މޭގަން މާކެލް މިދިޔަ ހަފްތާގައި އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ބޭބީ ޝަވާގެ ޚަބަރުތައް ވަރަށްވެސް މަޝްހޫރު ވިއެވެ. އެތަކެއް ތަރިންނެއްވެސް ބައިވެރިވި ބޭބީ ޝަވާއަށް ފަސްލައްކަ އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ ހަތް މިލިއަން ރުފިޔާ) ޚަރަދު ކުރި ކަމަށް މީޑިއާތައް ބުނެއެވެ.

އެ ބޭބީ ޝަވާއަށް ދިޔަ ހަރަދު ބާއްވާލާފައި، މިހާރު މިއޮތީ އަނެއްކާވެސް އަނެއް ވާހަކައެވެ. ކުރީގެ ބޭބީ ޝަވާއަކީ ކޭޓްގެ ބައިވެރިވުމެއް ނެތް ބޭބީ ޝަވާއެކެވެ. އެއީ ހަމައެކަނި މޭގަންގެ އެކުވެރިންގެ ބޭބީ ޝަވާއަކަށްވާ އިރު، ކޭޓް ވަކިން ބޭބީ ޝަވާއެއް ދޭނެ ކަމަށް މީޑިއާތައް ބުނެއެވެ.

އެފަދަ ވާހަތަކެއް ފެންމަތިވެފައިވާ އިރު، ކޭޓާއި މޭގަންގެ ގުޅުން އެންމެ ރަނގަޅު ނޫން ކަމަށް މީޑިއާތައް ބުނެއެވެ. އެހެން ނަމަވެސް އަބަދުވެސް ކުދިންނާ ގުޅުން ހުރި ކަންކަމުގައި އިނގިރޭސި ޝާހީ އާއިލާއިން ބޮޑެތި ހަރަދުތައް ކުރާ އިރު، މިފަހަރުވެސް އެންމެ އަގުހެޔޮ ގޮތެއްގައި އިވެންޓް ފެނިގެން ނުދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

މޭގަންގެ ރަހުމަތްތެރިން ލައްވާ ހަތް މިލިއަން ރުފިޔާގެ ޕާޓީއެއް ބާއްވަން ފުރުސަތު ދިނީތީ އޭނާއަށް ކޮންމެވެސް ވަރަކަށް ފާޑުކިޔުންތައްވެސް އަމާޒުވެފައެވެ. އެހެން ނަމަވެސް ކޭޓް، ޝާހީ ގޭގައި ދޭނެ ކަމަށް ބެލެވޭ ބޭބީ ޝަވާގެ އެއްވެސް ތަފްސީލެއް އަދި ނޭނގެއެވެ.

ކުރީގެ ބޭބީ ޝަވާގައި މުޅިން ފިޔާތޮށި ކުލަ ބޭނުން ކޮށްފައިވުމުން ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޭބީ ޝަވާ ތައްޔާރުކޮށްފައި އޮތް ގޮތުން ބެލެވެނީ މޭގަންއަށް ލިބެން އުޅެނީ އަންހެން ކުއްޖެކެވެ. ނުވަަތަ ޕްރިންސަސް އެކެވެ.

ނަމަވެސް މޭގަން މީގެ ކުރިން މީޑިއާގައި ބުނެފައި ވަނީ އޭނާގެ އަލަތު ދަރިފުޅަކީ ކޮން ޖިންސެއްގެ ކުއްޖެއްކަން ހާމަ ކުރަން ބޭނުން ނުވާ ކަމަށާޢި އެއީ ސަޕްރައިސެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޭގަން ހެރީ

    ހަތް މިލިއަން ރުފިޔާ އޭ އެއްވެސް އެއްޗެއްނޫން. އެވަރު އަދިވެސް މަދު އަރެންގެ ދަރިފުޅަށްޓަކައި ހަރަދު ކުރުމަށް... މީހުން މިއުޅެނީ ކިހިނެއް ވެގެން ތަ؟ މަގޭ ވާހަކަތައް ތިވަރަށް ނުދައްކާ ބޯހަލާކް... ތީ އެކަމު ބޮޑުވަރޭ... ރާއްޖޭގަވެސް މަ ހާދަ މަސްސޫރޭދޯ!!؟

    .

    3
    1