މިއީ އުމުރުން 19 އަހަރުގެ ދިއްލީއަށް ނިސްބަތްވާ މަޝްހޫރު މޮޑެލްއެކެވެ. ޕްރަނާވް ބަޚްޝީ ނަމަކަށް ކިޔާ މި ޒުވާނާކީ އޯޓިޒަމް ހުންނަ ޒުވާނެއް ނަމަވެސް އެކަމުގެ ސަބަބުން އޭނާ ބޭނުންވާ މަސައްކަތް ކުރުމަށް ހުރަހެއް ނާޅައެވެ.
ޕްރަނަވްގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާގެ ބަޔޯގައި ބުނެފައި ވަނީ، "އޯޓިޒަމްއަކީ އޭނާއަށް ލިބިފައި ހުރި އާދަޔާ ހިލާފު ބާރު" ކަމަށެވެ. އޭނާއަކީ ފޮޓޯ ނެގުމުގައިވެސް ކުޅަދާނަ އަދި ގޮލްފްވެސް ކުޅެމުން އަންނަ ޒުވާނެކެވެ.
އޭނާ ވަނީ މޮޑެލިންގ ދާއިރާގައި މަޝްހޫރު ފެޝަން ލޭބަލްސް އިޝްތިހާރުކުރުމުގައި ހަރަކާތްތެރިވެފައެވެ. އެގޮތުން ރޭމްޕްތަކުގައި އޭނާ ވަނީ ބެނެއްޓަން، ޔޫއެސް ޕޯލޯ ފަދަ މަޝްހޫރު ބްރޭންޑްތައް އިޝްތިހާރުކޮށްދީފައެވެ.
އެންމެ ކުޑައިރުން ޕްރަނަވްއަކީ އޯޓިޒަމް ހުންނަ ކުއްޖެއްކަން އެނގުނެއެވެ. އޭނާއަށް ރަނގަޅަށް ވާހަަކަނުދެއްކެއެވެ. އުޅެނީ ވަރަށް ހަލަނިކޮށެވެ. އަދި ވާހަކަދައްކާއިރު، ލޮލާއި ލޯ ދިމާކޮށް ނަހަދާއިރު، އިތުރު މައްސަލަތަކެއްވެސް އޭނާގެ ހުއްޓެވެ.
މި ހުރިހާ ކަންތައްތަކެއް ހުރި ނަމަވެސް އޭނާ ވަނީ ދިއްލީގެ މޮޑެލިންގ އެޖެންސީއެއްކަމަށްވާ ނިންޖާޒް މޮޑެލް މެނޭޖްމެންޓްގައި މަސައްކަތް ކުރަން ފަށާފައެވެ. އޭނާއަށް އެ ފުރުސަތު ހޯދާދިނުމަށް މަންމަ ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
އެހެން ނަމަވެސް އޭނާ އޯޓިޒަމް ހުންނާތީ އެ ފުރުސަތު ނުލިބި ހުރެފައި އޭނާއަށް އެ ފުރުސަތު ލިބުމުން، މިހާރު އެެ ދަނީ އެ ދާއިރާއިން ކުރިއަށެވެ.
އޭނާގެ މަންމަ ހިންދުސްތާނީ ޓައިމްއަށް ބުނީ، ޕްރަނަވްއަކީ އޯޓިޒަމް ހުންނަ ކުއްޖެއްކަން އޭނާއަށްވެސް އިނގޭ ކަމަށެވެ. އަދި އޭނާ އެކަމާއި ކޮންމެ ދުވަހަކުވެސް ފައިޓް ކުރާ ކަމަށާއި، އޭނާއަކީ ހިތްވަރުގަދަ ވަރުގަދަ މީހެއްކަމަށް އޭނާގެ މަންމަ ބުންޏެވެ.
"އަހަރެން ބޭނުންވަނީ އޯޓިޒަމް ހުންނަ އެހެން ކުދިންވެސް ޕްރަނަވްއަކީ އެ މީހުންގެ އިންސްޕިރޭޝަންއެއްގެ ގޮތުގައި ބަލައިގެން މަސައްކަތް ކުރަން". އޭނާ ބުންޏެވެ.
*މިޚަބަރު ލިޔެލި ކުއްޖާ އަށް ވަރަށް! "ޝުކުރިއްޔާ"
*އަހަރެން ފަދައިންއެހެން މީހަކަށް ވެސް މިޚަބަރުގެ ސަބަބުން މަންފާ ކޮއްފާނެ!
*މިފަދަކުދިންގެ ޚަބަރު ތަކުން ހިތްހަމަޖެހުން ލިބޭ!
*އިތުރަށް މިފަދަކުދިން ހޯދާ ކާމިޔާބު ގެނެސްދޭނަމަ އެފަދަ ފަރާތްތަކަށް އުފާވެރިކަން ލިބޭނެކަން ޔަގީން!
"ޝުކުރިއްޔާ" (ރިޔާން)