ނިއުމާގެ އަޑަށް ދިމާވި މައްސަލައަކާއި ގުޅިގެން މިއަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ ފިލްމެއްގެ ގޮތަށް ނިވައި ރޯޅި ފަސްކުރަން ޖެހުނީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާޒް

    ތީ ގިނިހިލާ ގެ ކޮޕީއެއް

  2. ނިއުމާ އަމާ

    މީ ނިއުމާ އަމިއްލަޔައް ސިޔާސީ ވެފަ އޮތް ފިލްމެއް. ބުއްދި ގަބޫލް ނުކުރެވޭ ކަންކަންވެސް އެބަހުރި މިސާލަކައް އަމިއްލަ އައް މޮޔަވެގެން ކަންކަން ނިއުމާ އައް އިނގުން، ސިޔާސީ ވެގަނެފަ ދެން.. ކުރީގެ ސަރުކާ ޖެހިގަނެގެން ލާދީނީ ޕާޓީ އިން މަޖުލީހައް ނުނިކުމެވިގެން ތިއުޅެނީ! ކަމަކުނުދޭ!!