ބްރެޒިލް އަށް ނިސްބަތްވާ ނަމަވެސް މިހާރު އެމެރިކާގައި ދިރިއުޅެމުން އަންނަ އުމުރުން 35 އަހަރުގެ ކެރޮލް ފެނާ އާއި އޭނާގެ ފިރިމީހާ އުމުރުން 32 އަހަރުގެ ތިއާގޯ ޓަވާސް އަށް ލިބުނު ފުރުސަތަމަ ދަރިފުޅު ލޫނާ އުފަންވީ ތަފާތު ސިފައަކާއި އެކުގައެވެ.
ލޫނާގެ މޫނު މަތީގައި ވަރަށް ބޮޑު އުފަން ލަފެއް އެބަހުއްޓެވެ. ނަމަވެސް ދަރިފުޅުގެ އެތަފާތަކީ މައިންބަފައިން ލޫނާ ދެކެ ވާލޯތްބަށް ކުޑަވެސް ހީނަރުކަމެއް އައި ކަމެއް ނޫނެވެ. ލޫނާގެ އެސިފައިގެ ސަބަބުން ދަރިފުޅު ދެކެ އޭނާގެ މައިންބަފައިންވި ލޯބި މާބޮޑަށް އިތުރު ވެސް ވެއްޖެއެވެ.
ދަރިފުޅުގެ ކިބައިގައި ހުރި ތަފާތު ކަމާާއި އެކު ދެމަފިރިން އެމީހުންގެ ދަރިފުޅުގެ ފޮޓޯއެއް އިންސްޓްގަރާމަށް ލިއެވެ. އެއާއިއެކު ދަރިފުޅަށް އެތައް ހާސް ބައެއްގެ ލޯބި ލިބިއްޖެއެވެ. "ކުޑަކުޑަ ކޮކާލެއް" ގެ ނަމުން ދަރިފުޅާއި މުހާތަބު ކުރެވެން ވެސް ފަށައިފިއެވެ.
މިހާރު އިންސްޓަގްރާމް މެދުވެރިކޮށް ލުނާ އަށް ފޮލޯ ކުރާ މީހުންގެ އަދަދު 70000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން ހުރިހާ އެންމެންގެ ލޯބި ވަނީ ލޫނާ އަށް ލިބިފައެވެ.
ނަމަވެސް އެކަކު ވަނީ ލޫނާ މަރާލުމަށް ބުނެ އެތައް ފަހަރަކު ލޫނާގެ ފޮޓޯތަކަށް ކޮމެންޓް ކޮށްފައެވެ. ލޫނާ އަކީ ފުރޭތައެއް ކަމަށާއި އެންމެ ރަނގަޅު ވާނީ އެދަރިފުޅު މަރާލުމުން ކަމަށް އޭނާ ބުނެފައިވެއެވެ.
ލޫނާގެ މަންމަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ކޮމެންޓްތަކުގެ ސަބަބުން ވަރަށް އުނދަގޫވި ކަމަށާއި މިހާރު އޭނާ ބްލޮކް ކޮށްލާފައިވާ ކަމަށެވެ.
ކޮންމެ 20000 ކުދިންނުން އެއްފަހަރު މިފަދަ ލަފެއް ހުންނަ ކުދިން ދުނިޔެއަށް އުފަންވެއެވެ. ލޫނާގެ ލަފަ އަކީ މައްސަލައެއް ކަމަށް އާއިލާ އިން ނުދެކުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަމުގެ ސަބަބުން ގަނާގެ ޝިކާރައަކަށް ދަރިފުޅު ވެދާނެތީ އާއިލާ އިން މިހާރު މަސައްކަތް ކުރަނި ލޫނާގެ ސާޖަރީއެއް ހެދުމަށެވެ.
އެސާޖަރީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ލޫނާގެ އާއިލާ އިން ދަނީ ކުރަމުންނެވެ.
ތީ މައްސަލައެއް ނޫން އަދި ފުރޭތަޔަކާ ވައްތަރެއްވެސް ނޫން ! ތީގެ ކުއްޖަކުހުރެޔ ދ. މީދޫގައިވެސް
ޝީޒް ސޯ ކިއުޓް 3>
މާޝާ ﷲ... ވަރަށް ލޯބިލޯބި ދަރިފުޅެއް...
❤❤❤
މިވެސް މާތްﷲގެ ކުޅުންވަންތްކަން
ޑޯންޓް ސޭ ޝީސް ސޯ އިޒް ކިއުޓް އޭ.. އައި ޖަސްޓް ހޭވް ވަން ކުއެސްޝަން ފޯ ދޯސް ހޫ ސޭ ސަޗް ކޮމެންޓްސް.. ޑޫ ޔޫ ވޮނަރ ޔުއަރ ބެއިބީ ޓު ބީ ދަޓް ކިޔުޓް؟ އިފް ޝީ އިޒް ކިޔުޓް، ވައި ޑޫ ކޮސްމެޓިކްސް؟ ބީ އޮނެސްޓް ޓު ޔުއަރ ސެލްފް.. އައި އެމް ނޮޓް ސެއިންގ ދަ ބޭބީ އިޒް އަ މޮންސްޓަރ.. ބަޓް ދަ ބޭބީ ހެޒް ޓު ބީ ފިކްސްޑް.. އައި ފީލް ސޮރީ ފޮރ ދަ ބެއިބީ އެންޑް ފޮރ ހަރ ޕޭރެންޓް..
ޝީޒް ބިއުޓިފުލް އިނަފް އިފް ޝީޒް ފިކްސްޑް އޯރ ނޮޓް. އެންޑް ޝީޒް ޑަޒްންޓް ނީޑް ޓު ބީ ފިކްސް ފޯ ދަ ސޭކް އޮފް ދަ ސޮސައިޓީ އެންޑް ވަޓް ޕީޕްލް ތިންކް އޮފް ހަރ.
ޝީ ވުޑް ލިވް އިން ދިސް ސޮސައިޓީ. ސޯ ވަޓް ސޮސައިޓީ ތިންކްސް މެޓަރސް.