1995 ވަނަ އަހަރު ނުކުތް "ވީރްގާތް" އިން ސަލްމާން ޚާންއާއެކު ފިލްމަކުން ފެނިގެންދިޔަ ޕޫޖާ ޑަޑްވަލްގެ ބަލި ހާލާތު ނޭނގޭކަމަށާއި، އޭނާއަށް އެހީތެރިވާން ތައްޔާރަށް ހުރިކަމަށް ސަލްމާން ޚާން ބުނެފިއެވެ.
ސަލްމާން މިގޮތަށް ބުނެފައި ވަނީ، ޕޫޖާ ވީޑިޔޯއެއް މެދުވެރިކޮށް ސަލްމާންގެ އެހީތެރިކަން ބޭނުންވެފައިވާކަމަށް އެދިފައިވަނިކޮށެވެ.
ޕޫޖާއަކީ މިހާރު ޓީބީ ޖެހިގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހެކެވެ. އޭނާގެ އާއިލާއިން އޭނާއަށް އަޅާލާން ބޭނުންނުވީއެވެ. އޭނާގެ އަތުގައި އެއްވެސް ވަރަަކަށް ފައިސާއެއް ނެތެެވެ.
ސަލްމާން ބުނީ، ޕޫޖާއަށް އެހީތެރިވުމަށް އޭނާގެ ދޮންމަންމަ ހެލެން އުޅޭނެ ކަމަށާއި، ހެލެން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ސަލްމާން ނިންމާލަމުން ބުނެފައި ވަނީ، "ޕޫޖާގެ ހާލު ރަނގަޅު ވާނެ" ކަމަށެވެ.
ޕޫޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ މީގެ 15 ވަރަަކަސް ދުވަސް ކުރިންނެވެ. އެއީ އޭނާއަށް ޖެހިފައިވާ ބައްޔަކީ ޓީބީކަން އެނގުނު ހިސާބުންނެވެ.
ހަމަޖައްސައިގެން ލިޔެބަލަ.
ދެން އެއިޑްސް ނޫނިއްޔާ ރަގަޅު... އެއިޑްސް ޖެޖިފަ ތިބޭ މީހުން އާއްމު ކޮށް ޓީބީ އަށް ޕޮޒިޓިވް ވޭ... އޭނަގެ ފެމިލީ އަޅާނުލީ އެއިޑްސް ޖެހިފަ ކަމަށް ބަލާފަކަންނޭގެ
ވާއު އައިންސްޓައިން... ????