މީސްމީޑިޔާގައި މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ދައުރުވަމުން ދިޔަ ފޮޓޯއެކެވެ. މިފޮޓޯއިން އާއްމުވަމުން ދިޔަ އިރު، ދުނިޔޭގެ ބައެއް ބޮޑެތި ނޫސްތަކުގައިވެސް މިފޮޓޯގެ ވާހަކަ ގެނެސްދީފައިވެއެވެ.
ބޭރުގެ ނޫސްތަކުން މީގެ ކުރިން ބުނެފައިވަނީ މިއީ ސްޓްރެސް ވެފައިވާ މިންވަރު ދެނެގަތުމަށް ނިއުރޯލަޖޮސްޓްއަކު ހަދާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި ކަންބޮޑުވެ ހާސްވެފައިވާނަމަ މިފޮޓޯގައި އިންނަ ބޯޅަ ދުވާ ކަމަށްވެސް ބޭރުގެ ޚަބަރުތަކުން ބުނެފައިވެއެވެ.
ނަމަވެސް މިއީ ޙަޤީޤަތެއް ނޫން ކަމަށް މިފޮޓޯ އަސްލު ހެދި ފަރާތުން މިވަނީ ހާމަކޮށްފައެވެ. މިފޮޓޯ އަސްލު ހެދި ފަރާތް ކަމަށްވާ ޔޫކްރޭންގެ ޑިޒައިނަރެއް ކަމަށްވާ އަކިއޯޝީ ކިޓިއާއު ބުނެފައިވަނީ މިޑިޒައިންއަކީ އޭނާ 2016 ވަނަ އަހަރު ހަދާފައިވާ ޑިޒައިނެއް ކަމަށާއި އަދި މިއީ އެބުނާ ޑޮކްޓަރާއި އެއްވެސް ގުޅުމެއް ނެތް ޑިޒައިން އެއް ކަމަށެވެ.
އަދި މީސްމީޑިޔާގައި ދައުރުވަމުން އަންނަ ޕޯސްޓްއަކީ ފޭކް އެއް ކަމަށާއި މިއީ އެއްވެސް ހާލެއްގައި ސްޓްރެސް ވެފައިވާ މިންވަރު ދެނެގަތުމަށް ބޭނުން ކުރެވިދާނެ އެއްޗެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މަށަށް ހީވޭ ތީތި މޫވް ކުރާހެން އެބަ!
މަށައްވެސް ހީވޭ