ކާޑޭޝިއަން އާއިލާގެ މަޝްހޫރު މޮޑެލް ކައިލީ ޖެނާ ވިހެއުމަށް ފަހު ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނިކުމެއްޖެއެވެ.

އެގޮތުން މީގެ 10 ދުވަސް ކުރި ވިހެއުމަށް ފަހު ފުރަތަމަ ފަހަރަަށް ކައިލީ އާންމުގެ ތެރަށް ނިކުމެ ހުރި ފޮޓޯ ތަކެއް ވަނީ އާންމު ވެފައެވެ. އެފޮޓޯ ތަކުން ފެންނަ ގޮތުގައި ވިހެއުމަށްފަހު ވެސް ކައިލީގެ އެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ.

 

އޭނާ ވިހާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ އަށް އަންހެން ކުއްޖަކު ލިބުނު އިރު އެ ކުއްޖާ އަށް ދީފައިވާ ނަމަކީ ސްޓޯމީ ވެބްސްޓަރ އެވެ.

ކައިލީ އަންހެން ކުއްޖަކު ވިހާފައިވާއިރު އެކުއްޖާ ވިހެއި ފަހުން އޭނާގެ މިހާރުގެ ލޯބިވެރިޔާ އުޅެނީ އެހެން ގެއެއްގައެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި ވާހަކައެއް ނުދައްކައެވެ.

ކާޑޭޝިއަން އާއިލާގެ އެންމެ ހަގު، އުމުރުން 20 އަހަރުގެ ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ.

ކައިލީ ވިހެއުމުގެ ކުރިން ދަރިއަކު ހޯދަން އަދި މާ އަވަސް ކަމަށާއި ވިހަން އޭނާ ވަރަށް ބޮޑަށް ބިރުގަނެ ޖެހިލުންވާ ކަމަށް ބުންޏެވެ.

ކައިލީ ޖެނާ އުފަންވެފައިވަނީ 1997 ވަނަ އަހަރު ކެލިފޯނިއާ އަށެވެ. ކައިލީ ބޮޑުވަމުން އައިސްފައިވަނީ "ކީޕިންގް އަޕް ވިތް ދަ ކާރޑޭޝިއަންސް" ރިއަލިޓީ ޝޯގެ ތެރެއިން މީހުންގެ މަޤުބޫލުކަން ހޯދާފައިވާ އޭނާގެ އެއްބަނޑު އެއްބަފާ އަދި އެއްބަނޑު ކުދިންގެ ތެރޭގައެވެ

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިމް

    ތީ ހުސް ޕުލާސްޓިކު

    8
    1
  2. މަލ

    .ޕްލާސްޓިކް މީހެއްނުތި. .މުޅިހަށިގަނޑު ހުންނަނީ ބޭނުންވާ ގޮތަށް ހަދާފަ ދެންކޮން ބަދަލެތްތަ?

    5
    1
  3. ބޯގޯސް

    ސެކިޔުރިޓީ މާރަގަޅުކަމަށް ފެންނަނީ

  4. މަރޭ

    ބަނޑު ބޮޑުވާން އަވަސް، ވިހަން ބިރުގަނޭ.... އެހެން ހުރިހާ ކަމެއް ކުރަން އޯކޭ ހޭވައްލާ ތައްޔާރު.. ބިރެއް ވެސް ނުގަނޭ..

    10
    1
  5. ބޮޑީ

    ވަރުގަދަ ކައިލީ އެންނުތީ.ކައިލީ އެކަނި ދުނިޔޭން ވިހައިގެން ތި އުޅެނީ.ސަހާދެ ބޮލަށް ތުރާ

    10
    1
  6. ބިމްބިކަލޯ

    މަ ހީކުރީ ދަރިފުޅު ވިހެއުމަށްފަހު ރޮލާ ކައިލީ ކަމަށް