ފުތަރަމަ ފަހަރަށް ސެލްތަކެއް ބޭނުން ކޮށްގެން ތުރީޑީކޮށް ހިތެއް ޕްރިންޓް ކޮށްފިއެވެ.

ތަހުލީލު ކުރާ ބަޔަކު އުފެއްދި މި ހިތަކީ މުސަޅެއްގެ ހިތާ އެއްވަރުވާ ހިތެކެވެ. ނަމަވެސް މިހިތް އުފެއްދި ފަރާތްތަކުން ވަނީ މިގޮތަށް ސެލްތަކެއް ބޭނުން ކޮށްގެން ތުރީޑީ ކޮށް އިންސާނެއްގެ ހިތެއް ވެސް އުފެއްދިދާނެ ކަމަށް ބުނެފައެވެ.

އެޑްވާންސްޑް ސައިންސް ޖާނަލްގައި ވާގޮތުން އިސްރާއީލުގެ ޔުނުވާސިޓީގެ މޮލޮކިޔުލާ ސައިންސް އެންޑް މޮލޮކުލާ ސެލް ޓެކްނޮލޮޖީގެ ޕްރޮފެސަރު ޑާލް ތިވަރު ބުނީ މިއީ ބަލި މީހެއްގެ ސެލްތަކެއް ބޭނުން ކޮށްގެން ފުރިހަމަ އަށް މަސައްކަތް ކުރާ ތިރީޑީ ހިތެއް ޕްރިންޑް ކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި މިހިތް ޓްރާންސްޕްލާންޓް ވެސް ކުރެވޭނެ ކަމަށެވެ.

މިހާރުވެސް ދުނިޔޭގެ އެކި ހިސާބު ތަކުގައި ކާމިޔާބު ކަމާއެކު ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަން ތައް ކުރެވެ. ނަމަވެސް ހިތް ޓްރާންސްޕްލާންޓް ކޮށްދޭނެ ފަރާތްތެއް ލިބެނީ ވަރަށް އުދަގުލުންނެވެ. ސައިންސްވެރިން ގަބޫލު ކުރާގޮތުގައި ސެލްތަކެއް ބޭނުން ކޮށްގެން ތިރީޑީކޮށް ހިތެއް ކާމިޔާބު ކަމާއެކު އުފެއްދުމަކީ އާޓިފިޝިއަލް ހިތް މުސްތަގުބަލުގައި އިންސާނުނަށް ބޭނުން ކުރެވިދާނެ ކަމުގެ އަލި މަގެކެވެ.