ގިނަ ފަހަރަށް އަންހެނުނަކު ފިރިހެނެއްދެކެ ލޯބި ވިޔަސް އެކަން ހާމަ ކުރާކަށް ނުކެރެއެވެ. އެފިރިހެން މީހާ އެމީހާދެކެ ލޯބި ނުވެދާނެކަމަށް ހީކޮށެވެ.
ފިރިހެނަކު ތިމާދެކެ ލޯބި ނުވާކަމަށް އަންހެނަކަށް ހީވެއްޖެނަމަ ތިރީގައިމިވާ ކަންތައްތައް ކުރާށެވެ. އޭރުން އެމީހަކު ތިމާދެކެ ލޯބިވާނެކަން ޔަގީނެވެ.
ތިމާއަކީ އަބަދު އެވައިލަބަލް މީހަކަށް ނުވުން:
ތިމާ އަބަދު އެވައިލަބަލް ނަމަ ނުވަތަ ތިމާ އަބަދުވެސް ފުރަތަމަ ވާހަކަ ދައްކާނަމަ، ގިނަ ފިރިހެނުން އެމީހަކު މަތިން ފޫހިވެއެވެ. މިހެންކަމުން އަބަދު އެވައިލަބަލް މީހަކަށް ނުވާށެވެ. ބިޒީއޭވެސް ބައެއް ފަހަރު ބުނާށެވެ.
ހަތަރުކަޅި ހަމަ ކުރަން ޖެހިލުން ނުވޭ:
ހަތަރު ކަޅި ހަމަކުރުމަކީ ކިތަންމެ "ކްރިންޖީ" ކަމަކަށް ތިމާއަށް ޤަބޫލު ކުރެވިފައި އޮތަސް ދިރާސާތަކުން ދައްކާގޮތުގައި މިއީ ފިރިހެނަކު ތިމާގެ ލޯބީގެ ދަލުގައި ޖެއްސުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަންތަކެވެ.
ތިމާގެ ރަނގަޅު ވާކައާއި ޝަކުވާތަށް އަބަދު ނުކުރޭ:
މިއީ ބައެއް އަންހެނުންނަށް ކުރެވޭ ކަމެކެވެ. އެހެންނަމަވެސް އަބަދު ޝަކުވާ ކުރާނަަމަ ނުވަތަ އަބަދު ތިމާގެ މޮޅު ކަމުގެ ވާހަކަ ދައްކާނަމަ ފިރިހެން މީހާ ތިމާގެ މަތިން ފޫހިވެދާނެއެވެ.
އެހެން މީހުންެގެ ނުބައިކަމުގެ ވާޙަކަ ނުދެއްކުން:
އެހެން މީހުންގެ ނުބައިކަމުގެ ވާހަކަ ދެއްކުމަކީ ވަރަށް ގިނަ އަންހެނުން ކުރާ ފިރިހެނުންނަށް ކަމުނުދާ ސިފައެކެވެ، އަބަދުވެސް އެހެން މީހުންގެ ރަނގަޅުކަމުގެ ވާހަކަ ދައްކާށެވެ. އޭރުން އެފިރިހެން މީހާ ތިމާއަކީ ރަނގަޅު މީހެއްކަމުގައި ދެކޭނެއެވެ.
ލޯބިވޭ ބުނަން ލަދު ނުގަންނޭ:
ލޯބިވާާނަމަ ލޯބިވާ ވާޙަކަ ބުނަން ޖެހިލުން ނުވާށެވެ. ފަހަރުގައި ފިރިހެން މީހާވެސް ލޯބިވާ ވާހަކަ ތިމާާ ގާތު ބުންނަން ނުކެރިފައި ހުރިކަމަށް ވެދާނެއެވެ.
އާ އަހަރެންވެސް ލޯބިވޭ ދޮންމަނިކުބޭގެ ދޮށީދަރިކުޑައަލީ ގެ އެންމެ ހަގަށް ހުރި ސިޔާސަސޮރުދެކެ.
އެއްވެސް އޮއްޓަރެއްނެތް
އަހަރެންވެސް މިލިޔުން ކުއްޖާދެކެ ލޯބިވޭ.......